މެސީ ގެންނަން ބާސެލޯނާ އިން މަސައްކަތްކުރާ ކަމަށް ޒަވީ ބުނެފި

Apr 29, 2023, 6:56 PM
މެސީ ގެންނަން ބާސެލޯނާ އިން މަސައްކަތްކުރާ ކަމަށް ޒަވީ ބުނެފި

ބާސެލޯނާ (އޭޕްރީލް 29) - ލިއޮނަލް މެސީ އަލުން ބާސެލޯނާ ގެނެވޭތޯ އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ޔަގީންކޮށްދީފި އެވެ.

މީގެ ދެ އަހަރު ކުރިން، މެސީ، 35، ބާސެލޯނާ ދޫކޮށްލަން ޖެހުނީ އެ ކްލަބްގެ މާލީ ހާލަތު އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައި ކޮންޓްރެކްޓް އާ ކުރެވޭނެ އެއް ގޮތެއް ވެސް ނުހޯދުމުންނެވެ. އެ ފަހަރު، މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

މެސީ ބާސެލޯނާ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައި މި ވަނީ އޭނާ ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެކުލަބުގެ ނައިބު ރައީސް ރަފައެލް ޔޫސްޓޭ ވިދާޅުވެފައި ވަނިކޮށެވެ. ދާދި ފަހުން، ބާސެލޯނާގައި މެސީ، އޭނާގެ އާއިލާ އެކު އުޅޭ މަންޒަރުތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ބާސެލޯނާގެ ތާރީހުގައި އެންމެ ގިނަ ގޯލު އެ ޓީމަށް ޖަހައިދިން ފޯވާޑް އަލުން އެ ކުލަބަށް ގެނައުމަށް ކުރާ މަސައްކަތުގެ ވާހަކަ އެންމެ ފަހުން ދައްކާފައިވަނީ ކޯޗު ޒަވީ އެވެ.

ޒަވީ ބުނީ ބާސެލޯނާގެ ބޯޑުން މެސީ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒަވީ ބުނީ މި ވަގުތު ކުލަބަށް މުހިންމީ މި ސީޒަންގެ ލީގު ކާމިޔާބުކުރުން ކަމަށާއި، އޭނާގެ ފޯކަސް ހުރީ އެކަމަށް ކަމަށެވެ. އަންނަ ސީޒަނަށް ކުލަބު ވަރުގަދަކުރުމާ ގުޅޭގޮތުން ކުލަބުގެ ވެރިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، އެކަންކުރުމަށް ފުރަތަމަ ބޭނުންވަނީ ކުލަބުގެ މާލީ ހާލަތު ރަނގަޅު ކުރުން ކަމަށް ވެސް ޒަވީ ބުނެފައިވެ އެވެ. އެހެންކަމުން އިންވެސްޓަރުން ހޯދަައި ކުޑަ އަގުގައި ކުލަބަށް ގެނެވޭނެ ކުޅުންތެރިން ހޯދައި ދިރާސާ ކުރަމުން އަންނަކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުލަބުގެ މާލީ ހާލަތު ރަނގަޅުވެ މުސާރައިގެ ކަންކަން ހަމަޖެހުމުގައި އެންމެ މުހިންމު އެއް ކަމަކަށް ކުރިއަށް އޮތީ ލީގު ކާމިޔާބުކުރުން ކަމަށާއި، އެކަން ކާމިޔާބުކޮށްގެން ނޫނީ މެސީ ކަހަލަ ކުޅުންތެރިއެއް ގެނައުމާ ގުޅޭގޮތުން ތަފްސީލީ މަޝްވަރާއެއް ކުރުން އަވަސް ކަމަށެވެ.

މެސީ އަލުން ބާސެލޯނާ އަށް ދާން އުޅޭ ވާހަކަތައް މީޑިއާގައި ދެކެވުމާ އެކު، ޕީއެސްޖީގެ ވެރިން ވެސް އަންނަނީ މެސީއަށް އާ ކޮންޓްރެކްޓެއް ދިނުމުގެ މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ތައްޔާރު ވަމުންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ފަހުން ހޯދި މެސީ ހުރީ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމުގެ ވިސްނުމެއްގައެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ އެކުލަބުގައި އޭނާއަށް އޮތް ރޯލު ނުވަތަ ނުފުޒޫ ކުޑަވުމެވެ.

ޕީއެސްޖީން އެންމެ ބޮޑު އިސްކަމެއްދެނީ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox