ޔަމަނުގައި ފިތި ބާރުވެ 78 މީހުން މަރުވެއްޖެ

އެހީ ބެހުމުގެ އިވެންޓް ރޭވި ފަރާތްތަކުން މިހާރު ތިބީ ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އެހީ ބެހުމުގެ އިވެންޓް ރޭވި ފަރާތްތަކުން މިހާރު ތިބީ ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ރޯދަ މަހާ ދިމާކޮށް އާއްމުންނަށް އެހީ ބެހުމަށް ބޭއްވި އިވެންޓެއްގެ ތެރެއިން ޔަމަނުގެ ވެރިރަށް ސަނާގެ ސްކޫލެއްގައި ފިތި ބާރުވެގެން 78 މީހުން މަރުވެއްޖެ އެވެ.

ސަނާގެ ބާބް އަލް ޔަމަން ސަރަހައްދުގެ ސްކޫލެއްގައި ހިނގި ހާދިސާގެ ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ. ރޮއިޓާޒް ނޫހުން ބުނީ އެ ތަނުގައި އެހީގެ ގޮތުގައި ބެހީ ނުވަ ޑޮލަރުގެ ތަކެތި ކަމަށެވެ.

ޔަމަނުގެ އިންތިހާބީ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ހަނގުރާމަ ފެށި ފަހުން ސަނާގެ ކޮންޓްރޯލް އޮތީ އިރާނުގެ އެހީއާ އެކު އުޅޭ ހޫތީންނަށެވެ.

Advertisement

އިންޓީރިއާ މިނިސްޓްރީން ބުނީ އެ އިވެންޓު ރޭވި މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނަކު ބުނީ މީހުން ފިތިބާރުވީ ރަސްމީ އޮފިޝަލުންނާ މަޝްވަރާ ނުކުރުމާއި ރަނގަޅު އިންތިޒާމްތައް ހަމަޖައްސާފައި ނެތުމުން ކަމަށެވެ.

ސިއްހީ އޮފިޝަލުން ބުނީ އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން 13 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެހީ ހޯދަން އެއްވި އެތައް ސަތޭކަ މީހުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހޫތީން ވައިގެ ތެރެއަށް ބަޑި ޖެހި އެވެ. އޭގެން ވަޒަނެއް ގޮސް، ކަރަންޓު ވަޔަރެއްގައި ޖެހި ގޮވުމެއް މެދުވެރިވި އެވެ.

އެ ގޮވުމާ އެކު މީހުންގެ ތެރޭގައި ބިރުވެރިކަން އުފެދި، ސަލާމާތް ވާން ކުރި މަސައްކަތުގެ ތެރެއިން ފިތިބާރުވީ ކަމަށް ބައެއް ފަރާތްތަކުން އޭޕީ ނޫހަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox