ާއާސެނަލް އަތުން ޕޮއިންޓް ގެއްލި ސިޓީ އަށް ފުރުސަތު ފަހިވެއްޖެ

Apr 22, 2023, 12:39 AM
އާސެނަލްގެ ސަކާ ރޭގެ މެޗުގެ ތެރެއިން ދަނޑުމަތީގައި އިށީނދެލައިގެން.

އާސެނަލްގެ ސަކާ ރޭގެ މެޗުގެ ތެރެއިން ދަނޑުމަތީގައި އިށީނދެލައިގެން.

ލަންޑަން (އޭޕްރީލް 22) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަނާ 3-3 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އަތުން އަނެއްކާ ވެސް ޕޮއިންޓް ގެއްލި، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ލީގުގެ ކުރިއަށް ޖެހިލަން ފުރުސަތު ފަހިވެއްޖެ އެވެ.

ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން، އާސެނަލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ސިޓީން މިހާރު އޮތްގޮތުން، އާސެނަލާ މެޗު ހަމަކުރާއިރު، އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އާސެނަލަށް މި ވަގުތު 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 30 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޔަގީނުން ވެސް ލީގުގެ ރޭހުގައި ދެން އެ ޓީމަށް އަމިއްލަ ބާރުގައި މަގާމު ދެމެހެއްޓޭނީ މި މަހު 26 ވަނަ ދުވަހު ރަށުންބޭރުގައި ކުޅޭ މެޗުން ސިޓީ ބަލިކޮށްގެން ކަމަށެވެ.

މިއީ ލީގުގައި އާސެނަލަށް މޮޅެއް ނުލިބި، އެއްވަރުވި ތިން ވަނަ މެޗެވެ. ރޭ ސައުތެމްޓަންއާ ކުޅުމުގެ ކުރިން، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލިވަޕޫލާ ދެކޮޅަށް އާސެނަލް އެއްވަރުވީ ފުރަތަމަ ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ.

އެކަމަކު، ރޭ އާސެނަލް ކޮޅަށް ވަނީ 14 މިނިޓް ތެރޭ ދެ ގޯލު ވަދެފަ އެވެ. އެ ގޮތުން މެޗު ފަށައިގެން 28 ވަނަ ސިކުންތުގައި އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހެއްގެ ފައިދާނަގައި، ސައުތެމްޓަނަށް ކުޅޭ 20 އަހަރުގެ އާޖެންޓީނާ ފޯވާޑް، ކާލޮސް އަލްކަރާޒް ވަނީ ސައުތެމްޓަން އަށް ލީޑުނަގައިދީފަ އެވެ. އަދި އަލްކަރާޒް ދިން ބޯޅައަކުން 14 ވަނަ މިނިޓްގައި ސައުތެމްޓަން އަށް ލީޑުފުޅާކޮށްދިނީ ކުރިން އާސެނަލަށް ކުޅުނު ތިއޯ ވޮލްކޮޓް އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ސައުތެމްޓަން ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ބުކާުޔޯ ސަކާ ނެގި ހުރަހަކުން ގަބްރިއެލް މާޓިނެލީ ވަނީ ގޯލެއް ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ފަށައި، މެޗުގެ 66 ވަނަ މިނިޓްގައި ސައުތެމްޓަންގެ ކްރޮއޭޝިއާގެ ޑިފެންޑަރު، ޑޫޖް ޖަލެޓާ-ޖާ ވަނީ ބޮލުން ގޯލެއް ޖަހައި، ސައުތެމްޓަންގެ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ފަހު ވަގުތު ހިތްވަރު ނެެރެ، އާސެނަލުން ވަނީ ދެ ގޯލު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި އޮއްވައި، އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އެ ޓީމުގެ ދެ ވަނަ ގޯލު ޖެހިއިރު، އިތުރު ވަގުުތުގައި ސަކާގެ ރީބައުންސް ގޯލުން ވަނީ އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox