ކުދިންނަށް ޓާގެޓް ކުރާ ކަމަށް ބުނާ މައްސަލަތަކުގައި 462 މިލިއަން ޑޮލަރު ދައްކަނީ

ޖޫލްގެ އުފެއްދުންތައް އެމެރިކާގެ ނިއުޔޯކް ސިޓީގެ ފިހާރައެއްގެ ހަރުގައި. ފޮޓޯ: އޭޕީ

ޖޫލްގެ އުފެއްދުންތައް އެމެރިކާގެ ނިއުޔޯކް ސިޓީގެ ފިހާރައެއްގެ ހަރުގައި. ފޮޓޯ: އޭޕީ

އީ-ސިނގިރޭޓް އުފައްދާ ކުންފުނި ޖޫލް ލެބްސްއިން ފުރާވަރު އުމުރުގެ ކުދިންނަށް ޓާގެޓް ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ މައްސަލަތައް ހައްލު ކުރަން އެމެރިކާގެ ހަ ސްޓޭޓެއްގައި 462 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.

ފުރާވަރު އުމުރުގެ ކުދިންނަށް ޓާގެޓް ކުރުމުގެ އިތުރުން އެ ކުންފުނީގެ ވޭޕްތަކަކީ ސިނގިރޭޓަށް ވުރެ ރަނގަޅު އަދި ދެވިހިފުން ކުޑަ އެއްޗެއްގެ ގޮތުގައި ދޮގު ހަދައި މާކެޓް ކުރާ ކަމަށް ވެސް ބައެއް ސްޓޭޓްތަކުން ތުހުމަތު ކުރެ އެވެ.

ކުންފުނިން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގި ކަމަކަށް އެއްބަހެއް ނުވެ އެވެ. އެކަމަކު ފައިސާ ދޭން އެއްބަސްވީ ކުންފުނީގެ މާޒީއާ ގުޅުން ހުރި މައްސަލަތަކެއް ހައްލުކުރަން ކަމަށް ބުންޏެވެ.

ޖޫލް ލެބްސްއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ޖުމްލަ އެއް ބިލިއަން ޑޮލަރު ދައްކާފައިވެ އެވެ.

ފުރާވަރު އުމުރުގެ ކުދިންނަށް ޓާގެޓް ކުރާ ކަމަށް ކުރެވޭ ތުހުމަތު އެ ކުންފުނިން ދޮގުކުރެ އެވެ. އެހެން ނަމަވެސް ޕެކޭޖް ކުރުމުގައި ބޭނުންކުރާ ކުލަތަކާއި، ތަފާތު ރަހަތަކާއި، އިޝްތިހާރުތަކުގައި މޮޑެލް ކުރާ ޒުވާން ކުދިން ބޭނުންކުރަނީ އެ ބޭނުމުގައި ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބް ދައްކާ ގޮތުން 2022 ވަނަ އަހަރު އެމެރިކާގައި 2.5 މިލިއަނަށް ވުރެ ގިނަ ސްކޫލު ކުދިން އީ-ސިނގިރޭޓް ބޭނުންކުރި އެވެ.

ސިނގިރޭޓަށް ދެވިހިފާފައިވާ މީހުން އެކަން ހުއްޓާލުމަށް އީ-ސިނގިރޭޓްގެ ބޭނުންކުރެ އެވެ. އެހެން ނަމަވެސް، އީ-ސިނގިރޭޓުގެ ވޭޕާގައި ހުންނަ ކުޑަ މިންވަރެއްގެ ކެމިކަލްގެ ތެރޭގައި ނިކޮޓީން ހިމެނޭތީ، އީ-ސިނގިރޭޓަކީ ވެސް ސިއްހަތަށް ގެއްލުން ހުރި އެއްޗެކެވެ.

އޭގެ އިތުރުން ވޭޕް ކުރުމަކީ އެއްވެސް ގެއްލުމެއް ނުލިބޭ ކަމެއްގެ ގޮތުގައި ފުރާވަރު އުމުރުގެ ކުދިންނަށް ވިސްނެމުން ދާތީ، އެކަން ކުރާ ކުދިން އިތުރުވަމުންދާކަމުގެ ކަންބޮޑުވުންތައް ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox