ބުރުގެ ފުރަތަމަ މުބާރާތުގެ ތަޖުރިބާ އިން ނިޒާމްބެ އުއްމީދާ އެކު

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް: އެ ޓީމާ އެކު ފުރަތަމަ މުބާރާތާ މެދު ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް: އެ ޓީމާ އެކު ފުރަތަމަ މުބާރާތާ މެދު ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބުރު ސްޕޯޓްސް ކުލަބުން މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމުން ދެއްކި ކުޅުމާ އެކު މި ސީޒަންގައި ބޭނުންވާ ހިސާބަށް ދިޔުމަށް ޓީމާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށް އެ ޓީމާ ހަވާލުވެހުރި، ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރުން ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރި އެވެ. އެ ޓީމު ސެމީ ފައިނަލުން ބަލިވީ ކުލަބު އީގަލްސް އަތުން 2-1 އިންނެވެ. އީގަލްސް މެޗުން މޮޅުވި ގޯލު ޖެހީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ކުޅުނު 15 މިނެޓުގެ ދެ ހާފުގެ ތެރޭގަ އެވެ.

އީގަލްސް މެޗުގެ ކުރިން ބުރުން ވަަނީ ގްރޫޕް ސްޓޭޖުގައި ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވީ 1-0 އިންނެވެ. މިއީ ފުރަތަމަ ޑިވިޝަންގައި ބުރުގެ ފުރަތަމަ މެޗެވެ. ދެ ވަނަ މެޗުގައި އެ ޓީމުން ވަނީ ވަރުގަދަ، މާޒިޔާ 2-1 އިން ބަލިކޮށް ސެމީ އިން ޖާގަ ހޯދައިފަ އެވެ.

ސެމީ ފައިނަލުގައި އީގަލްސް އަތުން ބަލިވި މެޗަށް ފަހު ނިޒާމްބެ ބުނީ މި ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ދެ ޓީމާ ދެކޮޅަށް ބުރުން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި އެންމެ ހަފްތާގެ ފަރިތަކުރުންތަކަށް ފަހު ޓީމުން ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

"ހަފްތާއެއްގެ ޕްރެކްޓިސް އަށް ފަހު އެންމެ ރަނގަަޅަށް ސީޒަނަށް ތައްޔާރުވި ދެ ޓީމާ މި ކުޅުނީ. އެއް މެޗުން މޮޅުވެ އެއް މެޗު މި ނިމުނީ އިތުރު ވަގުތުގައި. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ ހަމަ. އަނެއްކޮޅުން ކުޅުންތެރިއަކު އަކު އަކުނިވަޔަށް ދަމައިގެން ވެއްޓި އެ ކަހަލަ ކަމެއް ވެސް ނުވެ މި މެޗު މި ނިންމާލެވުނީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ،" ނިޒާމްބެ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާ ބޮޑު ކޯޗު، ނިޒާމްބެ ބުނީ ސެމީ ފައިނަލު މެޗުގައި ވެސް ޓީމުން އެންމެ ފަހު ވަގުތު ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ކަމަށެވެ.

އީގަލްސް އަތުން ބަލިވި މެޗުގެ 90 މިނެޓުގެ ފަހު ވަގުތު ކޮޅުގައިވެސް ބުރަށް ގޯލު ޖަހާނެ ހުސް ފުރުސަތު ލިބުނެވެ. އޭގެ ތެރޭގައި ފަހު ވަގުތު މުހައްމަދު ނާއިމް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު އެވެ. މީގެ އިތުރުން މެޗުގެ 90 މިނެޓު ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ބުރަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

"ހަމައެކަނި ނަތީޖާ ނޭނބުރުނީ. ފުރުސަތުތައް ވެސް ތަނަވަސްކުރި. ވަރަށް ރަނގަޅު ފުރުސަތުތައް ވެސް ތަނަވަސްކުރެވުނު. އޭތި ކޮންވާޓް ނުކުރެވި މިދިޔައީ. ކުޅުންތެރިންގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ،"

ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭތީ ބުރުން ފުރަތަމަ ގަސްތުކުރީ ޕްރެޒިޑެންޓްސް ކަޕްގައި ވާދަނުކުރާށެވެ. އެކަން ޕްރެސް ކޮންފެރެންސް ތަކުގައިވެސް ނިޒާމްބެ ފާހަގަކުރި އެވެ. ނިޒާމްބެ ބުނީ ފަހު ވަގުތު ބައިވެރިވާން ނިންމީ ކުޅުންތެރިން ތިބި ލެވެލް ދެނެގަނެ ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވާ ޕޮޒިޝަންތައް ދެނެ ގަތުމަށެވެ.

މުބާރާތުގައި ބުރު ކުޅުނު ފަހު މެޗަށް ފަހު، ނިޒާމްބެ ބުނީ މިހާރު ޓީމު އޮތް ހާލަތަށް ބަލާއިރު ލީގު ބްރޭކަށް ފަހު ފަށާއިރު އެ ޓީމުން ތަފާތު ކުޅުމެއް ދައްކާނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

"ހިތްހަމަޖެހުމެއް މިއީ ކުޅުންތެރިން ތިބި ލެވެލް، ތިބި ހިސާބު ބަލާލަން މި ޗާންސް ލިބުނީމަ. ލީގު ފަށަން މިހެން ބުނާއިރުވެސް ލީގު ތިން ދުވަސް ފަހުން ފަށަންޏާ، އޭގެ ކުރިން މާބޮޑު ޗާންސެއް ނުލިބޭނެ. އެހެން ނަމަވެސް ލީގުގެ ބްރޭކަށްފަހު މަސައްކަތްކޮށްގެން ބޮޑު ތަނުން ޓީމް ރަނގަޅު ކުރެވޭނެކަމަށް ގަބޫލުކުރަނީ." ނިޒާމްބެ ބުންޏެވެ.

މިހާރު އޮތް ގޮތުން ލީގު އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް އަދި ތާރީޚެއް އެފްއޭއެމުން އިއުލާނެއް ނުކުރެ އެވެ.

މި ވަގުތު ކުރިއަށްދާ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ކުރިން އާދިއްތަ ދުވަހުގެރޭ ފަށަން އޮތް ފައިނަލް މެޗު އަންގާރަ ދުވަހުގެ ރެއަށް ލަސްކުރީ އާދިއްތަ ދުވަހު ކުޅެފިނަމަ އިނާމް ދިނުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ވަޑައިނުގަނެވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox