10 އަހަރަށްފަހު ރައީސަކު ގުޅިއަށް، ބަނދަރު ބޮޑުކުރުމާއި ބޯހިޔާވަހިކަމުގެ ވައުދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ގުޅީގައި: ވިދާޅުވީ އަންނަ އަހަރު އެ ރަށުގެ ބަނދަރު ބޮޑުކުރަން ފެށޭނެ ކަމަށް - ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ގުޅީގައި: ވިދާޅުވީ އަންނަ އަހަރު އެ ރަށުގެ ބަނދަރު ބޮޑުކުރަން ފެށޭނެ ކަމަށް - ފޮޓޯ: އެމްޑީޕީ

މިހާރު ކުރިއަށްދާ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުޅިއަށް ވަޑައިގެން އަންނަ އަހަރު އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ސާޒުގެ ކެމްޕޭނުގައި ވަޑައިގެން ގުޅީގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ރާއްޖޭގެ ރައީސަކު އެ ރަށަށް މިދިޔަ 10 އަހަރު ތެރޭގައި ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެމަނިކުފާނަށްވެސް ގުޅިއަށް ވަޑައިގެންނެވުން ލަސްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ގުޅީގައިހުރި ފެން ހުރީ ތަގައްޔަރުވެފައި، މިހާރު ގުޅީގައި ސާފު ފެން ލިބޭނެ، ރައްޔިތުން އެދުނުގޮތަށް މި ރަށުގެެ ފެނާ ނަރުދަމާގެ ނިޒާމް ނިމި ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ކްލާސްރޫމުތައްވެސް ނިމި އެ ދަނީ ބޭނުންކުރަމުން."

މި ސަރުކާރުން ގުޅީގެ ތަރައްގީއަށް ގެނެސްދިން ބޮޑެތި ބަދަލުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ގުޅިއަކީ، ކުރީގެ ސަރުކާރުތަކަށް 'ގެއްލިފާ' އޮތް ރަށެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ގުޅީގެ ރައްޔިތުން އެންމެ ބޭނުންވެފައި އޮތް ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިހާރު ފެށިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"ތިބޭފުޅުން ތިބޭނުންވާ ބިން މި ރަށަށް ލިބި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުވެސް އިރާދަކުރެއްވިއްޔާ މިތަނުން ފެނިގެންދާނެ... ކުރިއަށް އޮތް ރިޔާސީ ދައުރުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސަައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. ތިބޭފުޅުންނަށް ވައުދުވަން އަންނަ އަހަރުގެ ބަޖެޓުގައި މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިމަނާނަން،" ރައީސް ވިދާޅުވި އެވެ.

އެއަށްފަހު ރައީސް ވަނީ ދާއިރާތައް ތަރައްގީކުރުމުގައި ރައްޔިތުން މަޖިލީހުގެ މެންބަރަކީ ސަރުކާރަށް ތާއީދުކުރާ ސަރުކާރާއެކު މަސައްކަތް ކުރާ ފަރާތަކަށް ވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް، ތަފާތު ހިޔާލެއްގެ މެންބަރަކު ހުރުމުން މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުން ބާކީ ނުވާނެކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ބޭސްކުރައްވަމުން ގެންދަވަނިކޮށެވެ. މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox