ރެއާލާ ކުޅޭއިރު ޗެލްސީގައި ލީޑަރުން ގިނަވާންޖެހޭ ކަމަށް ލަމްޕާޑް ބުނެފި

Apr 12, 2023, 11:21 AM
ރެއާލާ ކުޅޭއިރު ޗެލްސީގައި ލީޑަރުން ގިނަވާންޖެހޭ ކަމަށް ލަމްޕާޑް ބުނެފި

ލަންޑަން (އޭޕްރީލް 12) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ނުކުންނައިރު، ޗެލްސީގެ ޒުވާން ކުޅުންތެރިން ލީޑަރުންނަށް ވާންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޗެލްސީ ދަތުރުކުރި ނަމަވެސް، ލީގުގައި އެ ޓީމުގެ ފޯމު ދަށެވެ. އިނގިރޭސި ލީގު ތާވަލްގައި ޗެލްސީ މި ވަގުުތު އޮތީ 11 ވަނައިގަ އެވެ.

ޗެލްސީގެ ކޯޗުކަމުން ގްރޭހަމް ޕޮޓާ ވަކިކޮށް، ލަމްޕާޑް، މި ސީޒަންގެ ނިޔަލަށް ވަނީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ލަމްޕާޑް ބުނީ ޗެލްސީއާ އަލަށް ގުޅުނު ޒުވާން ކުޅުންތެރިން ލީޑަރުންނަށް ވާންޖެހޭ ކަމަށެވެ. އަދި އެކަން ދަނޑުމަތިން ފެންނަންޖެހޭ ކަމަށް ވެސް ލަމްޕާޑް ގަބޫލުކުރެ އެވެ.

"ވަރަށް ޒުވާން ކުޅުންތެރިންތަކެއް ޓީމާ ގުޅިއްޖެ. އެ ކުޅުންތެރިންނަށް ލީޑަރުންނަށް ވާން ވަގުތުކޮޅެއް ދޭންޖެހޭ،" ލަމްޕާޑް ބުންޏެވެ.

"މިސާލަކަށް އެންޒޯ ފެނާންޑޭޒް. އޭނާގެ ފަރާތުން އަހަންނަށް ލީޑަޝިޕް އެބަ ފެނޭ. އެކަމަކު އޭނާގެ އުމުރުން އެންމެ 22 އަހަރު. މި ކަހަލަ މެޗުތަކުން މި ކުޅުންތެރިންނަށް ދެއްކޭނެ އެމީހުންގެ ގައިގައި ހުރި ލީޑަޝިޕްގެ ހުނަރު،" ލަމްޕާޑް ބުންޏެވެ.

މިދިޔަ ސީޒަންގެ ސެމީ ފައިނަލުން ރެއާލް ޖާގަ ހޯދީ ކުއާޓާގައި ފައިނަލުގައި ޗެލްސީގެ މައްޗަށް ކުރި ހޯދައިގެނެވެ.

ލަމްޕާޑް ބުނީ ރެއާލްގެ ދަނޑުގައި ކުޅޭއިރު ރެއާލްގެ ފެންވަރު ދެނެގަންނަންޖެހޭ ކަމަށެވެ.

"ބައެއް ކަންތައްތަކަކީ އަހަރަމެންގެ ބާރު އޮތް ކަންތައްތަކެއް ނޫން. އަހަރެންގެ ބާރުގައި ހުރި ކަންތައްތަކަށް މަސައްކަތްކުރަންޖެހޭނީ. އެއް ކަމަކީ ރެއާލްގެ ފެންވަރު އެނގިގެން، މެޗަށް ތައްޔާރުުވުން،" ލަމްޕާޑް ބުންޏެވެ.

ޗެލްސީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox