ކުއްލިއަކަށް ކައިގަތުން، ހަށިގަނޑަށް ބޮޑު ނުރައްކަލެއް!

ކުއްލިއަކަށް ކައިގަތުން، ހަށިގަނޑަށް ބޮޑު ނުރައްކަލެއް!

ބައެއް ފަހަރު އެއީ މީރު އެއްޗަކާ ޖެހުމުން ކުރެވޭ ކަމެކެވެ. އަނެއްބައި ފަހަރު ހާސްކަން ބޮޑުވުމުގެ ސަބަބުންނެވެ. ނޫނީ ވެފައި ހުރި އާދައަކުންނެވެ. މިއިން ކޮންމެވެސް އެއް ކަމަކާ ހެދި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް، އެއްފަހަރާ ގިނައިން ކެއުމުގެ ވޭން ވާނީ ތަހައްމަލު ކުރެވިފަ އެވެ.

"ބަނޑު ފުރިއްޖެ ކަމުގެ ސިގްނަލް ސިކުނޑިއާ ހިސާބަށް ދާން، ވިހި މިނެޓް ހޭދަވޭ، މާގިނައިން ކެވޭ ގޮތް ވަނީ އެ ވަގުތު ފަހަނައަޅައިދާ އިރު ވެސް ހުއްޓައިނުލެވޭތީ," އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސްގެ އެމްޑީ އެންޑާސަން ކެންސާ ސެންޓަރުގެ ލިއުމަކަށް، އެމާ ލެވީ ވިދާޅުވެފައި ވެ އެވެ.

އޭނާ އަކީ އެ ސެންޓަރުގައި ދިރާސާތައް ވެސް ކުރައްވާ ޑައިޓީޝަނެކެވެ.

Advertisement

ގިނައިން ކެއުމަކީ ބަރުދަން އިތުރުވާ ކަމެއްކަން އެއީ ދެން އެންމެން ވެސް ދަންނަ ކަމެކެވެ. އެކަމަކު ލެވީ ވިދާޅުވާ ގޮތުގައި ގިނައިން ކެއުމުގެ ނުރައްކާތަކަކީ ހަމަ އެކަނި ކެލަރީ އިތުރުވެ ފަލަވުމާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. ތިރީގައި މިހިރީ އެއް ފަހަރާ މާގިނައިން ކެއުމުން ހަށިގަނޑަށް ވެދާނެ ކަމަށް، އެމްޑީ އެންޑާސަން ކެންސަ ސެންޓަރުގެ ލިއުމުގައި އެމާ ލިސްޓްކުރައްވާފައިވާ ކަންތައްތަކެވެ.

މާގިނަން ކެއުމުން ހަށިގަނޑަށް ވަގުތުން ކުރިމަތިވާ މައްސަލަތައް

  • މާގިނައިން ކެއުމުން، އެ ކޭ ތަކެއްޗަށް ޖާގަ ހެދުމަށް ޓަކައި ގޮހޮރު އޭގެ އަސްލު ސައިޒަށް ވުރެ ބޮޑަށް ފުއްޕަން ޖެހެ އެވެ. އެެގޮތަށް ގޮހޮރު ފުއްޕުމުން އެތެރެ ހަށީގެ އެހެން ގުނަވަންތައް ފިތޭގޮތް ވެ އެވެ. ބަނޑަށް އުނދަގޫ ވަނީ އެހެންވެ އެވެ. މީހާ ވަރުބަލިވެ ނިދި އަންނަނީ އެހެންވެ އެވެ.
  • މާގިނައިން އެއްފަހަރާ ކެއުމުން ގުނަވަންތަކުން ކުރަން ޖެހޭ މަސައްކަތް ކުއްލިއަކަށް ބޮޑުވެ އެވެ. އެ ކޭތަކެތި ހަަޖަމުކުރުމަށް ޓަކައި ހަށިގަނޑުން އިތުރު އެންޒައިމާއި ހޯމޯން އުފައްދަން ޖެހެ އެވެ.
  • ކޭތަކެތި ހަޖަމުކުރުމަށް ޓަކައި ގޮހޮރުގައި އިތުރަށް ހައިޑްރޮކްލޮރިކް އެސިޑް އުފައްދަ އެވެ. އެގޮތުން އުފައްްދާ އެސިޑް، ކާތަކެތި ދަތުރުކުރާ ހޮޅިއަށް ޖަމާވެ އެވެ. މޭ އަންދަނީ އެހެންވެ އެވެ. ޕިއްްޒާ އާއި ޗީޒްބާގާ ފަދަ ބާވަތްތަކަކީ މި މައްސަލަ ބޮޑުކުރާނެ ބާވަތްތަކެވެ.
  • ގިނައިން ކެއުމުން ގޮހޮރުގައި އިތުރަށް ގޭސް ވެސް އުފެދެ އެވެ. އެއީ ވެސް ވޭން އަޅާނެ ކަމެކެވެ.
  • ކޭ އެއްޗިހިތައް ހަޖަމުކުރުމަށް ޓަކައި މެޓަބޮލިޒަމް ވެސް އިތުރަށް އަވަސްކުރުވަ އެވެ. މީހާ ހޫނުވެ ދާހިއްލާ ވަރުބަލިވަނީ އެހެންވެ އެވެ.

ދިގު މުއްދަތުގައި ކުރިމަތިވާ މައްސަލަތައް

ހަކަތަ އުފެއްދުމަށް ހަށިގަނޑުން ބޭނުންކުރަނީ އަހަރެމެން ކާތަކެތިން ލިބޭ ކެލަރީގެ ބައެކެވެ. އަނެއްބައި ސަރުބީގެ ގޮތުގައި ރައްކާކުރެ އެވެ. ދުވަހީ ކަންކަމަށް އަންދަން ޖެހޭ ކެލަރީއަށް ވުރެ އިތުރަށް ކެލަރީ ލިބޭ ވަރަށް ކެއުމުން ގައިގައި ސަރުބީ ޖަހައި އެކަށީގެންވާ ވަރަށް ވުރެ ބަރުވަނީ އެހެންވެ އެވެ. އެގޮތަށް ބަރުވުމަކިީ ކެންސަރާއި ބޮޑެތި އަދި ދާއިމީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ގިނައިން ކެއުމަކީ އަދި ހާއްސަކޮށް ސިއްހީ ގޮތުން ރަނގަޅުނޫން ކާނާ ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ބޮޑެތި މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. އެހެނީ ހަޖަމުކުރުމުގެ ނިޒާމުގައި އެކަަމަށް ބޭނުންވާ އެންޒައިމްތައް ހުންނަނީ ވަކިވަރަކަށެވެ. އެހެންވީމާ ގިނައިން ކައިފި ނަމަ ހަޖަމުވާން ހޭދަވާ ވަގުތު ވެސް އިތުރުވާނެ އެވެ. އެކަން ގިނަގިނައިން ދިމާވާ ނަމަ ހަޖަމުކުރުން ލަސްވެ، ބަނޑުތެރޭގައި ކާތަކެތި ދެމިހުންނަ ވަގުތު އިތުރުވެ އެވެ. އެއީ ވެސް ސަރުބީ ޖަހާނެ ކަމެކެވެ.

ގިނައިން ކެއުމަކީ ނިންޖަށާއި މީހާގެ ގުދުރަތީ ގަޑިއަށް، (ކާކޭޑިއަން ކްލޮކް އަށް) ވެސް މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox