ލިވަޕޫލުން ބެލިންހަމް އަށް ބިޑެއް ނުކުރާނެ

Apr 12, 2023, 7:04 AM
ލިވަޕޫލުން ބެލިންހަމް އަށް ބިޑެއް ނުކުރާނެ

ލަންޑަން (އޭޕްރީލް 12) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދާ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބިޑުނުކުރުމަށް ލިވަޕޫލުން ނިންމައިފި އެވެ.

ބެލިންހަމް، 19، ގެންދަން ލިވަޕޫލުން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ލިވަޕޫލުން ބެލިންހަމް ގެންދަން ބޭނުންވާ ނަމަ، ޓްރާންސްފާ ފީގެ ގޮތުގައި އެންމެ ކުޑަވެގެން 100 މިލިއަން ޕައުންޑް ހޭދަކުރަންޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.

މި ސީޒަނަށް ފަހު ލިވަޕޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފައިވާއިރު، ކުރިއަށް އޮތް ޓްރާންސްފާގައި އެއް ކުޅުންތެރިއަކަށް 100 މިލިއަން ޕައުންޑް (120 މިލިއަން ޑޮލަރު) ހޭދަކުރުމަކީ ކްލަބަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ލިވަޕޫލުން ގަބޫލެއް ނުކުރެއެވެ.

އެހެންކަމުން، މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބެލިންގްހަމް ގެންދަން ލިވަޕޫލުން ކުރަމުންދާ މަސައްކަތްތައް ވަނީ މަޑު ޖައްސާލައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ މީގެ ކުރިން ބެލިންހަމް އަށް ތައުރީފްކޮށް، އެ ކުޅުންތެރިޔާ އަށް ޝައުގުވެރިވާކަން ބުނެފަ އެވެ.

"އެހާ ޅަ އުމުރުގައި ވަރަށް ގިނަ ކަންތައްތައް އޭނާގެ ފަރާތުން ފެނޭ. އަދި ދަސްކުރަންޖެހޭ ކަންތައްތައް ވެސް އެބަހުރި. އެކަމަކު ބެލިންގްހަމް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" ކްލޮޕް ބުންޏެވެ.

ބާމިންހަމް ސިޓީން އުމުރުން 17 އަހަރުގައި 2020 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ބެލިންހަމް ވަނީ ޑޯޓްމަންޑަށް މި ސީޒަންގައި 37 މެޗު ކުޅެ، 10 ލަނޑު ޖަހައިފަ އެވެ.

ބެލިންހަމް ގަތުމުގެ ރޭހުގައި ދެން އޮތް ކްލަބްތަކުގެ ތެރެއިން ރެއާލް މެޑްރިޑުން ވެސް އޭނާ އަށް ބިޑް ކުރުމުގެ ރޭހުން ވަނީ ބޭރުވެފަ އެވެ. އެ ރޭހުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް އޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox