އދ. ގެ ސަލާމަތީ މަޖިލީހުގެ ރައީސްކަން ރަޝިއާއަށް

ޔޫކްރެއިންގެ މަރިޔުޕޯލް ސިޓީގައި ރަޝިއާގެ ޓޭންކެއް. -- ފޮޓޯ: ރޮއިޓާޒް

ޔޫކްރެއިންގެ މަރިޔުޕޯލް ސިޓީގައި ރަޝިއާގެ ޓޭންކެއް. -- ފޮޓޯ: ރޮއިޓާޒް

އދ. ގެ ސަލާމަތީ މަޖިލީހުގެ ރައީސްކަން ރަޝިއާއަށް ލިބުމުން ޔޫކްރެއިނުން ނުރުހުން ފާޅުކޮށްފި އެވެ.

ސަލާމަތީ މަޖިލީހުގައި ތިބެނީ 15 މެމްބަރު ގައުމެވެ. ކޮންމެ ގައުމަކުން ވެސް ދިމާވާ ތަރުތީބުން އެއް މަސް ވަންދެން ކައުންސުލްގެ ރިޔާސަތު ބަލަހައްޓަން ޖެހެ އެވެ.

އެންމެ ފަހުން ރަޝިއާއިން އެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓީ ފެބްރުއަރީ 2022 ގަ އެވެ. ޔޫކްރެއިނަށޤ ރަޝިއާ ސިފައިން އަރައި ހަނގުރާމަ ފެށީ ވެސް އޭރު އެވެ.

ރަޝިއާއަށް ސަލާމަތީ މަޖިލީހުގެ ރައީސްކަން ނުލިބޭނެ ގޮތް ހެދުމަށް ޔޫކްރެއިނުން ދިޔައީ މެމްބަރު ގައުމުތަކަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

އެކަމަކު އެމެރިކާއިން ބުނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރަޝިއާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަަރެކެވެ. ދެން ހިމެނޭ ދާއިމީ މެމްބަރުންނަކީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޗައިނާ އެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ ވިދާޅުވީ ބައިނަލްއަގްވާމީ ސެކިއުރިޓީއާ ގުޅޭ ކަންކަން ކުރިއަށް ދާ ގޮތުގައި ހުރި މައްސަލަތައް މިކަމުން ފާހަގަވާ ކަމަށެވެ.

މިދިޔަ އަހަރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގޮވާލެއްވީ ސަލާމަތީ މަޖިލިސް އަލުން އުފެއްދުމަށް ނުވަތަ އުވާލުމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ ބައިނަލްއަގްވާމީ ސުލްހަ ދެމެހެއްޓުމުގެ ޒިންމާ އަދާކުރާ ތަނެކެވެ. އެ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންނާ އެކު ވަގުތީ 10 މެމްބަރުން މަސައްކަތް ކުރެ އެވެ.

ދާއިމީ މެމްބަރުންނަށް ގަރާރުތައް ވީޓޯ ކުރުމުގެ ބާރު ލިބެ އެވެ. ގަރާރެއް ފާސްވާނީ ނުވަ މެމްބަރުންގެ ވޯޓު ލިބި، ދާއިމީ އެއްވެސް މެމްބަރަކު ދެކޮޅަށް ވޯޓު ނުދޭ ހާލަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox