އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ބުރުގާ ނާޅަން އެންގި މައްސަލަ ކޯޓަށް

އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުންދާ އިމާރާތް؛ އެ ސްކޫލުގެ ދަރިވަރުން މޫނު ބުރުގާ ނާޅަން އެންގި މައްސަލަ ވަނީ ހޫނު ވެފައި -- ފޮޓޯ: ޝާބިން/ އަދަދު

އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުންދާ އިމާރާތް؛ އެ ސްކޫލުގެ ދަރިވަރުން މޫނު ބުރުގާ ނާޅަން އެންގި މައްސަލަ ވަނީ ހޫނު ވެފައި -- ފޮޓޯ: ޝާބިން/ އަދަދު

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ސްކޫލަށް ދާއިރު މޫނު ބުރުގާ ނޭޅުމަށް އެންގި މައްސަލަ ހޫނުވެ، ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ކުދިންގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލާގައި ބެލެނިވެރިން ތަމްސީލު ކުރަނީ ރެހެންދި ޗެމްބާސް ލޯ ފާމުންނެވެ. އެ ލޯ ފާމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޯޓަށް މައްސަލަ ހުށަހެޅީ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ އިތުރުން ރާއްޖެ ބައިވެރިވެ، ބަލައިގެންފައިވާ މުއާހަދާތަކުގެ ދަށުން ކަމަށެވެ.

މި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން މޫނު ބުރުގާ އަޅާ ކުދިންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް ސިވިލް ކޯޓުގައި ވަނީ އެދިފަ އެވެ.

އެ ބަޔާނުގައި ބުނީ، އަރަބިއްޔާ ސްކޫލުގެ އަންހެން ދަރިވަރިންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން މުޖުތަމައަށް ނިކުންނަށް ބޭނުންވާ ދަރިވަރުން މީގެ ކުރިން ސްކޫލަށް ދިޔައީ ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް، މޫނު ބުރުގާ އަޅައިގެން ކުދިންނަށް ސްކޫލަށް ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބެލެނިވެރިންނަށް އަންގާފައިވާ ކަމަށެވެ.

"ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދާއި އަދި ސްކޫލްގެ ޔުނިފޯމް ކޯޑުގެ ތެރެއިން މިކުދިން ސްކޫލަށް ދިޔުމުގެ ހައްގުން މަހުރޫމް ކުރުވަމުންދާ މައްސަލަ، ފައިސަލާ ކުރިވަނިވި ހުކުމެއް ހޯދުމަށްޓަކައި މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ." އެ ބަޔާނުގައި ބުނެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، މޫނު ބުރުގާ އަޅާ ކުދިންނާމެދު ތަފާތުކޮށް ކަން ކުރާތީ، އެ ކުފިން ތައުލީމާ ދުރުވެ، ކިޔެވުމަށާއި ނަފްސާނީ ދުޅާހެޔޮ ކަމަށް ބުރޫ އަރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ވެސް މައްސަލާގައި ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox