ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ރޯދަމަހަކަށް ބަލާއިރު ވޯޓުލާން ނުކުންނަ ވަރު ރަނގަޅު!

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމަށް މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލާފައި ނުކުތް މީހަކު، އިނިގިލީގައި ޖަހާފައިވާ ފާހަގަ ދައްކާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމަށް މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލާފައި ނުކުތް މީހަކު، އިނިގިލީގައި ޖަހާފައިވާ ފާހަގަ ދައްކާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވަން މިހާރު ކުރިއަށް ގެންދާ ބައި އިލެކްޝަންގައި ނިސްބަތުން ގިނަ ބަޔަކު މިހައިތަނަށް ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،423 މީހުންގެ ތެރެއިން ގާތްގަނޑަކަށް 800 މީހުން ވަނީ މެންދުރު 12:00 ގެ ކުރިން ވޯޓުލައިފަ އެވެ.

އީސީގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން 424 ފިރިހެނުންނާއި 373 އަންހެނުންނާ އެކު ޖުމްލަ 797 މީހަކު ވަނީ މެންދުރު ވުމުގެ ކުރިން ވޯޓުލައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީކަމަށް ވާ އެމްޑީޕީއާއި ޕީޕީއެމުން ވާދަކުރާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާ ރޭޓް އެމްޑީޕީގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އޭނާ މޮނިޓާ ކުރައްވަމުން ގެންދަވާ މާފުށީގައި ވޯޓުލުމުގެ ފޯރި، ރޯދަމަހަކާ އަޅަައި ބަލާއިރު ރަނގަޅެވެ.

"ވޯޓުލުމުގެ ފޯރި ކުޑައެއް ނޫން. އެކަމަކު މިއީ ރޯދަމަހަށް ވެފައި، އަދި އަމުދުން ފަހު 10 ވީމާ މީހުން އެހާ އަވަހަށް ނުނިކުންނަނީ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ގުޅީގައި ހުންނެވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެކަމަކު ސިފަކުރެއްވީ ވޯޓުުލުމުގެ ފޯރިއެއް އެހާ ބޮޑަށް ނެތް ކަމަށެވެ. އެއީ މުޅި ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހިރީ ގުޅީގައި މިރަށުގައި ވޯޓުލާން ނުކުތް މީހުން މާ މަދެއް ނޫން އެހެން ނަމަވެސް ނިސްބަތުން ފޯރި ކުޑަ. އެއީ މުޅި ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، ހިތްހަމަ ނުޖެހިފައި ތިބީމާ،" ޝިޔާމް ވިދާޅުވި އެވެ.

މި ބައިއިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީ އެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox