ބީބީސީގެ ޓްވިޓާ ލޭބަލްއާ މެދު ޝަކުވާކޮށްފި

ބީބީސީގެ ޓްވިޓާ ލޭބަލް ފެންނަ ސްކްރީންޝޮޓެއް.

ބީބީސީގެ ޓްވިޓާ ލޭބަލް ފެންނަ ސްކްރީންޝޮޓެއް.

ބީބީސީއަކީ "ސަރުކާރުން ފަންޑުކުރާ މީޑިއާއެއް" ކަމަށް ޓްވިޓާގެ މައި އެކައުންޓުގައި ލޭބަލް ކުރުމުން، އެ ކުންފުނިން ޓްވިޓާއަށް ޝަކުވާ ހުށަހަޅައިފި އެވެ.

ބީބީސީއިން އެދިފައި ވަނީ އެކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް ދިނުމަށެވެ. ބީބީސީއިން ބުނީ އެއީ "އަބަދުވެސް މިނިވަން ކުންފުންޏެއް" ކަމަށެވެ.

"އަޅުގަނޑުމެންނަށް ފަންޑު ކުރަނީ އަޅުގަނޑުމެންގެ ލައިސެންސް ފީ މެދުވެރިކޮށް އިނގިރޭސި އާއްމުން،" ބީބީސީއިން ބުންޏެވެ.

އެކަމާ ގުޅިގެން ޓްވިޓާގެ ވެރިޔާ ބިލިއަނަރު އެލޮން މަސްކް އިޝާރާތް ކުރީ ޓްވިޓާ ލޭބަލްއަށް އިތުރު ތަފްސީލް ހިމެނުމުގެ ވިސްނުމަށެވެ.

އެގޮތުން ފަންޑުކުރާ ސީދާ ފަރާތްތައް އެނގޭނެ ގޮތަށް ލޭބަލް ހަދަން ވިސްނަމުންދާ ކަމަށް މަސްކް އިޝާރާތް ކުރި އެވެ. އެކަމަކު އެއީ ހުރިހާ ނޫސްތަކާ މެދު އަމަލުކުރާނެ އުސޫލު ކަމެއް ސާފެއް ނޫނެވެ.

މަސްކް ބީބީސީއަށް ފޮނުވި އީމެއިލެއްގައި ބުނީ ޓްވިޓާގެ އަމާޒަކީ ހަގީގަތާއި ދެފުށްފެންނަ ފުރިހަމަ އުސޫލެއް ތަންފީޒު ކުރުން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މީޑިއާ ކުންފުނިތަކުން އަމިއްލަ ކުންފުންޏާ މެދު ވިސްނައި، ހަގީގަތެއް ނެތް ގޮތުގައި ވަކި އަތަކަށް ނުޖެހޭ ކަމަށް ބުނުން ހުއްޓާލަން ޖެހޭ."

"ހުރިހާ ކުންފުންޏެއްގައި ވެސް ވަކި އަތަކަށް ވިސްނުން ހުންނާނެ. ބައެއް ކުންފުނިތަކުގައި އެގޮތް ބޮޑު. އަޅުގަނޑު ޓްވިޓާގައި ބީބީސީ ފޮލޯކުރަނީ، އެއީ ވަކިއަތަކަށް ޖެހުން އެންމެ ކުޑަ އެއް ނޫސް ކަމަށް ފެންނާތީ."

އިނގިރޭސިވިލާތުގައި ލައިސެންސް ފީގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަން ޖެހެނީ 197 ޑޮލަރެވެ. އެއީ އިނގިރޭސި ގާނޫނުގެ ދަށުން ޓީވީ ބްރޯޑްކާސްޓާއި ލައިވް ސްޓްރީމް ބެލުމަށް ކަނޑައެޅި ފީއެކެވެ. އެކަން ހަމަޖެއްސީ އިނގިރޭސި ސަރުކާރުން ނަމަވެސް، ފީ ދައްކަނީ ވަކިވަކި ގޭބިސީތަކުގެ އަމިއްލަ ފަރުދުންނެވެ.

އިނގިރޭސިވިލާތުގެ ގައުމީ ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން ބީބީސީ އޮޕަރޭޓްކުރަނީ ސަރުކާރާ އެކު އެއްބަސްވެފައިވާ "ރޯޔަލް ޗާޓަރު"ގެ ދަށުންނެވެ. އޭގައި ބުނަނީ ބީބީސީއަކީ "މިނިވަން" ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ޓްވިޓާއިން ވަނީ އެމެރިކާގެ ޕަބްލިކް ބްރޯކާސްޓަރު އެންޕީއާރްގެ ޓްވިޓާ އެކައުންޓުގައި ވެސް ސަރުކާރުން ފަންޑުކުރާ ކަމަށް ލޭބަލްކޮށްފަ އެވެ. އެންޕީއާރުން ބުނީ އެ ލޭބަލް ބަދަލުނުކުރާ ނަމަ، އެ އެކައުންޓު ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ.

ލައިސެންސް ފީ މެދުވެރިކޮށް 2022 ވަނަ އަހަރު ބީބީސީއަށް 4.7 ބިލިއަން ޑޮލަރު ލިބުނެވެ، އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 71 ޕަސެންޓެވެ. ބާކީ ފައިސާ ހޯދީ އިޝްތިހާތާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްތަކުންނެވެ.

އޭގެ އިތުރުން ބީބީސީގެ ބައިނަލްއަގްވާމީ މަސައްކަތްތައް ކުރާ ބީބީސީ ވޯލްޑް ސާވިސްއަށް ކޮންމެ އަހަރަކު ވެސް އިނގިރޭސި ސަރުކާރުން 90 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް ފޯރުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox