ބާސެލޯނާގެ ސްޓޭޑިއަމް އިތުރަށް ތަރައްގީކުރަން 1.5 ބިލިއަން ޑޮލަރު

Apr 26, 2023, 8:43 AM
ބާސެލޯނާގެ ދަނޑު ނޯ ކޭމްޕް މަތިން ނަގާފައިވާ ފޮޓޯއެއް: އެ ދަނޑު ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ފަށަން ބާސެލޯނާ އިން ވަނީ ފަންޑް ހޯދާފައި.

ބާސެލޯނާގެ ދަނޑު ނޯ ކޭމްޕް މަތިން ނަގާފައިވާ ފޮޓޯއެއް: އެ ދަނޑު ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ފަށަން ބާސެލޯނާ އިން ވަނީ ފަންޑް ހޯދާފައި.

ބާސެލޯނާ (އޭޕްރީލް 26) - ބާސެލޯނާގެ ސްޓޭޑިއަމް ކަމަށްވާ ނޯ ކޭމްޕް އިތުރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް ފަންޑިންގެ ގޮތުގައި އެ ކްލަބުން 1.5 ބިލިއަން ޑޮލަރު ހޯދައިފި އެެވެ.

ބާސެލޯނާ އިން ބުނީ މި ފައިސާ ހޯދީ 20 އިންވެސްޓަރެއްގެ އަތުން ކަމަށެވެ. އެ ކްލަބުން ބުނީ އިންވެސްޓަރުންނަށް އަނބުރާ ފައިސާ ދިނުމަށް ފަސް އަހަރާއި 24 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި މި ފައިސާ އަނބުރާ ދައްކަންޖެހޭނީ ނޯ ކޭމްޕް އިތުރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިމުމުން ކަމަށެވެ.

މި ފައިސާ އިން ނޯ ކޭމްޕްގެ އިތުރުން، ބާސެލޯނާގެ އެހެން ފެސިލިޓީޒްތައް ވެސް ތަރައްގީ ކުރުމަށް އިންވެސްޓް ކުރާނެ އެވެ. އެ ގޮތުން، ހޭންޑްބޯލް އާއި ބާސްކެޓްބޯޅައިގެ ފެސިލިޓީޒް އަދި އެ ކްލަބުގެ ރިޒާވް ޓީމާއި އަންހެން ޓީމުގެ މެޗުތައް ކުޅޭ ޔޯހަން ކްރައިފް ސްޓޭޑިއަމް ވެސް ތަރައްޤީ ކުރާނެ އެވެ.

ނޯ ކޭމްޕް ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ އެއް ވަނަ ދުވަހު އެވެ. ބާސެލޯނާ އިން ބުނީ ނޯ ކޭމްޕް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް 2026ގެ ނިޔަލަށް ނިންމާލެވޭނެ އެވެ. އަދި މަސައްކަތް ކުރިއަށްދާއިރު، ބާސެލޯނާގެ ސީނިއާ ޓީމުގެ މެޗުގެ ކުޅޭނީ މޮންޓްޖުއިކްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކަމަށެވެ. ފުލް ކެޕޭސިޓީ އަށް ސަޕޯޓަރުންނަށް ނުވަދެވުނަސް، 2024-2025 ވަނަ އަހަރުގެ ސީޒަންގައި ބާސެލޯނާގެ މެޗުތައް ކުޅޭނީ ނޯ ކޭމްޕްގަ އެވެ.

ބާސާ އިން އެ ކްލަބުގެ ސްޓޭޑިއަމް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިިއިރު، އެ ކްލަބާ ވާދަވެރި ރެއާލް މެޑްރިޑުން ވެސް ވަނީ 2019 ވަނަ އަހަރު ސްޓޭޑިއަމް އިތުރަށް ބޮޑުކޮށް، ތަރައްގީކުރުގެ ޕްރޮޖެކްޓް ފަށައިފަ އެވެ. ކޮވިޑް-19ގެ ސަބަބުން އެކި ސިނާއަތްތަކަށް އައި ހުއްޓުވުމުގެ އަސަރު ރެއާލް ދަނޑުގެ ޕްރޮޖެކްޓަށް ވެސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox