ހިތުން ނުފިލި ހެނދުނު މަސްވެރިކަން;"މިހާރު ހެނދުނު ލައްޓި ގަނޭހޭ"

 ދޯންޏެއް ދުއްވާފައި އަންނަނީ. ފަތުހު ވަދާ ދިޔުމަކީ ދިވެހިންގެ ދިރިއުޅުމުގެ އާދައާ ގުޅިފައި އޮތް ކަމެއް. -- ފޮޓޯ: އަދަދު

ދޯންޏެއް ދުއްވާފައި އަންނަނީ. ފަތުހު ވަދާ ދިޔުމަކީ ދިވެހިންގެ ދިރިއުޅުމުގެ އާދައާ ގުޅިފައި އޮތް ކަމެއް. -- ފޮޓޯ: އަދަދު

ދާދި މިދާކަށް ދުވަހު ހުޅުމާލޭ މިސްކިތަކަށް ނަމާދަށް ދިޔައިމެވެ. އޭރު ޖަމާއަތް ނިމިއްޖެ އެވެ. މިސްކިތު ހަރިންމަ ތެރެއަށް ވަންއިރު މެދު އުމުރަށްވުރެ މަތީ މީހަކު ފައިވާން ހަރާއި ހިސާބު ތަނބެއްގައި ލެނިގިލައިގެން ހުއްޓެވެ. އަހަރެން ވަދެގެން އައިއިރު އޭނާ ބަލަން ހުރި ގޮތުންނާއި މޫނުމަތީގައި ހުރި ހިތި ހިނިތުންވުމުން ގިނަ ވާހަކަތަކެއް އޭރުވެސް ކަންފަތަށް އިވޭ ކަހަލަ އެވެ.

ފައިވާން ބަހައްޓާފައި ހިނިތުންވެލަމުން ސަލާމް ގޮވާލާ ސަލާމްކޮށްލީމެވެ. ބޭބެ ސަލާމްކޮށްލަމުން އަހަރެން ގާތު ތީ ކޮންރަށެއްގެ މީހެއްތޯ ސުވާލު ކޮށްލި އެވެ. ރަށް ބުނުމާއެކު "މިހާރު ހެނދުނު ލައްޓި ގަނޭހޭ" ރިހުން އެކުލެވިގެން ރާގަކަށް އަހައިލި އެވެ. މިހާރު ހެނދުނު ލައްޓި ގަނޭހޭ އަހާ އެކޮށްލި ސުވާލަކީ އަހަރެންނަށް ވަރަށް ބޮޑު ސުވާލަކަށް ވި އެވެ. އަހަރެންނަކީ ކަނޑު މައްޗަށް އަރާމީހެއްތޯ ނާރާ މީހެއްތޯ ވެސް އަހާނުލައި ހެނދުނު ލައްޓި ގަނޭހޭ އަހާލި އަހާލުމުން އަހަރެންނަށް އިހްސާސް ކުރެވުނީ, ނުދަންނަ މީހަކު ރޭގަނޑު ކެޔޮޅުކަމު ގޮސް ނަނުބައި އޮޅުމުން, ނަނު ބައި އޮޅުންފިލުވަން މަސައްކަތް ކުރާފަދަ ފަދަ ގޮތުގަ އެވެ.

ހުއްޓުން އެރި ނަމަވެސް ވާހަކަ ފެށީމެވެ. ހެދުނު ލައްޓި މިދުވަސްކޮޅު ގަނެ އެވެ. އެކަމަކު ވަރަށް ދެރަ އެވެ. ކަނޑުފުރާ އޮތީ ހުސް ތެލާއްސެވެ. އެކަމާހުރެ ވަދުގައި ވަރަށް ނުގަނެ އެވެ. ގަންނަ އެއްޗެއްވެސް ގަންނަނީ ހާލުވަދު ބަނދެގެން ހިމަ މިޔަވާލީގައި ކުދި ބުޅިލައިގެންނެވެ. ލައްޓިތައް ތިބެނީ އެ އެއްޗެހި ކައި ބަނޑު ފުރައިގެންނެވެ. ދެން އެގޮތް މި ގޮތަށް އުޅެގެން ވަރަށް މަދުން އެއްޗެއް ބޭވެ އެވެ. ބޮޑުތިލަ ބޭރުން ވެސް ކުޑަޗީ ކަނޑުން ވެސް މާނިޔާ މަސް ނެގިޔަސް، އެ ސޮރުމެން ވެސް އޮއި ހަދައިގެން އުޅެނީ ތެލާހި ކާށެވެ.

މި ބޭބެއަކީ އަހަރެން ރަށާ ވަރަށް ކައިރި ރަށެއްގެ މީހެކެވެ. އެ ރަށުން ފުރައިގެން ލައްޓިއަށް ދުއްވާ މީހުން ދެކުނަށް އަންނައިރު އަހަރުމެންގެ ރަށުން (ށ. ކަނޑިތީމު) އުތުރަށް ދަތުރު ކުރާ މީހުންނާ ބައްދަލުވާނެ އެވެ. ވީމާ އެ މީހުން އާންމުކޮށް ގޮސްއުޅޭ ތަނެއް ވީމާ އަހަރުމެން ރަށު މީހުން ލައްޓި ބާނާނަމަ އެ މީހުންނަށް ވެސް ބޭވޭނެކަން އެނގޭތީ މަސްވެރިކަމުގެ ވާހަކަ އެހީ އެވެ. މަސްވެރިކަމުގައި ކަނޑުމަތީގައި އުޅުނު މީހެއްގެ ހިތުން މަސްވެރިކަމުގެ އުފާވެރިކަން ކެނޑިގެން ނުދާނެ އެވެ. ދިޔަޔަސް ދާނީ ލައްކަ ދުވަހުންނެވެ. ވީމާ ހުޅުމާލޭގައި އުޅެން ޖެހިފައިވިޔަސް ކަނޑުމަތީގެ ހަނދާންތަކުން ޒައްރެއްގެ މިންވަރުވެސް އުނިނުވާކަން އެނގެއެވެ.

ފަތިހު ލައްޓިއަށް ފުރާ މީހުންނަކީ މުދިންބެއަށްވުރެ ކުރިން ހޭލާ ބައެކެވެ. ޖައާމަތުގައި ނަމާދު ކޮށްލައިގެން އަވަސް އަވަހަށް ގެއަށް އައިސް ކޮފީއެއް, ސައި ތައްޓެއް ބޮވޭލެއްވެސް ހުންނާނީ ލަސްވެފަ އެވެ. ރަނގަޅު ކެޔޮޅަކު ނަމަ އެންމެންނަށް ވުރެ ކުރިން ފަޅުން ނުކުންނަން ބޭނުންވާނެ އެވެ. އެންމެ ލަސްވެގެން އިރު ފެނުން ތޮޅިލާއިރު ހުންނަން ޖެހޭނީ އޮއި މައްޗަށް އެރިފަ އެވެ.

ފަތިހު ޖެހެމުންދާ ދުންފިނި ފިނިވައިރޯޅީގެ ފިރުމުމާއި އިރަށް ދޮންކުރާ ކުލަކުލައިގެ ވިލާތަކުގެ ތެރެއިން ފުރޭނިގެން އަންނަ ދޯދިތައް މޫނުގައި ބޮސްދޭދިނުމާއި, ކަނޑުގެ ބާނިތަކާއި ދޯދިތަކުގެ ނެށުމަށް ވާވާ ގޮވާލާ ފުންމާލާ ލައްޓި، ރާގޮންޑިތަކުން ހަށިގަނޑަށް ތާޒާކަން ގެނުވަ އެވެ. ހެނދުނުގެ ބޭސް އަވިން ހަށިގަނޑުގެ ގަނޑު ފިނިކަން ފިލުވަމުން ދާއިރު ހަށިގަނޑުގައި ހުރި އެތައް ރިހުމެއް އާތްވަށް އަރައިގެން ދާތަން ފެންނަ ފަދަ އެވެ. ހިތުގައިވާ ނުތަނަވަސް ކަމެއް ލައްޓި ރާގޮނިޑިއެއް ނަނުގައި ގަތަސް ނުގަތަސް ފިލައިދެ އެވެ. މިއީ ޒަމާނީ ޑަކްޓަރީ ބޭހުން ވެސް ލިއްބައިނުދޭ ދިރުމެވެ.

ކުރާނެކަމެއް ނެތެވެ. ބޭބޭ މިތަނަށް އައިސް މިތެޅެނީ އަންނަ ހިތަކުން ނޫނެވެ. ބޭބެގެ އަށް ދަރިން ދުނިޔޭގައި ތިބޭނެ އެވެ. ހުރިހާ ދަރިންވީ މިތަނުގައި ވަޒަންވެރިވެފަ އެވެ. ބޭބެ މިތަނަށް ނާންނަށް ގަދަފައި ވިއްދައިގެން ހުއްޓާ ނައިސްނުވީ ކުއްލިއަކަށް އަންހެނުން ނިޔާވީމަ އެވެ. އަމިއްލައަށް އަންނައުނު ދޮވެ ގޭދޮށް ކުނިކަހާލިއަކަސް ކައްކާފަ ކާންދޭނެ މީހަކު ނެތިފައި ހުއްޓާ ކަކުލެއްގައި ރިއްސާލި ވާހަކަ ބުނީމާ ރަށަށް އަންނާނެ ދަރިއަކު ނުވި އެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ޑަކްޓަރަށް ދައްކަން ގެނައީ މިތަނަށެވެ. ބޭބެ އުޅެނީ އަށް، ނުވަ ބުރީގެ މަތީގަ އެވެ. ބޭބެގެ ފަޔަކަށް ލިބުނު ލުޔެއްނެތެވެ. ޑަކްޓަރު ކިތަންމެ ބައިވަރު ބޭހެއް ލިޔެފަ ދިނަސް ބޭބެގެ ފައި ރަނގަޅު ވާނެ ހެއްޔެވެ. ބޭބެ މިހާރުވެސް ފަތިހު މޫދަށް ގޮސް ވެލިމޮޑެ ތެޔޮ ކޮޅެއް އުނގުޅާލައި ހެނދުގެ ބޭސް އަވީގައި ހުރެލަނިކޮށް ކިތަންމެ ތަނަކުން ފަޔަށް ލުއިވާނެއެވެ. ބޭބެ މިތާކު ކުރާނެ ކަމެއްނެތެވެ. އަބަދު އޮންނަން ޖެހެނީ ކޮޓަރި ތެރޭގަ އެވެ. އެއް އެނދުން ފޫހިވީމާ އަނެއް އެނދަށެވެ.

ބޭބެ މިހިރީ ކަނޑުމަތިން ހިފައިގެން ގެންނަ ކަނޑުމަތީ ދޫންޏެއްހެން ގެނެސް ފިޔަކޮށާލާފަ އެވެ. ކަނޑުމަތީ ދޫނީގެ ފައިގައި ވަރުނުހޭތީ ފިޔަވަޅު ނުނެގިފަ އެވެ. ބޭބެ މިއަދު މިހިރީ ބަލިކޮށްލާފަ އެވެ. ބޭބެއަކީ އެތައް ބަޔަކަށް ލޮނުކަން ރިހަމަސް ހޯދަން ބޭބެގެ އޮޑިގަނޑުގައި ފަތިސް ނަމާދުކޮށްގެން ނުކުންނަ މީހެކެވެ. އެކަމަކު މާލެ އަންނަން ޖެހުމުން އޮޑިގަނޑު ހުންނާނީ ހަރުގޭގަ އެވެ. ހަރުގެ ބާވެ ވިއްސާރަވެހި މަޑޫތައް ދޫވެ ހިންމިތަކުން ހަޅަނގު ފައިބާ އޮޑިގަނޑުގެ ހުންނާނީ ރޫޅޭން ކައިރިވެފަ އެވެ. އޮޑިއަށް ވިއްސާރަ ނުވެހޭ ގޮތަށް ހަރުގެގަނޑު ހިޔާކޮށްދޭށޭ ދަރިން ގާތު ކިޔާތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އަޑުއިވުނު ދަރިއަކުނެތޭ ބުނެ ކޮރެއް ޖަހާލަމުން ހިނގައިގެންފި އެވެ. އަހަރެންނަށް ސުވާލެއް ވެސް ކޮށްލަން ފުރުސަތެއް ނުދީ އެވެ. ނުދައްކަން ހުރި ވާހަކަ ދެއްކިދާނެތީކަން ވެސް ނޭނގެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox