ދޮންވެ ފައްކާވެފައިހުރި ސިޔާސީ ޕާޓީތައް ކުނިކުރަނީ ކޮން ފަންޏެއް؟

-- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

-- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ޕާޓީ ސިސްޓަމް ރާއްޖޭގައި ޤާއިމުކުރީއްސުރެ ބަދަލުނުވާ އެއްކަމެއް އޮވެއެވެ. އެއީ ކޮންމެ ނަމެއް ކީ ކަމުގައިވިޔަސް ފާޅުކޮށް އެނގޭ ވާދަވެރި ދެ ޕާޓީއެއް އޮންނަ ކަމެވެ. އެ ދެ ޕާޓީގެ ވާދަވެރިކަމުގެ ކުރިމަތީގައި އެހެން ޕާޓީތަކުގެ މާ ބޮޑު ދައުރެއް ނޯންނަކަމެވެ. ދެ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ ދަފުތަރުކޮށްފައިވިޔަސް، ޑުއޯޕޮލީއެއް އުފެދި، އިސް ސަފުގައި ހަރަކާތްތެރިވާ ކޮންމެވެސް ދެ ޕާޓީއެއް އޮންނަ ކަމެވެ. މި ދެ ޕާޓީގެ މެންބަރުންގެ ޢަދަދު ނިސްބަތުން އިތުރެވެ. ޕާޓީގެ އިސް ސަފުގައި ނަން މަޝްހޫރު، ރައްޔިތުންގެ ޤަދަރާއި އިޙުތިރާމު ހޯދާފައި ތިބި، ގިނަ ޢަދަދެއްގެ ސިޔާސީން ތިބެއެވެ. ޕާޓީގެ ޕްލެޓްފޯމްތަކުގައި ރައްޔިތުންގެ ވިންދާ ސީދާ ގުޅުންހުރި ހުވަފެންތަކަކާއި ވަޢުދުތަކެއް ގެންގުޅެއެވެ. ބޮޑު ޢަދަދުތަކުން ޚަރަދުކުރާނޭ ފައިސާ ދޭނޭ ސަޕޯޓަރުންނާއި ސްޕޮންސަރުން ލިބެއެވެ.

އެހެން ނަމަވެސް 2023ގެ ރިޔާސީ އިންތިޚާބަށް ޤައުމު ތައްޔާރުވަމުންދާއިރު މި ފެންނަނީ ތަފާތު މަންޒަރެކެވެ. ދުވަހަކު ރެނދެއް ނުލާ ބޮޑު އެއް ޕާޓީގައި ބޮޑު ރެނދެއް އެޅި، ބައިބައިވެފައިވަނިކޮށެވެ. ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރަށް "މަޖުބޫރީ ޙާލަތެއް" ކުރިމަތިވުމާއެކު، ހުންގާނުގައި ހިފާނޭ މީހަކާ މެދު އިހުގައި ނެތް ވާދަވެރިކަމެއް އުފެދިގެން އުޅެނިކޮށެވެ. ޕާޓީތަކުގެ ޕްލެޓްފޯމްތައް ފުށުއަރާއި، ކުދި ޕާޓީތަކުގެ ތެރެއިން ބައިއަތު ހިފާފައި ހުރި ޕާޓީތައް އޮޅުންބޮޅުންވާ ހިސާބަށް ގޮސްފައިވަނިކޮށެވެ. ތެދުތެދަށް ބުނާ ނަމަ، ޢާއްމު ރައްޔިތު މީހާގެ ނޯށުގައި ރިޔާސީ އިންތިޚާބުގެ ވަސްވެސް އަދި ނުޖެހި، ޕާޓީތަކުގެ ލީޑަރޝިޕާ ހަމައިގައި މި އަހަރުގެ އިންތިޚާބުގެ ކަންކަން ބުރެކިޖެހިފައިވަނިކޮށެވެ.

ހުރިހާ ޕާޓީއެއްގައިވެސް ސާފުކޮށް ފެންނަ އެއް މައްސަލައަކީ، ޕާޓީގެ ކާމިޔާބީއަށްވުރެ ފަރުދީ ކާމިޔާބީ އިސްކުރާ ލީޑަރުންގެ މައްސަލައެވެ. ޤައުމުގެ ހުރިހާ ސިޔާސީންވެސް ބޭނުންވަނީ ޤައުމުގެ ރިޔާސަތެވެ. ރައީސުލްޖުމުހޫރިއްޔާގެ ލަޤަބާއި އެ މަޤާމާއެކު ލިބޭ ފައިދާތަކާއި ނުފޫޒާއި ބާރުތަކެވެ. އެހެން ގިނަ އިންތިޚާބުތަކުގައި ފެނުނު ޕާޓީގެ މަސްލަޙަތު އިސްކުރުމުގެ ސިފަ، އެ އިންތިޚާބީ އަހަރުތަކާ ގާތްކުރާ މިންވަރަކަށްވެސް އަދި މި އަހަރަކު ނުފެނެއެވެ. ވެރިކަންކުރާ މައި ޕާޓީން ފާޅުގައި ފެކްޝަން ހަދައިގެން އެކި މަސައްކަތްތައް ކުރަމުންދާއިރު، ވެރިކަންކުރާ ބަޔަކީ ކޮބައިކަމެއް، ނުފޫޒުގަދަ ބަޔަކީ ކޮބައިކަމެއް ޚުދު ޢާއްމު މެންބަރަކަށްވެސް ސާފެއް ނުވެއެވެ. އިދިކޮޅު ޕާޓީގައި އެއްބަޔަކު ރޯދައެއް ޢީދެއް ނުބަލާ ލީޑަރުގެ މިނިވަންކަމަށް ގޮވާލާ މުޒާހަރާކުރަމުންދާއިރު، އަނެއް ބަޔަކު އަޑިއަޑިން މަސައްކަތްކުރާކަމަށް އަޑުފެތުރިފައިމިވަނީ ދަނޑިވަޅުގެ ބޭނުންކޮށް، ލީޑަރޝިޕް ބަދަލުކުރުމަށްކަމަށް ތުހުމަތުތައް ކުރެވެއެވެ. ނަން ހިނގާ ނިސްބަތުން ކުދި ޕާޓީތަކުން އަދިވެސް މަސައްކަތްކުރަނީ އެ ޕާޓީތަކުގެ ފައުންޑަރުންކަމުގައިވާ ޢުމުރުން ދުވަސްވީ ލީޑަރުންނަށް ހޭހަންކޮށް، ރިޔާސީ އިންތިޚާބުގެ "އަނދުން" އެ ލީޑަރުންގެ ލޮލުގައި އެޅުވޭތޯއެވެ. މިހުރިހާ ސަކަރާތެއްގެ ތެރޭ އޮޅުންބޮޅުންވެ، ސިޔާސީ ޕާޓީއަށް މަރުދޭ މީހާ އާއި ސިޔާސީ ޕާޓީއަކަށް ވައި ނޭޅޭ މީހާއަށްވެސް ތާއީދުކުރާނޭ މީހެއް، ޕާޓީއެއް، އަދި ޕްލެޓްފޯމެއްވެސް އަދި ސާފުވާވަރެއް ނުވެއެވެ.

Advertisement

ޕާޓީ ނިޒާމުގެ ޅަފަތުގެ ދައުރުން އަރައިގަނެ ކިރިޔާ ހިނގައިގަނެވޭ ވަރު ވާންވާއިރަށް، ނިޒާމު ކުނިވަނީ ބާއެވެ؟ ގިނަ ޕާޓީ ވާދަކުރާ ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ތަޢާރަފުވެގެންދިޔައީ އިންޤިލާބީ، އިސްލާޙީ ބޮޑު ބަދަލެއްގެ ގޮތުގައެވެ. ޙައްޤު ނަގަހައްޓައި ބާޠިލާ ދެކޮޅަށް ފެއްޓި ނިޒާމު ބޭނުންކޮށްގެން މިއަދު ހަމަ އެ ޕާޓީތަކުން މަސައްކަތްކުރަނީ ކޮންމެ ގޮތަކުންވިޔަސް ވެރިކަމާއި، ބާރާއި ނުފޫޒު ދެމެހެއްޓޭތޯއެވެ. ގިނަ ޕާޓީ ނިޒާމު ޤާއިމުވެ ހަމަޖެހުނު އިރުވެސް، އެ ޕާޓީތައް ބޭނުންކޮށްގެން ކުރާނީ ބަރުލަމާނީ ވެރިކަމެއްތޯ ނުވަތަ ރިޔާސީ ވެރިކަމެއްތޯ އަދިވެސް އެބަ ބަހުސްކުރެވެއެވެ. ޙައްޤާއި އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ފެށި ދަތުރުގެ ހުންގާނު އޭރުގެ އެކްޓިވިސްޓުން ގޯސްކުރި ސިޔާސީންނަށް ވިއްކާތަން މި ފެންނަނީ ވަންހަނާކުރުމެއް، ޖެހިލުންވުމެއް ނެތިއެވެ.

ނޫނީ، މިއަދު ރާއްޖޭގައި މި ނިއުޅެމުންދަނީ، ސެމުއެލް ޕީ. ހެންޑަރސަން ޢާއްމުކުރެއްވި "ޕޮލިޓިކަލް" ޑިކޭ ނަޒަރިއްޔާގެ ފިޔަވައްސެއްބާވައެވެ؟ އެ ނަޒަރިއްޔާ ބުނާ ގޮތުގައި ސިޔާސީ ނިޒާމުތައް ހަލާކުވާ ނުވަތަ ކުނިވާން މެދުވެރިވާ މައިގަޑު ސަބަަބަކީ ސިޔާސީ ދާއިރާ ތަރައްޤީ ވަމުންދާ ދުވެއްޔަށްވުރެ ބާރު ދުވެއްޔެއްގައި މުޖުތަމަޢު ތަރައްޤީވެ، ޒަމާނާ ފައިހަމަކުރަމުންދިޔުމެވެ. މިއީ މި ނަޒަރިއްޔާގެ ވަރަށް ހަނި މާނަކުރުމެކެވެ. އެހެންނަމަވެސް ވިސްނާލަމާ ހިންގަވާށެވެ. މީގައި އެ ވިދާޅުވާ ސިޔާސީ ދާއިރާގެ ތަރައްޤީއަކީ، ޤައުމީ އެއްބައިވަންތަކަން އިތުރުވެ، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުން ކަމުގައި ބެލެވިދާނެއެވެ. މިނަޒަރިއްޔާގައި އިޖުތިމާޢީ ތަރައްޤީއަކީ، އިންސާނީ ތަރައްޤީއާއެކު، މުޖުތަމަޢުގައި ތަޢުލީމާއި ހޭލުންތެރިކަން އިތުރުވެ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުންދިޔުމެވެ. ނަތީޖާއެއްގެ ގޮތުން، މުސްތަޤިއްލުކަމާއެކު ސިޔާސީ ނިޒާމާއި ލީޑަރުންގެ މަސައްކަތްތައް މިިނެކިރާނޭ ޤާބިލިއްޔަތު، ރައްޔިތުންގެ ކިބައިގައި އުފެދެއެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީން ޖަހާހާ ބެރަކަށް ނުނަށާނޭކަން، ރައްޔިތުން އެކި ގޮތްގޮތުން އަންގަންފެއްޓުމެވެ. މި ސިފަތައް، މިއަދު ރާއްޖެއިންެވެސް ފެންނަން ފަށައިފިކަން ބަލައިގަންނާނޭ ފުރުޞަތު މިއަދު އެބައޮތެވެ.

ދެން މި ސިޔާސީ ޕާޓީތަކުގައި ފަނިއަޅައި ކުނިވަމުންދާއިރު، ހަމަ ދެއަތް އުރާލައިގެން ތިބެންވީ ހެއްޔެވެ؟ ފަހަރުގައި މިއީ ބޮޑެތި، ނުފޫޒު ގަދަ ދެ ޕާޓީ، ނުވަތަ ރާއްޖޭގައި މިހާތަނަށް އޮތް "ޑުއޯޕޮލީ" އަށް ބަދަލެއް އައުމުގެ ކޮޅުމަތިކަމުގައި ވެދާނެއެވެ. އާ ޕާޓީތަކެއް އެ މަޤާމަށް އަންނަން ފަރިވަނީކަމުގައިވެދާނެއެވެ. ދުވަސްވީ މުސްކުޅި ޕާޓީތަކުގެ އޮނިގަނޑަށް، ބަދަލުގެންނަންވީ ވަގުތު ޖެހުނީކަމަށް ވެދާނެއެވެ. ދުވަސްވެ، މުސްކުޅިވެފައި ތިބި ލީޑަރުން ފެއަށްޖެހި، ޒުވާން ސިކުނޑިތަކާ ޤައުމު ހަވާލުކުރަންވީ ވަގުތު ޖެހުނީ ކަމަށް ވެދާނެއެވެ. ޙައްލު ވަރަށް ސާފެވެ. ފަރުދީ މަސްލަޙަތަށްވުރެ ޕާޓީގެ މަސްލަޙަތު އިސްކުރަންވީއެވެ. އޭރުވެސް މިހާރުވެސް ހުރިހާ ކަމަކަށްވެސް އޮތް ޙައްލު، މި އޮތީ ފެންނާށެވެ. ނުކެރެނީ އެ ޙައްލަށް ޢަމަލީ ސިފަ ގެންނާށެވެ. އެއަށްވުރެ ތާޖާއި ތަޚުތުގެ ދިހުން ގަދަވީމައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox