16 އަހަރަށް ފަހު މިލާން ޗެމްޕިއަންސް ލީގުގެ ސެމީ އަށް

Apr 19, 2023, 12:53 AM
މިލާންގެ ގޯލު ޖެހުމަށް ފަހު ޖިރޫޑް އުފާފާޅުކުރަނީ.

މިލާންގެ ގޯލު ޖެހުމަށް ފަހު ޖިރޫޑް އުފާފާޅުކުރަނީ.

ނޭޕްލްސް، އިޓަލީ (އޭޕްރީލް 19) - ނަޕޯލީ ދަނޑުގައި ރޭ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި 1-1 އިން އެއްވަރުވި ނަމަވެސް އެގްރިގޭޓަށް ބަލާއިރު، މިލާނުން 2-1 އިން ކުރިހޯދައި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ މިލާނުން އެންމެ ފަހުން މި މުބާރާތުގެ ސެމީގައި ކުޅެފައިވަނީ މީގެ 16 އަހަރު ކުރިންނެވެ. އެއީ، މިލާނުން 2007 ވަނަ އަހަރު އެތަންސްގައި ކުޅުނު ފައިނަލުގައި ލިވަޕޫލް ބަލިކުރި ފަހަރު އެވެ.

މިދިޔަ ހަފްތާގައި މިލާނުން އަމިއްލަ ދަނޑުގައި ނަޕޯލީ އަތުން ފުރަތަމަ ލެގުގައި މޮޅުވިއިރު، ދާދި ފަހުން ވަނީ ނަޕޯލީ ދަނޑުގައި އިޓާލިއަން ލީގުގައި ބޮޑު ތަފާތަކުން މިލާން މޮޅުވެފަ އެވެ. އެއީ ރޭގެ މެޗަށް ނުކުތްއިރު، މިލާނަށް ލިބިފައި އޮތް ވަރަށް ބޮޑު ހިތްވަރެކެވެ.

ނޭޕްލްސްގެ ޑިއާގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 20 މިނިޓް ފަހުން، ލީޑުފުޅާކުރަން މިލާނަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެކަމަކު، މިލާންގެ ފްރާންސް ފޯވާޑް، އޮލިވިއޭ ޖިރޫ ފޮނުވާލި ޕެނަލްޓީ ނަޕޯލީގެ ކީޕަރު، އަލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ.

އެކަމަކު، މިލާނުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެއީ 42 ވަނަ މިނިޓްގައި މިލާންގެ ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ އަމިއްލަ މަސައްކަތުން އުފެއްދި އެޓޭކެއްގައި ޖިރޫ ޖެހި ގޯލުންނެވެ.

ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމެން އަނިޔާއިން ރަނގަޅުވެ، މި މެޗުގައި ކުޅުނު ނަމަވެސް އޭނާ ހުއްޓުވަން މިލާންގެ ޑިފެންޑަރުން ޖުމްލަ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. ނަޕޯލީ އަށް އެއްވަރުކުރަން މެޗުގެ 82 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން، މި ސީޒަނުގައި ނަޕޯލީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ، ޖޯޖިއާގެ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ އަށް ލިބުނު ޕެނަލްޓީން ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު، މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ނަޕޯލީން އެއްވަރުކުރި ގޯލު ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އޮސީމެން އެވެ. މިއީ ޖިއަކޯމޯ ރަސްޕަޑޯރީ ދިން ބޯޅައަކުން އޮސީމެން ބޮލުން ޖެހި ގޯލެކެވެ. ނަޕޯލީ އަކީ އިޓާލިއަން ލީގުގެ ތާވަލު ކުރީގައި ބޮޑު ލީޑަކާ އެކު އޮތް ޓީމެވެ. އެ ޓީމުން، 33 އަހަރަށް ފަހު އިޓަލީގެ ޗެމްޕިއަންކަން ހޯދަން ބާކީ މެޗުތަކުން ބޭނުންވަނީ ނިސްބަތުން ބަލާއިރު މަދު ޕޮއިންޓް ތަކެކެވެ.

ނަޕޯލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނީ އެ ޓީމު ކެޓުމުގެ އެންމެ ބޮޑު އަސްލަކީ ޖުމްލަކޮށް ދެ ލެގަށް ބަލާއިރު ގޯލު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތައް ނިންމައިނުލެވުން ކަމަށެވެ.

މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މިލާން ކުުޅުންތެރިން ދެ ލެގުގައި ވެސް ކުޅުނީ ނަތީޖާ އެއް ނެރެވޭނެ ކަމުގެ އިތުބާރާ އެކު ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި އޭގެ ނަތީޖާ ފެނުނީ ވެސް ވަރަށް ހިތްހަމަޖެހޭ ގޮތަކަށް ކަމަށް ޕިއޯލީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox