ޗާގޯސް މައްސަލާގައި ސަރުކާރުގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި ޕެޓިޝަނެއް

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު؛ ޗާގޯސް މައްސަލާގައި ސަރުކާރުގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުން -- ފޮޓޯ: މަޖިލިސް

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު؛ ޗާގޯސް މައްސަލާގައި ސަރުކާރުގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުން -- ފޮޓޯ: މަޖިލިސް

ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) އިސްވެ ހުންނަވައި ހުށަހަޅުއްވާ އެ ޕެޓިޝަނުގައި ވަނީ ދިވެހި ސަރުކާރުން މޮރިޝަސްއާއެކު "ސިއްރު ޑީލެއް" ހަދަމުންދާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

"...ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިއްރުން ދޫކޮށްފައިވާ ފޯޅަވަހި ސިޓީ އަނބުރާ ގެނައުމަށާއި، އަދި މިކަމުގައި ހިމެނޭ ކަމަށް ބުނާ 500 މިލިއަން ޑޮލަރުގެ ސިއްރު ޑީލުގެ ހަގީގަތް ރައްޔިތުންނަށް އިތުބާރު ހިފޭ ނުފޫޒުން އެއްކިބައިވެފައިވާ މިނިވަން ފަރާތަކުން ތަހުގީގުކޮށް އަދި ފޯޅަވަހި ސިޓީ ބާތިލު ކުރުމަށް އެދި ގޮވާލަ[ން]" އެ ޕެޓިޝަނުގައި ވެއެވެ.

އެ ޕެޓިޝަނުގައި ބުނީ، ސަރުކާރުން ނިންމާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޯޅަވަހި އަތޮޅުގެ ރަށްތަކުން ދިވެހި ގައުމަށް ހައްގުވާ ސަރަހައްދު ހިމެނޭގޮތަށް އދ. ގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ލިޔުންތައް ބާތިލުވާގޮތަށް ކަމަށެވެ.

އަދި ދިވެހި މަސްކަނޑުން މިހާރުވެސް ލިބިފައިވާ 150 މޭލު ހިމެނޭ މަސްކަނޑުގެ ސަރަހައްދާއި ކަނޑާއި ޖައްވާއި، ކަނޑު އަޑީގައިވާ އަގުބޮޑެތި މައުދަންތަކާއި އެހެނިހެން ވަސީލަތްތަކުން ދިވެހިން މަހުރޫމުވުމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެ އެވެ.

ހަމައެއާއެކު، މި މައްސަލާގައި ރައީސް ސޯލިހު މޮރިޝަސްއަށް ސިޓީ ފޮނުވާފައި ވަނީ މަޖިލީހާއި ރައްޔިތުންނަށް ސިއްރުން ގާނޫނުއަސާސީގެ ބާރުކަނޑުވާލައި، ގާނޫނާ ހިލާފަށް ކަމަށް ވެސް ޕެޓިޝަނުގައި ބުނެ އެވެ. އަދި އެ ސިއްރު ސިޓީ އަނބުރާ ގެނެސް، ތުހުމަތު ކުރެވޭ ސިއްރު ޑީލުގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

ޗާގޯސް މައްސަލާގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މައްސަލާގައި މީގެ ކުރިން ވެސް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ.

އޭރު ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވީ ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާކަން ނުވަތަ ނޫންކަން ހާމަކުރަން ގޮވާލަ އެވެ.

މީގެ އިތުރުން މަޑުއްވަރި ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވެސް ވަނީ މި މައްސަލާގައި ކުރިން ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެފަހަރު ވެސް ކުއްލި މައްސަަލައާ އެއްކޮޅަށް ވާހަކަ ދެއްކެވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox