ބެންޒެމާގެ ގޯލާ އެކު ފުރަތަމަ ލެގުގައި ރެއާލުން ޗެލްސީ ބަލިކޮށްފި

Apr 13, 2023, 1:03 AM
ލަނޑު ޖެހުމަށް ފަހު ރެއާލްގެ ބެންޒެމާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ބެންޒެމާ އުފާފާޅުކުރަނީ.

މެޑްރިޑް (އޭޕްރީލް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ކަރިމް ބެންޒެމާގެ ގޯލާ އެކު 2-0 އިން ރޭ ޗެލްސީ ބަލިކޮށްފި އެވެ.

ރެއާލް ދަނޑުގައި ޗެލްސީން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޗެލްސީގެ ފުލްބެކް، ބެން ޗިލްވެލް އަށް ވަނީ ކުރި ފައުލަކަށް ރަތް ކާޑު ދައްކައިފަ އެވެ.

މެޑްރިޑްގެ ސަންޓިއާގޯ ބާނަބާއުގައި ރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ޗެލްސީން ކައުންޓަ އެޓޭކުގައި ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެތުލެޓިކޯ މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ކުޅެމުން އަންނަ ޔާއޯ ފެލިކްސް ކައުންޓަ އެޓޭކުގައި ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ރެއާލް އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ ރެއާލް ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރެއާލުން ރޭ ލީޑުނެގީ 21 ވަނަ މިނިޓްގައި ބެންޒެމާ ވައްދާލި ގޯލުންނެވެ. މިއީ ޗެލްސީ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު ކެޕާ އަރިއްޒަބަަލާގާ އަތުގައި ޖެހިފައި އައި ވަގުތު ބެންޒެމާ ރީބައުންސް ބޯޅަ އަކުން ޖެހި ލަނޑެކެެވެ. މިއީ، އިނގިރޭސި ކްލަބްތައް ކޮޅަށް ޗެމްޕިއަންސް ލީގުގައި ބެންޒެމާ ޖެހި 20 ވަނަ ގޯލެވެ. ޗެމްޕިއަންސް ލީގުގައި ބެންޒެމާ މި ވަނީ ޖުމްލަ އެކު، 90 ގޯލު ހަމަކޮށްފަ އެވެ.

ރެއާލްގެ ވިނީޝިއުސް (މ) ޗެލްސީގެ ކީޕަރު ކެޕާ (ކ) ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ޗެލްސީ އަށް އެއްވަރުކޮށްދޭން ރަހީމް ސްޓާލިން ޖެހި ބޯޅަ ކީޕަރު ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 15 މިނިޓް ހިނގިތަނާ ރެއާލްގެ ރޮޑްރީގޯ ހުސްކޮށް އެރި ބޯޅައެއްގައި އޭނާ އަށް ފައުލުކުރުމުން ޗިލްވެލް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ރެއާލަށް ނަގައިދިނީ ބަދަލަކަށް ކުޅެން އެރިތާ ތިން މިނިޓް ތެރޭ ރެއާލްގެ ދެ ވަނަ ގޯލު ޖެހި މާކޯ އަސެންސިއޯ އެވެ. އޭރިއާ ރޮނގުކައިރިން އަސެންސިއޯ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ޗެލްސީ އަށް ގޯލެއް ޖަަހައިދޭން މޭސަން މައުންޓް ޖެހި ބޯޅަ ބްލޮކްކުރީ ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ. ރޫޑިގާ އަކީ ޗެލްސީ ދޫކޮށް މި ސީޒަނުގައި ރެއާލާ ގުޅުނު ކުޅުންތެރިއެކެވެ.

އަންނަ ހަފްތާގެ އަންގާރަ ދުވަހު ޗެލްސީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ރެއާލް އަތުން ތިން ގޯލުން މޮޅުވެގެން ނޫން ގޮތަކަށް ޗެލްސީ އަށް ސެމީ ފައިނަލަށް ނުދެވޭނެ އެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުންމީދުގައި މަސައްކަތް ކުރުން އޮތީ ޗެލްސީގެ އަތްމަތީގައި ކަމަށާއި އެ ވިސްނުމުގައި ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ފުރަތަމަ ލެގުން މޮޅުވިޔަސް، އެއީ ސެމީގެ ޖާގަ ޔަގީންވީ ކަމަށް ނުދެކޭ ކަމަށާއި ދެ ވަނަ ލެގުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ނަތީޖާއަކާ ހަމައަށް ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox