ރައީސަށް ތާއީދުކުރަން ނިންމީ ގައުމަށް އިގުތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ބޭނުންވާތީ :އަލީ ހަމީދު

މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު : ވިދާޅުވީ ރައީސަށް ތާއީދުކުރަން ނިންމެވީ ގައުމަށް އިގުތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ބޭނުންވާތީ ކަމަށް - ފޮޓޯ: މިރާން ނާޝިމް / އަދަދު

މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު : ވިދާޅުވީ ރައީސަށް ތާއީދުކުރަން ނިންމެވީ ގައުމަށް އިގުތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ބޭނުންވާތީ ކަމަށް - ފޮޓޯ: މިރާން ނާޝިމް / އަދަދު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމީ ގައުމަށް އިޖުތިމާއި އަދި އިގުތިސާދީ ހަމަޖެހުން ބޭނުންވާތީ ކަމަށް ޖޭޕީ ދޫކުރައްވާ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެން މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވެއްޖެ އެވެ.

އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު "އަދަދު" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަލީ ހަމީދު ވިދާޅުވީ، ރާއްޖެއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ ހަމަޖެހުން ގެއްލުން ކަމަށާއި ގައުމުގެ ހަމަޖެހުމަށްވުރެ ބޮޑު މަސްލަހަތެެއް އޮވެގެންނުވާނެ ކަމަށެވެ.

"އިޖުތިމާއީ ހަމަޖެހުމާއި އަދި އިގުތިސޯދީ ހަމަޖެހުމަކީ ގައުމު ހިންގުމާއި ގައުމުގެ މުސްތަގުބަލަށްޓަކާ ކޮންމެހެން ލާޒިމު ކަމެއް. މިދެންނެވި ފަދަ ހަމަޖެހުމެއް ރައްޔިތުންނާ ހަމައަށް ގެނެވުނު ހަމައެކަނި ވެރިޔަކީ ރައީސް ސޯލިހު،" އަލީ ހަމީދު ވިދާޅުވި އެވެ.

Advertisement

އެގޮތުން، ގާނޫނާ ހިލާފަށް އެއްވެސް ބަޔަކު ބަންދުކޮށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބައެއްގެ މުދަލަށް މި ސަރުކާރުން ގެއްލުންދީ އަތުލި މަންޒަރު ފެނިފައިނުވާކަން ހަމީދު ވިދާޅުވި އެވެ. އަދި، މި ވެރިކަމުގައި ރާއްޖެއަށް ރައީސް ސޯލިހު ގެންނެވި އިޖުތިމާއި އަދި އިގުތިސާދީ ހަމަޖެހުމަށް އެކަނި ބެލި ނަމަވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުން ލާޒިމް ކަމަށް ވެސް އަލީ ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، އަލީ ހަމީދު ވިދާޅުވީ މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ޕްރޮޖެކްޓުތަކަކީ ވެސް އެހެން ސަރުކާރުތަކާ އަޅާނުކިޔޭ ވަރުގެ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 67 އަށް އެރީ އެވެ. އެންމެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ، މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

ގާސިމް ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން ނިންމެވުމާއެކު އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ), ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ)، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޖޭޕީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ގާސިމަށް ތާއިދު ކުރެއްވުމުގެ ބަދަލުގައި، ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox