ޓެން ހާގް އެދެނީ ޔުނައިޓެޑުން "ޖަޒުބާތުގައި ޖެހިގެން ވިޔަސް މޮޅުވަން"

Apr 20, 2023, 8:00 AM
ޓެން ހާގް އެދެނީ ޔުނައިޓެޑުން "ޖަޒުބާތުގައި ޖެހިގެން ވިޔަސް މޮޅުވަން"

ސެވިލް، ސްޕެއިން (އޭޕްރީލް 20) - މެންޗެސްޓާ ޔުނައިޓެޑުން ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ސެވިއްޔާ ދަނޑުގައި މިރޭ ކުޅޭ މެޗުގައި ބޭނުންވަނީ ދިމާވާ ކޮންމެ ހާލަތަކަށް ބެލުމެއް ނެތި "ޖަޒުބާތުގައި ޖެހިގެން ވިޔަސް މޮޅުވާން" ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މީގެ ހަފްތާއެއް ކުރިން ޔުނައިޓެޑް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެ ޓީމުން މެޗުގެ ކުރީކޮޅުގައި ދެ ގޯލުގެ ލީޑެއް ނަަގައި ހަމަޖެހިލި އެވެ. އެކަމަކު، މެޗުގެ ފަހު ވަގުތުގައި ބައިކޮޅަށް ދެ ގޯލު ވަދެ، ޔުނައިޓެޑް މެޗު ނިންމާލަން ޖެހުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންކަމުން، ސެމީ ފައިނަލަށް ދިއުމަށް ޔުނައިޓެޑަށް މިހާރު އޮތް ހަމައެކަނި ގޮތަކީ މިރޭ ސެވިއްޔާ ދަނޑުގައި މޮޅުވުމެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ސީޒަނުގެ މުހިންމު ހިސާބެއްގައި ކުޅޭ މި ފަދަ މެޗުތަކުގައި މެޗުގެ އޮއެވަރު ބަދަލުވާއިރު، ޖަޒުބާތުގައި ޖެހިގެން ގިނަ ކަންކަން ކުޅުންތެރިންނަށް ކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ އެ ފަދަ ހާލަތްތަކުގެ ތެރެއިން ވެސް ރަނގަޅު ނިންމުންތައް ޔުނައިޓެޑުން ނިންމައި، މެޗުން މޮޅުވާން ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

"އިމޯޝަންސް (ޖަޒުބާތު) މި ފަދަ މެޗުތަކުގައި މުހިންމު ރޯލެއް ކުޅޭނެ. ކަމަަކަށް ބޭނުންވެގެން އެ ކުރާ މަސައްކަތެއްގެ ތެރެއިން ހިތްވަރު އެލުވާނުލައި އެ ފޯކަސް ބަހައްޓައިގެން ތިބެންވާނީ. އަހަރެން އެދެނީ ކޮންމެ ހާލަތެއްގައި ވެސް ޔުނައިޓެޑުން މޮޅުވާން،" މި ސީޒަނުގައި ޔުނައިޓެޑަށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން މި މެޗަށް ކުރިމަތިލާއިރު، އެ ޓީމަށް ކުރިމަތިވެފައި އޮތީ އަނިޔާގެ ސަަބަބުން އުނދަގޫ ހާލަތެެކެވެ. އެކަމަކު، ހިތްހަމަޖެހުމަކީ މި މެޗާ ދިމާކޮށް ޔުނައިޓެޑްގެ އެންމެ ފޯމުގައި ހުރި އެޓޭކަރު، މާކަސް ރަޝްފޯޑް ޓީމުގެ ފަރިތަކުރުންތަކާ ގުޅިފައިވުމެވެ. އަނިޔާގެ ސަބަބުން ފުރަތަމަ ލެގުގައި ރަޝްފޯޑަށް ނުކުޅެވުނެވެ.

އަނެއްކޮޅުން މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ސެވިއްޔާ އަށް ކުޅުނު ފޯވާޑް އެންތަނީ މާޝިއަލްގެ ބޭނުން މި މެޗުގައި ހިފާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެެވެ.

ސެވިއްޔާގެ ސަންޗޭޒް ޕިޒްޗުއާން ސްޓޭޑިއަމްގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox