23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް: ފުރަތަމަ މެޗުގައިވެސް ފުވައްމުލަކު ޓީމުން ތަފާތު ދައްކައިފި

May 4, 2023, 7:35 AM
23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް: ފުރަތަމަ މެޗުގައިވެސް ފުވައްމުލަކު ޓީމުން ތަފާތު ދައްކައިފި

ތޭވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތުގައި ވާދަކުރަމުން އަންނަ ފުވައްމުލަކު ޓީމުން ފުރަތަމަ މެޗުގައި ތަފާތު ދައްކައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރަނީ ފުވައްމުލަކުގެ 23 އަހަރުން ދަށުގެ ޓީމުގެ އިތުރުން މާލޭގެ ދެ ޓީމެކެވެ.

މުބާރާތުގައި ފުވައްމުލަކު ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މާލޭގެ ބީ ޓީމާ ވާދަކޮށް މެޗު ކާމިޔާބުކުރީ 152 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ފުވައްމުލަކު ޓީމުން ކުޅެން އަރާ 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 203 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ ހާފް ސެންޗަރީ އެއް ހެދި މަބްސަރު އިބްރާހިމް އާއި 28 ލަނޑު ހެދި މުހައްމަދު ހައިކަލް އެވެ.

މި އިނިންގްސްގައި މާލޭ ބީ ޓީމުގެ އަހުމަދު ނައިސަމް ނިސާން ހަތަރު އޯވަރުގައި 34 ލަނޑަށް ދެ ވިކެޓު ނެގިއިރު، މުހައްމަދު ޒުހާން ރާޒީވެސް ދެ ވިކެޓު ނެގި އެވެ.

ޖަވާބުގައި މާލޭ ބީ ޓީމުން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 51 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ލަނޑު ހެދި އިސްމާއިލް ނަޒްވާން އެވެ.

މި އިނިންގްސްގައި ފުވައްމުލަކު ޓީމުގެ ހައިކަލް ވަނީ ތިން ވިކެޓު ނަގާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަބްސަރު ވެސް ވަނީ ދެ ވިކެޓު ނަގާފަ އެވެ.

ގައުމީ ޓީމަށް އަރާ ޒުވާން ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދީ، ވާދަވެރި މެޗުތަކުގެ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ މާލޭގެ ދެ ޓީމެވެ. މި މެޗު 137 ލަނޑުގެ ތަފާތުން ކާމިޔާބުކުރީ މާލޭ އޭ ޓީމެވެ.

މާލޭ އޭ ޓީމުން ކުޅެން އަރާ 20 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެންވަނީ 227 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 68 ލަނޑު ހެދި ރަޔާން ތޮލާލް އާއި 63 ލަނޑު ހެދި އަލީ އިމްއާން އެވެ.

ޖަވާބުގައި މާލޭ ބީ ޓީމުން ކުޅެން އަރާ 20 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ފުރަތަމަ މެޗުގައި ފުވައްމުލަކު ޓީމުން ނިކުންނާނީ މާލޭ އޭ ޓީމާ ދެކޮޅަށެވެ.

މި މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox