މިނިސްޓްރީން ދޭ މާލީ އެހީ ހުރިހާ ކްލަަބަކަށް ހަމަހަމަވާންޖެހޭ: ގްރީން ސްޓްރީޓްސް

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ކްލަބް ގްރީން ސްޓްރީޓްސް ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ކްލަބް ގްރީން ސްޓްރީޓްސް ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޔޫތު މިނިސްޓްރީން ދޭ މާލީ އެހީ ހުރިހާ ކްލަބަކަށް ހަމަހަމަވާން ޖެހޭ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އިން ރޭ ބަޔާނެއް ނެރެފި އެވެ.

ގްރީން ސްޓްރީޓްސް އިން މި ބަޔާން ނެރުނީ ޔޫތު މިނިސްޓްރީން ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ދިން މާލީ އެހީތެރިކަމުގެ ތެރެއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް އިތުރަށް ފައިސާ ދީފައިވާ ކަމަށް ބުނެ، އެ ކަމަށް ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.

ރާއްޖޭގެ ޗެމްޕިއަނުންގެ ގޮތުގައި ސަރަަހައްދީ ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގައި ގައުމު ތަމްސީލްކުރާ މާޒިޔާ އަށް އިތުރަށް ފައިސާ ދީފައި ވަނީ ޔޫތު މިނިސްޓްރީން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ޓީމަށް ދޭ އެހީތެރިކަމުގެ ގޮތުގަ އެވެ. މީގެ ކުރިން އެ ގޮތަށް 2020 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ދީފަ އެވެ.

މާލީ ނުތަނަވަސްކަމެއްގެ ތެރޭގައި މި ވަގުތު އޮތް ކްލަބް ގްރީން ސްޓްރީޓްސް އަކީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ޕްރެކްޓިސް ވެސް ނުފެށި އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. މާލީ ކަންކަމާއި ޓީމު ހިންގުމުގެ އެހެނިހެން މައްސަލަތަކަށް ހައްލެއް ނުލިބި އޮތުމުން ޕްރެކްޓިސް ނުފެށޭތީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މިއަދު ފަށާ ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެ އެވެ.

ގްރީން ސްޓްރީޓްސް އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުރަތަމަ ޑިވިޝަން ކޮންމެ ކްލަބަކަށް ސަރުކާރުން ދިން މާލީ އެހީތެރިކަމަށްވާ 247،500 ރުފިޔާގެ އިތުރުން މާޒިޔާ އަށް އެއް މިިލިއަން ރުފިޔާ ދީފައި އޮތުން ބަލައިނުގަނެވޭ ކަމަށެވެ.

"މި ގޮތަށް ހަމަހަަމަ ނޫން ގޮތަކަށް ފަންޑް ދިނުން ބަލައެއް ނުގަނެވޭ. މީގެ އިން ނުކުންނަ ނަތީޖާ އަކީ އެއް ކްލަބަށް މާބޮޑަށް ރަނގަޅަށް ކަންކަން ފަހިކޮށްދިނުމުން އެހެން ކްލަބްތައް ކުރާ މަސައްކަތް ހީނަރުވާކަން. މިނިސްޓްރީގެ މެންޑޭޓަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުން، އެކަމަކު، މި ފަދަ ގޮތަކަށް ކަންތައް ކުރުމަކީ ފުޓްބޯޅައިގެ ކުރިއެރުމަށް ވެސް ހުރަހެއް،" ގްރީން ސްޓްރީޓްސްގެ ބަޔާނުގައިވެ އެވެ.

ގްރީން ސްޓްރީޓްސް އިން ނެރެފައިވާ ބަޔާން

ގްރީން ސްޓްރީޓްސް އިން ވަނީ މިނިސްޓްރީގެ މި އަމަލު ކުށްވެރިކުރާ ކަމަށް ބުނެ، މިކަން ރިވިއު ކުރުމަށް ފަހު ވީ އެންމެ އަވަަހަށް އިންސާފުވެރި ފިޔަވަޅެއް މިކަމުގައި އެޅުމަށް ގޮވާލައިފަ އެވެ.

"މިނިސްޓްރީން މި ފަދަ ކަންކަމުގައި ދެފުށްފެންނަ އުސޫލެއްގެ ތެރެއިން ކަންކަން ކޮށް، ހުރިހާ ޓީމަކަށް ހަމަަހަމަވާނެ ގޮތަށް ކުރިއަށް އޮތްތަނުގައި ވެސް އަމަލުކުރާނެ ކަމަށް އުންމީދުކުރަން،" ގްރީން ސްޓްރީޓްސް އިން ބުނެފައިވެ އެވެ.

ގްރީން ސްޓްރީޓްސް އިން ބުނީ މިކަމުގައި އެ ކްލަބާ ބައިވެރިވެ، ޝުއޫރުފާޅުކުރާ އެހެން ޓީމުތަކާ އެކުގައި ތިބި ކަމަށެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ އިސް ހިންގުންތެރިޔާ، އަދި ކުރީގެ ސްޕޯޓްސް މިިނިސްޓަރު، އަހުމަދު ނަޝީދު (ޑޭވް) ވަނީ މިނިސްޓްރީން މި ގޮތަށް އެއް ކްލަބަށް އިތުރަށް ފައިސާ ދީފައި އޮތް އޮތުން ކުށްވެރިކޮށް މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox