ޑި ލިޓްގެ މޮޅު ގޯލުން ބަޔާން އެއް ވަނަ ދަމަހައްޓައިފި

Apr 9, 2023, 1:16 AM
ބަޔާންގެ ޑި ލިޓް ގޯލު ޖެހުމަށް ފަހު އެ ޓީމުގެ މުސިއާލާއާ އެކު.

ބަޔާންގެ ޑި ލިޓް ގޯލު ޖެހުމަށް ފަހު އެ ޓީމުގެ މުސިއާލާއާ އެކު.

މިއުނިކް (އޭޕްރީލް 9) - ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖެހި މޮޅު ގޯލުން ރޭ 1-0 އިން ފްރެއިބާގް ބަލިކޮށް ޖަރުމަނު ލީގުގެ އެއް ވަނަ މަގާމު ބަޔާން މިއުނިކުން ދަމަހައްޓައިފި އެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 27 މެޗުން 58 ޕޮއިންޓާ އެކު އެވެ. ލީގުގައި ރޭ، ޔޫނިއަން ބާލިން އަތުން 2-1 އިން މޮޅުވި، ބޮރޫޝިއާ ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް 27 މެޗުން ވަނީ 51 ޕޮއިންޓް ލިބިފަ އެވެ.

ފްރައިބާގް ދަނޑުގައި ރޭ ކުޅުނު މެޗުގައި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ސަޑިއޯ މާނޭ ވަނީ ފުރަތަމަ ފަހަރަށް ބަޔާން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ޖަރުމަނު ކަޕުން ބަޔާން ކަޓުވާލި ފްރައިބާގަށް ރޭ ގޯލު ޖަހައިދޭން ރިޓްސޫ ޑޯއާން ޖެހި ބޯޅަ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ރޯލާންޑް ސަލާއި ޖެހި ބޯޅަ ބަޔާންގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ބަޔާނުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 50 ވަނަ މިނިޓްގައި ޑި ލިޓް އެވެ. ބަޔާންގެ ޖަމާލް މުސިއާލާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާބޭރުން ޑި ލިޓް ޖެހި ބާރު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ގޯލުގައި ހުރި ފްރައިބާގްގެ ކީޕަރު، މާކް ފްލެކެން އަށް އެ ބޯޅަ ހުއްޓުވަން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ޑޯޓްމަންޑަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ޑޮންޔެލް މާލެން އެވެ. ކެވިން ބޭރެންސް ވަނީ ގޯލެއް ޖަހައިދީ ޔޫނިއަން ބާލިން އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ބަދަލަކަށް ކުޅެން އަރައި، 18 އަހަރުގެ ޔޫސެފާ މުކޯކޯ ވަނީ ޑޯޓްމަންޑް މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ.

ޖަރުމަނު ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ބަޔާ ލެވަކޫސަނުން ވަނީ 3-1 އިން ފްރޭންކްފާޓް ބަލިކޮށްފަ އެވެ. ހާތާ ބާލިން ދަނޑުގައި އާރްބީ ލައިޕްޒިގު ވަނީ 1-0 އިން ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox