ޗާގޯސް މައްސަލަ: ނަޝީދުގެ ނުރުހުން މެމްބަރުންނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނު މިއަދު ވިދާޅުވީ ޗާގޯސް މައްސަލަ ކާމިޔާބުވިކަމަށް ވިދާޅުވުމަކީ އޮޅުވައިލުމެއް ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނު މިއަދު ވިދާޅުވީ ޗާގޯސް މައްސަލަ ކާމިޔާބުވިކަމަށް ވިދާޅުވުމަކީ އޮޅުވައިލުމެއް ކަމަށް.

ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖޭގެ ދެކުނުން ކަނޑުގެ ބޯޑަރު ކަނޑައެޅި ކަނޑައެޅުމަކީ ކާމިޔާބީއެއް ކަމަށް ސިފަކުރައްވާ މެމްބަރުންނާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްގައި ނަޝީދު ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ގާތްގަނޑަކަށް 94،000 އަކަމީޓަރު ގެއްލިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލަ ނިމުނީ ރާއްޖެއަށް ރަނގަޅަށް ކަމަށް ވިދާޅުވެ ވާހަކަ ދައްްކަވާ މެމްބަރުން އެކުރައްވާ ކަމަކީ ރައްޔިތުންނަށް އޮޅުވައިލުން ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ.

"ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން. މެމްބަރުން މިވާހަކަ އޮޅުވައިލަން އުޅުމަކީ ވަރަށް ބޮޑު ދެރައެއް،" ނަޝީދު ވިދާޅުވި އެވެ.

އެއީ މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފުވުން ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.

"މަޖިލިސް މެމްބަރުކަމުގައި ތިޔަ ތިއްބަވަނީ މާތްރަސްކަލާންގެ ގަންދީ ހުވާކޮށްގެން ރާއްޖޭން ބައެއް ގެއްލޭ އިރު ވެސް ރައްޔިތުންނަށް އޮޅުވައިލުމަކީ ހުވަޔާ ހިލާފުވުން ކަމުގައި އަޅުގަނޑަށް ފެންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަަމަށް ބަލައިގެން އިޓްލޮސް އިން މިއަދު ވަނީ ރާއްޖެއާ އެގައުމާ ދެމެދު އިން ވަކިކޮށްފަ އެވެ. އެގޮތަށް ވަކިކުރި އިރު ރާއްޖޭގެ ސަރަހައްދު ކަމަށް ކުރިން ބަލާ ސަރަހައްދު، މޮރިޝަސް އިން އެގައުމުގެ ސަރަހައްދު ކަމަށް ބަލާ ސަރަހައްދާ ފުށުއަރާ ބައި ބެހީ ދެބައި ހަމަ އަށެވެ. ބައެއް ގެއްލުނު ކަމަށް ބުނާ ފަރާތްތަކުން ގެއްލުނުކަމަށް ބުނާ ބަޔަކީ ފުށު އަރާ ސަރަހައްދު ދެބައިކޮށްލުމުން މޮރިޝަސް އަށް ލިބުނު ސަރަހައްދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox