ސޯޅަ ބާވަތެއްގެ އާ މަސްތުވާތަކެތި ދުނިޔޭގައި ދައުރު ވަނީ

ލެބޯޓަރީއެއްގައި ޓެސްޓުތައް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ލެބޯޓަރީއެއްގައި ޓެސްޓުތައް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

މުޅިން އާ ބާވަތެއްގެ "ސައިކޯއެވްޓިކް" މަސްތުވާތަކެތި ދުނިޔޭގައި ދައުރުވަމުންދާ ކަމަށް އޮސްޓްރޭލިއާގެ ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.

ކުއީންސްލޭންޑް ޔުނިވާސިޓީގެ ޓީމަކުން ވަނީ 18 ގައުމެއްގެ ނަޖިސް ފެނުގެ ތަހުލީލުތައް ކޮށްފަ އެވެ. އެ ގައުމުތަކުގެ ތެރެއިން ޔޫރަޕާއި، އެމެރިކާ، ކެނެޑާ، ނިއުޒީލޭންޑް، އޮސްޓްރޭލިއާ، ޗައިނާ، ބްރެޒިލް އަދި ދެކުނު ކޮރެއާގެ 47 ސިޓީއެއްގެ ނަޖިސް ފެން ހިމެނެ އެވެ.

އެގޮތުން 2019 އިން 2022 އަށް ކޮންމެ އަހަރެއްގެ އާ އަހަރާ ދިމާކޮށް ސާމްޕަލް ނަގައި ޓެސްޓު ކުރަމުން ދިޔަ އެވެ. ތަހުލީލުން އެނގުނީ މުޅިން އާ 16 ބާވަތެއްގެ މަސްތުވާތަކެތި ގެންގުޅޭ ކަމެވެ.

އެ ތަހުލީލުތަކުން މަސްތުވާތަކެތީގެ އާ ބާވަތްތަކެއް ގެންގުޅޭކަން އެނގިފައިވާއިރު، އެ ބާވަތްތަކުން ކުރަނީ މިހާރު ވެސް އާންމުކޮށް މަސްތުވާން ބޭނުންކުރާ ބާވަތްތަކުން ކުރާ ފަދަ އަސަރެވެ. އާ މަސްތުވާ ތަކެތި އުފެއްދުމަށް ބޭނުންކޮށްފައި ހުރި ކެމިކަލް ސްޓްރަކްޗާ ތަފާތެވެ.

އެ ތަކެތި އުފައްދަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ވާތީ، އާއްމުކޮށް ފެންނަ މަސްތުވާތަކެއްޗަށް ވުރެ، އާ ބާވަތްތައް ހޯދައި ދެނެގަންނަން ފުލުހުންނަށް ވެސް އުނދަގޫވެ އެވެ.

"ނިއު ސައިކޯއެކްޓިވް ސަބްސްޓެންސް" (އެންޕީއެސް) ނުވަތަ މުޅިން އާ މަސްތުވާ ބާވަތްތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރަމުން ދިޔަ ނަމަވެސް، ވަކި ބާވަތްތައް ގިނައިން ފެންނަނީ ވަކި ސަރަހައްދުތަކުންނެވެ.

އަލަށް ފެނުނު 3-މެތީލްމެތްކެތިނޯން ޔޫރަޕުން 2019 ގައި ގިނައިން ފެނުނު އިރު، އެންމެ ގިނައީ ސްޕެއިން އަދި ސްލޮވާކިއާގަ އެވެ. އޭގެ ފަހުން އުތުރު އެމެރިކާ އާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑަށް ފެތުރުނެވެ.

އޭގެ އިތުރުން އެމްފެޓަމައިން އާއި ބެންޒޯޑަޔަޒެޕީންސްއާ އެއް ކަހަލަ އަސަރުތައް ކުރާ ޕެނެތައިލަމައިންސް ވެސް ވަރަށް ގިނައިން ފެނުނެވެ.

މެފެޑްރޯން، އެތިލޯން އަދި ޔޫޓިލޯން ނަމަކަށް ކިޔާ އާ ބާވަތްތަކެއް ވެސް ދައުރުވަމުންދާ އިރު، އެއީ އެކްސްޓަސީ އަދި ކޮކެއިންއާ އެއް ކަހަލަ އަސަރުތަކެއް ކުރާ ބާވަތްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox