ނިއު ރޭޑިއަންޓްގެ ހުށަހެޅުމެއް އޮއްވައި ދަގަނޑޭ ސަސް ޕްރެކްޓިހަށް

ރޭ ބޭއްވި ސަސްގެ ފަރިތަކުރުންތަކުގެ ތެރެއިން ދަގަނޑޭ ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝައްމޫން/ ވަން އޮންލައިން

ރޭ ބޭއްވި ސަސްގެ ފަރިތަކުރުންތަކުގެ ތެރެއިން ދަގަނޑޭ ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝައްމޫން/ ވަން އޮންލައިން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅެން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަށް އޮފާއެއް ހުށަހަޅާފައި އޮތް ނަމަވެސް ކުރިއަށް އޮތް ސީޒަނަށް ފުރަތަމަ ޑިވިޝަންގެ ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުރާ ފަތިތަކުރުންތަކަށް ދަގަނޑޭ ނުކުމެއްޖެ އެވެ.

ފުރަތަމަ ޑިވިޝަނުގައި ދަގަނޑޭ، 37، މިދިޔަ ސީޒަނުގައި ކުޅުނު ކްލަބް ވެލެންސިއާގައި އޭނާގެ ކޮންޓްރެކްޓް އޮތް ނަމަވެސް، "އަދަދު" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން ސަސް އަށް ދަގަނޑޭގެ ޓްރާންސްފާ ކަންކަން އަންނަނީ ހިނގަމުންނެވެ. އަދި ސަސް އަށް ދަގަނޑޭ އަށް ބަދަލުވެވޭނެ ކަމުގެ އިތުބާރު ބޮޑުވުމާ އެކު، އޭނާ ވަނީ ސަސްގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.

މިހާރު އޮތްގޮތުން، އާދިއްތަ ދުވަހުގެރޭ ފަށާ މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި ސަސް އިން ދަގަނޑޭ ފެނުމުގެ ފުރުސަތު ބޮޑެވެ. ދަގަނޑޭ އަކީ ސަސްގެ ހިންގުމުގައި ވެސް އިސް ބައިވެރިއެކެވެ.

އެންމެ ފަހުން، ދަގަނޑޭ، ފުރަަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ވެލެންސިއާ އިން ކުޅުނު ޓީމުގައި ހިމެނިގެންނެވެ. އެ ފަހުން، އަނިޔާގައި ހުރުމަށް ފަހު އެނބުރި އައިސް، އެކި ރެކްރިއޭޝަން ލެވަލްގެ މުބާރާތްތަކުގައި ކުޅެފައިވެ އެެވެ.

އަނިޔާގެ މައްސަލަ އަށް ހައްލެއް ލިބި، ފިޓްނަސް ރަނގަޅުވަމުން އައުމާ އެކު، ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ތިން މެޗުގެ ސްކޮޑުގައި ވެސް ހިމެނި، މެޗުތަކުގައި ދަގަނޑޭ ވަނީ ކުޅެފަ އެވެ.

ދަގަނޑޭ އަށް ނިއުގެ އޮފާއެއް!

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ނިއުގެ ޖޯޒީން ދަގަނޑޭ އަލުން ފެނުމަށް އެދި އެ ޓީމުން އަންނަނީ އެ ކްލަބްގެ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ދަގަނޑޭ، ނިއު އަށް އަލުން ގެންދަން، ދާދި ފަހުން އޭނާއާ ނިއުގެ މެނޭޖްމަންޓްގައި ބޭއްވި ބައްދަލުވުމުގައި ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެ ކަމަށް އޮތީ ވަކިގޮތެއް ނުނިމި އެެވެ. ދަގަނޑޭ، މިހާރު ބައިވެރިވަނީ ސަސްގެ ޕްރެކްޓިހުގަ އެވެ.

ދަގަނޑޭ ވަނީ ފުޓްބޯޅަ ކެރިއަރުގައި ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.

ނިއު އާއި ދަގަނޑޭ، ބޭއްވި ބައްދަލުވުމުގައި، ދެން، މަޝްވަރާ ކުރެވިފައިވަނީ، ނިއު އިން ދަގަނޑޭ އަށް ދޭން ޖެހޭ ފައިސާ އެ ކްލަބުން އޭނާ އަށް އަނބުރާ އަދާކުރާނެ ގޮތަކާއި މުއްދަތަކާ ގުޅޭގޮތުންނެވެ.

ކުރިން ނިއު އަށް ކުޅުނު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި އެފްއޭއެމް އިން ނިއު އަށް ދީފައިވާ ސަސްޕެންޝަނުން ސަލާމަތްވެ، އެ ޓީމުން މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅެފައިވެ އެވެ.

ނިއު އަށް މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅެވުނީ، އެ ކްލަބުން ދިވެހި ކުޅުންތެރިންނަށް ދޭން އޮތް މުސާރަ އަނބުރާ ދޭނެ ގޮތުގެ އެއްބަސްވުމެއް އެ ކުޅުންތެރިންނާ އެކު ގާއިމްކުރުމަަށް ފަހު އެވެ.

އެ ގޮތުން، ގިނަ ކުޅުންތެރިން ވަނީ "ކްލަބަށް ހެޔޮއެދޭތީ" ނިއު އިން ދޭން ޖެހޭ މުސާރަ އިން ބައެއް އުނިކުރަން ވެސް އެއްބަސްވެފަ އެވެ. އެކަމަކު، މިހާތަނަށް ނިއު އިން އެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑުބައި އޮތީ ނުދީކަން އެނގިފައިވެ އެވެ.

ނިއު އިން މި ފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނައިރު، ކުރިން އެއްބަސްވި ގޮތަށް ނިއު އިން މުސާރަ އަށް ވާ ފައިސާ ނުދީ ތިބި ކުޅުންތެރިން އަންނަނީ އެ ކްލަބްގެ މެނޭޖްމަންޓްގެ ޖަވާބެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި އަލުން އެފްއޭއެމަށް ސިޓީ ހުށަހަޅައިގެން ކުރިއަށްދާން ވެސް ބައެއް ކުޅުންތެރިން އަންނަނީ މަސައްކަތް ކުރަމުންނެެވެ.

މި ސީޒަނަށް ނިއު އިން ވަނީ އަހުމަދު ނިމާދު (ނިމާ) ކޯޗަކަށް ގެނެސް، އެސިސްޓަންޓް ކޯޗަކަށް ފަރުހާދު އިސްމާއިލް (ފަރޭ) ހަމަޖައްސައިފަ އެވެ. ނިއު އިން ސޮއިކުރި ކުޅުންތެރިންނަށް ބަލާއިރު، ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅުނު، ޔަސްފާދު ހަބީބު (މުލަކޭ)، އިޝާން އިބްރާހިމް (ސައްޓު)، ފުޓްސަލް ތަރި، އަޔާޒް އަހުމަަދު (އަޔާ)، ގައުމީ ޓީމުގެ ކުރީގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް)، ދެ ވަނަ ޑިވިޝަންގައި ވެލެންސިއާ އަށް ކުރިން ކުޅެފައިވާ އިސްމާއިލް ވިފާގު (އިއްސެ) އަދި ތިމަރަފުށީ ޓީމުގެ ޑިފެންޑަރު، އަޝްފާގު އަހުމަދު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox