އާ އިންތިޒާމުތަކާ އެކު މުދާ ހުސްކުރުމުގައި އެއްވެސް މައްސަލައެއް ދިމާ ނުވޭ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުތަކުން މުދާ ހުސްކުރުމުގެ އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށާއި، 16 ގަޑިއިރުން ބޯޓެއް ހުސްކުރަމުންދާ ކަމަށް އެ ބަނދަރު އޮޕަރޭޓްކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ އެސިސްޓަންޓު ޖެނެރަލް މެނޭޖަރު އަދި ކާގޯ ކްލިއަރެންސްގެ ހެޑު ތޮލްއަތު ސައީދު ވިދާޅުވީ، ރޯދަ މަހަކީ އެންމެންނަށްވެސް އެނގޭނެ ފަދައިން މުދާ އެތެރެކުރާ މިންވަރު އިތުރުވާ މަހެއް ކަމުން އެ ކުންފުނިން މި އަހަރު ވަރަށް ބޮޑު ތައްޔާރީތަކެއްވީ ކަމަށެވެ.

 މާލޭ ވިޔަފާރި ބަނދަރުގައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހާއްސަކޮށް ހަލާކުވާ ޒާތުގެ މުދާ އަވަހަށް ހުސްކޮށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން, ވަގުތީ ޝެޑުތަކެއް ހެދުމުގެ ސަބަބުން ބޯޓުތަކުން އަވަހަށް މުދާ ބާލާ އެ ތަކެތި ޖެހޭނެ ތަނެއް ލިބިގެންދިޔަ ކަމަށް ތޮލްއަތު ވިދާޅުވި އެވެ.

"ކުރީގަ ރާއްޖެއަށް އަންނަ ބޯޓުތައް ހުސްކުރުމަށްޓަކާ ދެދުވަސް ތިން ދުވަސް ހޭދަކުރާ ހޭދަކުރުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 16 ގަޑިއިރަށް ބަދަލުކުރެވިގެންދިޔަ މިކަހަލަ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅިގެން" ތޮލްއަތު ވިދާޅުވި އެވެ.

ރޯދަމަހު އެންމެ ގިނައިން އެތެރެކުރާ އެއް ބާވަތް ކަމަށްވާ ކަރާ ބަނދަރަށް ހުސްކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ރޯދަމަހު އެންމެ ގިނައިން އެތެރެކުރާ އެއް ބާވަތް ކަމަށްވާ ކަރާ ބަނދަރަށް ހުސްކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރޯދަމަހު އެންމެ ގިނައިން އެތެރެކުރާ އެއް ބާވަތް ކަމަށްވާ ކަރާ ބަނދަރަށް ހުސްކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އޭގެއިތުރުން، އާންމު ގޮތެއްގައި މި އަހަރުގެ ރޯދަ މަހުވެސް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ބިސް، ކަރާ އަދި ދޮންކެޔޮ ފަދަ ހަލާކުވާ ޒާތުގެ މުދާ ކަމަށާއި އެ ތަކެތި ކްލިއާ ކުރުން ލަސްވެގެން އެހެން އަހަރުތަކުގާ ބާޒާރުގެ އަގުތަކަށް އަންނަ ނޭދެވޭ ބަދަލުތައް މި އަހަރު ނާންނަކަމަށާއި މުދާ ކްލިއާ ނުވެެގެން ޝަކުވާ ހުށަހެޅިފާ ނުވާ ކަމަށްވެސް ތޮލްއަތު ވިދާޅުވި އެވެ.

އަދި، ޓްރާންސްޕޯޓް މިނިސްޓްރީއިން ރޯދަ މަހު ހަވީރު 4:00 އިން ފެށިގެން މުދާ އުފުލުން މަނާކޮށްފައި އޮތުމުން އެކަމަށް ތަބާވުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް އެ ވަގުތުގެ ކުރިން މުދާ ބަރުކުރާ ވެހިކަލްތައް ބަނދަރުން ނެރުމުގެ މަސައްކަތް ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox