ގައުމީ އަންހެން ވޮލީ ޓީމަށް ތައިލެންޑްގެ ތަޖުރިބާކާރު ކޯޗެއް

Apr 13, 2023, 1:11 AM
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމާ ހަވާލުވި ތައިލެންޑްގެ ވިޗީޕޮން، ރޭ ބޭއްވި ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމާ ހަވާލުވި ތައިލެންޑްގެ ވިޗީޕޮން، ރޭ ބޭއްވި ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ތައިލެންޑް ގައުމީ ޔޫތު އަންހެން ޓީމުގެ ހެޑް ކޯޗުކަމާއި ވިއެޓްނާމްގެ ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗުކަން ކޮށްފައިވާ ތަޖުރިބާކާރު ކޯޗު، ވިޗީޕޮން ފޯންޗާޓްޔިންޗީޕް، ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމާ ހަވާލުވެ ޕްރެކްޓިސްތައް ފަށައިފި އެވެ.

އާ ކޯޗު، ވިޗީޕޮންގެ އިރުޝާދުގެ ދަށުން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަަހު ގައުމީ އަންހެން ޓީމުން މިހާރު ވަނީ ޕްރެކްޓިސް ކޮށްފަ އެވެ.

މީގެ 15 ވަރަަކަށް އަހަރު ކުރިން ޕްރޮފެޝަނަލް ކޯޗިން އަށް ނުކުތް ވިޗީޕޮންގެ ބެލުމުގެ ދަށުން ގައުމީ އަންހެން ވޮލީ ޓީމުން ތައްޔާރުވަމުން އަންނަ ފުރަތަމަ މުބާރާތަކީ އަންނަ މަހުގެ ފަހުކޮޅުގައި ނޭޕާލްގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވޮލީބޯލް ޗެލެންޖް ކަޕަށެވެ.

ޖުމްލަ އަށް ގައުމު ވާދަކުރާ ކާވާ ޗެލެންޖް ކަޕްގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ސްރީ ލަންކާ އަދި ކަޒަކްސްތާނާ އެކު ގްރޫޕް ބީގަ އެވެ. ފުރަތަމަ ގްރޫޕްގައި އޮތީ ނޭޕާލާއި ކިރްގިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ އެވެ.

ކާވާ ޗެލެންޖް ކަޕަށް މި ވަގުތު ގައުމީ އަންހެން ޓީމުން ޓްރެއިނިން ހަދަމުން އަންނަނީ މާފަންނު ސްޓޭޑިއަމް އައުޓްޑޯ ވޮލީ ކޯޓުގަޔާއި ޖިމް ޓްރެއިނިން އެވެ.

ގައުމީ އަންހެން ވޮލީ ޓީމުން ރޭ ބޭއްވި ޓްރެއިނިންގެ ތެރެއިން ކޯޗު ވިޗީޕޮން (ވ) ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ވަނީ އެންމެ ފަހުން މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕް، ވޮލީބޯޅަ މުބާރާތުގައި ސިންގަޕޫރާއި މެލޭޝިއާއާ ވާދަކޮށް، ރިހި މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް އިރުޝާދުދިނީ ކޯޗު، އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.

ތައިލެންޑާއި ވިއެޓްނާމްގައި ވޮލީބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ވިޗީޕޮން ވަނީ މަސައްކަތް ކުރި ކޮންމެ ޓީމެއްގައި ކަހަލަ ގޮތަކަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އެ ގޮތުން، ތައިލެންޑްގެ ޔޫތު ލެވަލުން ފަށައިގެން ޕްރޮފެޝަނަލް ލެވަލަށް ހުނަރުވެރި މޮޅެތި ކުޅުންތެރިން ގެންގޮސް ވިޗީޕޮންގެ އިރުޝާދާ އެކު އެ ކުޅުންތެރިން ކާމިޔާބު ހޯދާފައިވެ އެވެ. ޓީމެއް ރަނގަޅު ލެވަލަށް ބައްޓަން ކުރުމަށް، ފިޒިކަލް ޓްރެއިނިން ކުރިއަށް ގެންދިއުމުގެ ސެޓްފިކެޓް ހާސިލްކޮށް އޭގެއިން ނަތީޖާ ނެރެފައިވާ ކޯޗެއްގެ ގޮތުގައި ފާހަގަވާ ވިޗީޕޮން، ވަނީ އާސިއާން ސަރަހައްދުގައި ވޮލީގެ ރަނގަޅު މަސައްކަތްތަކެއް ކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

ގައުމީ އަންހެން ވޮލީ ޓީމަށް އިރުޝާދު ދީފައިވާ ކޯޗުންނަށް ބަލާއިރު، ނިޒާރުގެ ކުރިން ޓީމަށް އިރުޝާދުދިން ބައެއް ދިވެހި ކޯޗުންނަށް ބަލާއިރު، މުމްތާޒް އަލީ (މުންތޭ)، އަހުމަދު އަދީލް (ބޭބެ)، ފަތުހުﷲ ވަހީދު (ފައްްލޯ)، މުހައްމަދު ނަދީމް (ނަދީމްބެ) އަދި އިބްރާހިމް ޖަލީލް (ޖައްލަ) ހިމެނެ އެވެ.

ގައުމީ އަންހެން ވޮލީ ޓީމަށް އިރުޝާދުދިނުމުގައި ހަރަކާތްތެރިވި ބިދޭސީ ކޯޗުންނަށް ބަލާއިރު، ސާބިއާގެ ކޯޗު ކިޔަޗް ރަޑޯވަން ފާހަގަކޮށްލެވެ އެވެ. ކިޔަޗް އަކީ ގައުމީ ފިރިހެން ޓީމަށް އިރުޝާދުދިން ސާބިއާގެ މަތީ ފެންވަރުގެ ކޯޗު މިލޮރަޑް ކިޔާޗާ އެކު ގެނައި ޓްރެއިނަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox