ނަޕޯލީ އަތުން މޮޅުވެ މިލާން ސެމީގެ އުންމީދުގައި

Apr 13, 2023, 1:05 AM
ނަޕޯލީ ކޮޅަށް މިލާނުގެ ހަމައެކަނި ލަނޑު ޖެހި ބެނަސޭރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ނަޕޯލީ ކޮޅަށް މިލާނުގެ ހަމައެކަނި ލަނޑު ޖެހި ބެނަސޭރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ

މިލާން (އޭޕްރީލް 13) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނުން އަމިއްލަ ދަނޑުގައި 1-0 ނަޕޯލީ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދުގައި ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއާ އެކު، އަންނަ ހަފްތާގައި ނަޕޯލީ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް މިލާނަށް މުބާރާތުގެ ސެމީ ފައިނަލަށް ދެވޭނެ އެވެ. މިލާނުން ވަނީ މީގެ 10 ދުވަސް ކުރިން އިޓާލިއަން ލީގުގައި ނަޕޯލީ ދަނޑުގައި އެ ޓީމު އަތުން 4-0 އިން މޮޅުވެފަ އެވެ.

މިލާނުގެ ސަންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ނަޕޯލީން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި މިލާންގެ ގޯލުގައި ހުރި ފްރާންސްގެ ކީޕަރު މައިކް މައިންގްނޯން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެ ގޮތުން، ނަޕޯލީގެ ވިންގް، ކްވިޗާ ކްރަވަޝްކޭލިއާ އާއި ޕިއޮޓްރޭ ޒިއެލިންސްކީ އަދި އަންދްރޭ-ފްރޭންކް ޒަމްބޯ އަންގީސާ ފޮނުވާލި ޝޮޓްތައް ކީޕަރު މައިންގްނޯން ވަނީ ހުއްޓުވައިފަ އެވެ.

މިލާނުގެ ހެނާންޑޭޒް (ކ) އަށް ނަޕޯލީގެ އަންގީސާ ފައުލުކުރަނީ: މި މެޗުގައި އަންގީސާ އަށް ވަނީ ރަތް ކާޑެއް ދައްކާފައި.

މި މެޗުގައި މިލާނުން ޖެހި ހަމައެކަނި ގޯލު މެޗުގެ 40 ވަަަނަ މިނިޓްގައި ޖެހީ އަލްޖީރިއާގެ މިޑްފީލްޑަރު، އިސްމާއިލް ބެނަސޭރު އެވެ. މިއީ އަމިއްލަ ހާފުގެ ތެރެއިން މިލާނުގެ ހުނަރުވެރި މިޑްފީލްޑަރު، ބްރަހިމް ޑިއާޒް ހިފައިގެން ދިޔަ ބޯޅައެއްގައި ތަނަވަސްކުރި އެޓޭކެއްގައި އޭރިއާތެރެއިން ބެނަސޭރު، ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގައި ވެސް ނަޕޯލީގެ އެޓޭކްތަކެއް ފެނިގެންދިޔައިރު، އެ ޓީމުން މި މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، މެޗުގެ 74 ވަނަ މިނިޓްގައި ނަޕޯލީގެ އަންގީސާ އަށް ރަތް ކާޑު ދެއްކިއިރު، އޭނާ ދެ ރީނދޫ ކާޑު ހޯދީ ހަތަރު މިނިޓް ތެރޭގަ އެވެ.

މެޗަށް ފަހު މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޮތް ހަމައެކަނި ހިތްނުތަނަވަސްކަމަކީ ޖެހުނީ ހަމައެކަނި އެއް ގޯލު ކަމަށްވުން ކަމަށެވެ.

ނަޕޯލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނީ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅޭއިރު، ނަތީޖާ ނެރެވޭނީ މުޅި ޓީމު އެކުގައި އެއް އަމާޒަކަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox