ކޮތަޅުން ފީ ނެގުން މިހާރު އޮތީ ސަރުކާރުން ބޭނުންވި ގޮތަކަށް ނޫން: މިނިސްޓަރު

ކޮތަޅުން ފީ ނެގުން މިހާރު އޮތީ ސަރުކާރުން ބޭނުންވި ގޮތަކަށް ނޫން: މިނިސްޓަރު

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ކަންތައް ގާނޫނުގައި މިހާރު އޮތީ އެ ގާނޫނު ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅި އިރު އޮތް މަގުސަދާ އެއްގޮތަށް ނޫން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި ސަރުކާރުން ހުށަހެޅި އިސްތިސްނާ މަޖިލީހުން ބިލު ފާސްްކުރި އިރު، އޭގެ ސަބަބެއް ވެސް ސާފުކޮށް ބުނެފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު މިހާރު އޮތް ގޮތުގައި މައްސަލައަަކީ ކޮންމެ މަރުހަލާއެއްގައި ކޮތަޅަކުން ދެ ރުފިޔާ ނެގުމެވެ.

Advertisement

"މައްސަލައަކީ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމެއް ނޫން. މައްސަަލައަކީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުން. ރައްޔިތުންނަށް ނޫފުލޭ ވަރުގެ ތަކުލީފަކަށް މިކަން ވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން," ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާ ވާނެ ހާލަތްތަކެއް، ސަރުކާރުން މަޖިލީހަށް ފުރަތަމަ ހުށަހެޅި އިރު ހިމަނާފައިވާނެ އެވެ. އެފަދަ އެއް އިސްތިސްނާއަކީ ހޯލްސޭލްކޮށް، 50 ނުވަތަ 50 އަށް ވުރެ ގިނަ ކޮތަޅު ގަންނަ ހާލަތެވެ. ކާޑުގެ ބާވަތްތައް ގަންނަ ހާލަތަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ފީ ނެގުން އިސްތިސްނާ ވާނެ ހާލަތެއްގެ ގޮތުގައި، ސަރުކާރުން ބިލުގައި ހިމެނި އެވެ.

ޝައުނާގެ ވާހަކަ އެހިސާބަށް ގެންދެވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި އެ އިސްތިސްނާތައް ކޮމިޓީން ބިލު ފާސްކުރި އިރު އުނިކުރީ ސަރުކާރުން ވެސް އެކަމަށް ވާގި ދީގެން ކަމަށް ކޮމިޓީގެ ޔައުމިއްޔާއިން އެނގޭ ކަމަށެވެ.

"އަަޅުގަނޑު ކިޔައިފިން ކޮމިޓީގެ ޔައުމިއްޔާތައް. އަޅުގަނޑު ކިޔައިފިން ކޮމިޓީގެ ރިޕޯޓުވެސް. އެހެން ނަމަވެސް މި މާއްދާ، ވަކިން ހާއްސަކޮށް އިސްތިސްނާވާ ހާލަތްތައް، ފަންސާސް ކޮތަޅާއި ނުވަތަ އެެއަށް ވުރެ ގިނައިން ހިމެނޭ ކޮތަޅުބޮނޑި އިސްތިސްނާވާ ހާލަތްތައް އުނިކުރި ޖަސްޓިފިކޭޝަނެއް އަޅުގަނޑަކަށް ނުފެނުނު،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާގެ އެވާހަކައާ ވެސް ނަޝީދު ދެކޮޅު ހެއްދެވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ އިސްތިސްނާތައް އުނިކުރި ސަބަބު ކޮމިޓީ ރިޕޯޓުގައި ވަރަށް ދިގުކޮށް ލިޔެފައި އެބަ އޮތް ކަމަށެވެ.

ކޮތަޅުން ފީ ނެގުމުގައި ސަރުކާރުން ހުށަހެޅި އިސްތިސްނާތައް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަަމަށް ވިދާޅުވެ، ގާނޫނު އެގޮތަށް އިސްލާހުކޮށްދެއްވަން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

"ހއ. ފިއްލަދޫގައި ހުންނަ މީހާ ކަންމަތީ ފިހާރައިން ހަކުރު ކިލޯއެއް ހަތަރު ރުފިޔާ ބަޔަށް ގަތީމާ އިތުރަށް، ކޮތަޅަށް ހަ ރުފިޔާ ދެއްކީމާ މިއީ ބޮޑު މައްސަލައެއް، މިކަން ހައްލުކުރުމަށް އަޅުގަނޑުމެން މި އެދެނީ މިއަދު،" ޝައުނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ފީ ނަގާ މިންވަރު ކުޑަކުރަން އެދިވަޑައިނުގަންނަވާ ކަމަށާއި ގެންނަން ޖެހޭ ބަދަލަކީ ކޮންމެ މަރުހަލާއެއްގައި ފީ ނުނަގާ ގޮތަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox