ހާލަތު ގޯހުން ގޯހަށް ދާތީ ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފި

Apr 2, 2023, 7:20 PM
ހާލަތު ގޯހުން ގޯހަށް ދާތީ ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފި

ލަންޑަން (އޭޕްރީލް 3) - ޗެލްސީ ހާލަތު ގޯހުން ގޯހަށް ދާތީ އެ ޓީމުގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކުރަން އެ ކްލަބުން ނިންމައިފި އެވެ.

ޗެލްސީން ޕޮޓާ ވަކިކުރަން ނިންމިއިރު، ލީގުގައި އެ ޓީމު ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، ވަނީ 11 ވަނަ އަށް ވެއްޓިފަ އެވެ.

ޕޮޓާ އަކީ މި ސީޒަނުގައި ޗެލްސީން ވަކިކުރި ދެ ވަނަ ކޯޗެވެ. ޗެލްސީގެ ކޯޗަކަށް ޕޮޓާ ގެނައީ މިދިޔަ ސެޕްޓެމްބަރު މަހު ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމަށް ފަހު އެވެ. ޓުޗެލް ވަނީ ދާދި ފަހުން، ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ޕޮޓާ އަށް ޗެލްސީގެ ކޯޗުގެ މަގާމުގައި ހުރެވުނީ ހަތް ވަރަކަށް މަސް ދުވަހު އެވެ.

މި ސީޒަން ފެށިއިރު، ބްރައިޓަންގެ ކޯޗަކަށް ހުރި ޕޮޓާ ގެންނަން ނިންމީ ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ އެވެ. ބޯލީ ޗެލްސީ ހިންގަން ހަވާލުވިތާ 100 ވަނަ ދުވަހު ޕޮޓާ، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހު އަށް ވަނަ ދުވަހު ޗެލްސީގެ ކޯޗަކަށް ގެނައި ޕޮޓާ، އަހަރެއް ވެސް ނުވަނިސް މަގާމުން ދުރުކުރަން ޖެހުނީ ޓީމުގެ ނަތީޖާތަށް ވަރަށް ބޮޑަށް ގޯސްވެ، ކްލަބްގެ ސަޕޯޓަރުންގެ ޕްރެޝަރު ވެސް ބޮޑުވެފައިވާތީ އެވެ.

ޕޮޓާގެ ކޯޗުކަމުގައި ޗެލްސީން ނުކުމެފައިވަނީ 31 މެޗަށެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވިއިރު، 11 މެޗުން ބަލިވީ އެވެ. އަދި އަށް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މީގެ ތެރެއިން ޕްރިމިއާ ލީގުގައި ޕޮޓާ، ޗެލްސީ ގޮވައިގެން ނުކުތް 22 މެޗުގެ ތެރެއިން މޮޅުވީ ހަތް މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox