ވާގޮތް: ކަންކަމަށް ނޫނެކޭ ބުނާނީ ކިހިނެއް؟

ވާގޮތް: ކަންކަމަށް ނޫނެކޭ ބުނާނީ ކިހިނެއް؟

ކަމެއް ކުރުމަށް ވުރެން އެކަމެއް ނުކުރަން މާ އަވަސް ވާނެ އެވެ. ކޮފީއަކަށް ދިޔުމަށް ވުރެ އަވަސް ވާނީ ކޮފީއަކަށް ނުދިޔުމެވެ. ކިޔާލުމުން މިއީ މަޖާ އިބާރާތްތަކަކަށް ވެދާނެ އެވެ. ނަމަވެސް އަހަރުމެން ކޮންމެ މީހަކީ ވެސް ދިރުއުޅުމުގައި ހާސިލްކުރަން ބޭނުންވާ ހުވަފެންތަކެއް ހުރި ބައެއްކަން ކަށަވަރެވެ. އަދި މިއިން ކޮންމެ ކަމެއްވެސް ހާސިލްވާން ބޭނުންވާނީ ވީ އެންމެ އަވަހަށެވެ.

ނަމަވެސް މި ބޭނުންވާ ކަންކަމަށް ވަގުތު ދެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ނޫނީ ވަގު ދޭން ފުރުސަތު ލިބެނީ ކިހާވަރަކަށް ހެއްޔެވެ؟ ހަގީގަތަކީ އަހަރުމެން ދިރުއުޅުމުގައި ކޮންމެހެން ކުރަންނުޖެހޭ ބައިވަރު ކަންކަމަށް އާއެކޭ ބުނެވޭ ކަމެވެ. ރައްޓެއްސަކު ކޮފީއަކަށް ދާން ބުނުމާއެކު ބުނެވެނީ "އޯކޭ، ކޮންދިމާލަކަށް؟" ހެއްޔެވެ.

ނަތީޖާއަކަށް ވަނީ އޭގެ އަނެއް ދުވަހު ނިންމަން ޖެހޭ މަސައްކަތްތަކާއި ކުރަން ޖެހޭ ކަންކަން ގިނަވެ ބޯ ހާސްވާން ފެށުމެވެ. "އިއްޔެ ކޮފީއަށް ނުގޮސް ނުވަތަ މީޓިން ނުބާއްވާ މިކަން ކުރެވުނު ނަމަ" އޭ ހިތަށް އަރާ އެތައް ހިނދުކޮޅުތަކެއް އައުމެވެ.

Advertisement

ކޮންމެ ކަމަކީ ވެސް މުހިންމު ކަމެއްތޯ ސުވާލު އުފެއްދުމަކީ މުހިންމު ކަމެކެވެ. މިހެން ސުވާލުކުރަން ފަށައިފި ނަމަ ގިނަ ކަންކަމުގެ ޖަވާބަކަށް ވާނީ ނޫނެކެވެ. މި ޖަވާބުން ތިބާ ހަގީގަތުގައި ކުރަން ބޭނުންވާ ކަންކަމަށް ވަގުތު ދިނުމަށް އެތައް ފުރުސަތުތަކެއް ލިބިގެން ދާނެ އެވެ. ނަމަވެސް މިފަދަ ކަންކަމަށް ނޫނެކޭ ބުނުމުން ލިބޭ ފައިދާ އެހާ ސާފުއިރު ގިނަ ކަންކަމަށް އާނއެކޭ ބުނެވެނީ ކީއްވެ ހެއްޔެވެ؟

އާނއެކޭ ބުނެވެނީ ކީއްވެ؟

ގިނަ ކަންކަން ކޮށްދޭން އަހަރުމެން އެއްބަސް ވަނީ އަނެކާއަށް ގޯސް މީހެއްގެ ގޮތުގައި އަމިއްލަ ނަފުސު ސިފަވާން ނޭދޭތީ އެވެ. ކަންކަމަށް އެދޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަނެއްކާވެސް ހަޔާތުގައި އެބަޔަކާ ކުރިމަތިލާން ޖެހޭނެ ބަޔަކަށް ވާތީ އެވެ. މީގެ ތެރޭ އެކުވެރިން، މަސައްކަތު މާހައުލުގެ މީހުން އަދި އާއިލާ މެންބަރުން ހިމެނެ އެވެ.

މި މީހުންނަށް ނޫނެކޭ ބުނުމަކީ ދަތިކަމެކެވެ. އެއީ އަހަރުމެން ލޯބިވާ އަދި އަހަރުންދެކެ ވެސް ލޯބިވާ ބައެކެވެ. އަދި އަހަރުމެން ވެސް ކަންކަމުގައި އެދެން ޖެހޭ ބައެކެވެ. އެކަކު އަނެކަކަށް އެހީ ފޯރުވާދީ ގުޅިގެން އުޅުމަކީ ދިރިއުޅުމުގެ ވެސް މުހިންމު ބައެކެވެ. އެހެން ކަމުން މި ގުޅުން ހީނަރުވުމަށް ވުރެ ވަގުތު ކޮޅެއް ގުރުބާންކޮށްލަން އަހަރުމެންނަށް ރަނގަޅެވެ.

މި ސަބަބާއި ހުރެ ސާފު ހިތަކުން ވާހަކަ ދެއްކުމަކީ މުހިންމު ކަމެކެވެ. ކޮށްދެވޭނެ ކަމެއް ނަމަ ވަގުތު ހޯދައިގެން އެކަމެއް ކޮށްދޭންވީ އެވެ. އަދި ކޮށްދޭން ދަތި ކަމެއް ނަމަ ނުވަތަ މުހިންމު ކަމެއް ގުރުބާން ކުރަން ޖެހޭ ނަމަ އެވާހަކަވެސް ސާފު ހިތަކުން ބުނެލަންވީ އެވެ. ނަމަވެސް މި ކަންކަން އެނގި ހުރެ ވެސް އަހަރުމެން ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް ވުރެ އެހެން ކަންކަމުގައި އަވަދި ނެތި އުޅެވުމަކީ އާދައެކެވެ. ކޮންމެހެން ކުރަން ނުޖެހޭކަންކަމުގަ އެވެ. މީގެ އެއް ސަބަބަކަށް ވަނީ އަހަރުން "އާން" އަދި "ނޫން" މި ދެބަހުގެ މާނައާއި މެދު ވިސްނާ ގޮތެވެ.

"އާނ" އަދި "ނޫން" ގެ ތަފާތު

"އާނ" އަދި "ނޫން" އަކީ އެއް ހާލަތެއްގެ ދެކޮޅަކަކަށް ބުރަވާން ބޭނުންކުރެވޭ ދެބަހަކަށް ވުމުން، މި ދެބަހުގެ ބަރުމިން އެއްވަރުވާނެ ކަމަށް ހީވެދާނެ އެވެ. ނަމަވެސް ހަގީގަތަކީ މި ދެބަހުގެ ތަފާތީ ހަމައެކަނި މާނަ ނޫންކަމެވެ. ދެ ބަހުގައި އުފުލަން ޖެހޭ ބުރައިގެ ވެސް ނުވަތަ ކުރަން ޖެހޭ ކަންކަމުގެ ވެސް ތަފާތު ބޮޑެވެ.

ނޫނެކޭ ބުނުމުން ނޫނެކޭ އެބުނެވެނީ އެންމެ ކަމަކަށެވެ. އާނއެކޭ ބުނެމުން އާނއެކޭ ބުނެވެނީ ދެން ހުރި ހުރިހާ ކަމަކަށެވެ. "ދަ ޕަވާ އޮފް ސެއިން ނޯ" ފޮތުގައި، ޝާއިރު ޓިމް ހާފޯޑް ބުނެފައި ވެ އެވެ. "އަހަރުމެން ކަމަކަށް އާނއެކޭ ބުނާ ކޮންމެ ފަހަރަކު، އަހަރުމެން އެ ވަގުތުގައި ހާސިލް ކުރަން ބޭނުންވާ އިތުރު ހުރިހާ ކަމަކަށް އެބުނެވެނީ ނޫނެކެވެ." އަހަރުމެން ކަމެއް ކުރުމަށް ނިންމުމުން އެވަގުތުކޮޅު ހޭދަކުރާނެ ގޮތް އެއޮތީ ހިޔާރުކުރެވިފަ އެވެ.

އެހެން ގޮތަކަށް ބުނާނަމަ، ނޫނެކޭ ބުނުމުން މުސްތަގުބަލަށް ވަގުތު ރައްކާ ކޮށްދެ އެވެ. އާނއެކޭ ބުނުމުން މުސްތަބަލުން ވަގުތު ފޭރިގަނެ އެވެ. "ނޫން" އަކީ ރައްކާ ކުރާ ފައިސާ ފަދަ އެއްޗެކެވެ. ފަހުން އެ ފައިސާ ހަރަދުކުރާނެ ގޮތް އަހަރުމެންނަށް ހިޔާރުކުރެވިދާނެ އެވެ. "އާން" އަކީ މީހެއްގެ އަތުން ނަގާ ފައިސާ ފަދަ އެއްޗެކެވެ. ކޮންމެސް ހިސާބަކުން އޭތި ދައްކާ ހަލާސްކުރަން ޖެހޭނެ އެވެ.

"ނޫން" ގެ ދައުރު

ނޫނެކޭ ބުނުމަކީ މަތީ ފަންތީގެ ނޫނީ ދިރިއުޅުމުގައި ކާމިޔާބީ ލިބިފައިވާ މީހުންނަށް ހަމައެކަނި ލިބިފައިވާ "ފޮނި ކަމެއް" ގެ ގޮތުގައި ފެނިދާނެ އެވެ މީގައި ކޮންމެސް ވަރެއްގެ ހަގީގަތެއް ވެސް ވެ އެވެ. ފައިސާ އާއި ބާރުގެ އެނދުމަތީ އޮށޯއްވެލަމުން ކަންކަމަށް ނޫނެކޭ ބުނުމަކީ ފަސޭހަކަމެކެވެ. ނަމަވެސް ކަންކަމަށް ނޫނެކޭ ބުނެގެން މިފަދަ ކާމިޔާބަށް ވާސިލްވެވޭނެ ކަމަކީ ވެސް ހަމަ އެޔާ އެއްފަދަ ނުވަތަ އެޔައް ވުރެ ބޮޑު ހަގީގަތެކެވެ.

ކާމިޔާބު ގިނަ މީހުން ދެކޭ ގޮތުގައި ނޫނެކޭ ބުނުމަކީ ހުނަރެކެވެ. އެއީ ތިމާގެ ހަޔާތުގެ އެންމެ އަގުބޮޑު މުދާ ރައްކާތެރިކޮށްދޭ އެއްޗަކަށް ވާތީ އެވެ. އެ އެންމެ އަގު ބޮޑު މުދަލަކީ ވަގުތެވެ. އިންވެސްޓާ ޕެޑްރޯ ސޮރެންޓީނޯ ބުނެފައި ވެއެވެ.

ތިބާގެ ވަގުތު ތިބާ ހިމާޔަތްނުކޮށްފި ނަމަ، މީހުން ތިބާ އަތުން އޭތި ފޭރިގަންނާނެ އެވެ.

ތިބާގެ ދިރިއުޅުމުގެ މަގްސަދާއި ލަނޑުދަނޑިތަކަށް ފޯރުކޮށްދޭ ސަވާރީއަކަށް ނުވާ ކޮންމެ ކަމަކަށް ނޫނެކޭ ބުނުން މުހިންމެވެ. އަދި މި ކަންކަން މަތިން ހަނދާން ނެތޭ ފަދަ ކޮންމެ އެއްޗަކަށް ވެސް ނޫނެކޭ ބުނަން ޖެހެ އެވެ. ކުރިން ފާހަގަކުރި ފަދައިން އާނއެކޭ ބުނުމުން އެ ބުނެވެނީ އެހެން ކަމަކަށް ނޫނެކެވެ. ހަމަ އެފަދައިން ބޭކާރު ކަމަކަށް ނޫނެކޭ ބުނެފި ނަމަ، ފައިދާ ހުރި ކަމަކަށް އެބުނެވެނީ އާނއެކެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އުފެއްދުންތެރިޔާ ސްޓީވް ޖޮބްސް ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނެފައި ވެ އެވެ.

މީހުން ދެކޭ ގޮތުގައި ފޯކަސް ކުރުމުގެ މާނަޔަކީ އެ ފޯކަސް ކުރަން ބޭނުންވާކަމަށް އާނއެކޭ ބުނުން. ނަމަވެސް އޭގެ މަނަޔަކީ މިއެއް ނޫން. ފޯކަސް ކުރުމުގެ މާނަޔަކީ އެ ނޫން ސަތޭކަ އެތައް ކަމަކަށް ނޫނެކޭ ބުނުން.

ނޫނެކޭ ބުނާނީ ކިހިނެއް؟

އަހަރުމެންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް އަވަހަށް އާނއެކޭ ބުނެ ނޫނެކޭ ބުނަން ތަންކޮޅެއް ލަސް ބައެކެވެ. ތިބާ އަކީ ވެސް މިފަދަ، ކަންކަމަށް ނޫން ބުނަމަށް ދަތިވާ މީހެއް ނަމަ އާނއެކޭ ބުނުމުގެ ކުރިން އަންނަނިވި ސުވާލުތައް ކުރާށެވެ. މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ މިއީ މިއަދު ނުވަތަ މިވަގުތު ކުރަން ޖެހޭ ކަމެއް ނަމަ މިކަމަށް އެއްބަސް ވާނަން ހެއްޔެ؟

މިފަދަ ސުވާލުތައް ކުރުމުން ކަމުގެ މުހިންމުކަން އަޅާކިރާލެވެ އެވެ. އަދި ފަހުން ފަހުން ކުރަން ޖެހޭ ކަމެއް ނަމަ އެކަމަށް ވަގުތު ދިނުމުން އަހަރުމެންގެ އަމިއްލަ ދިރުއުޅުމުން އެކަމުގެ ސަބަބުން ގެއްލިގެން ދާނެ ވަގުތާއި މެދު ވިސްނާލަން ފުރުސަތު ލިބެ އެވެ.

ދެވަނަ ކަމަކީ އެއީ ކިހާ މިންވަރަކަށް ކުރަން ބޭނުންވާ ކަމެއްތޯ ދެނެގަތުމެވެ. އެއީ އަހަރުމެނަނަށް ފައިދާ ހުރި ކަމެއް ނަމަ އުފަލާއި ޝައުގުވެރިކަމުން ފުރި ވަގުތުން އާނއެކޭ ބުނަންވީ އެވެ. އެހެން ނޫންނަމަ ދެވަނަ ވިސްނުމަކުން ވިސްނާލަން ޖެހެ އެވެ.

ކަންކަން ކުރަން މީހުން އެދޭ ހިނދު މިފަދަ ސުވާލުތައް ކުރުމަކީ ދަތިކަމަކަށް ވެދާނެ އެވެ. ނަމަވެސް މިކަންކަން ހަނދާނުގައި ބަހައްޓާ ގަވާއިދެއް ފަދައިން އަމުލުކުރުމުގެ އާދައެއް ގާއިމުކޮށްފި ނަމަ ތިބާގެ ދިރިއުޅުން އިތުރަށް ފުރިހަމަކުރަން އެތައް ވަގުތުތަކެއް ލިބިގެންދާނެ އެވެ.

ނޫނެކޭ ބުނުމަކީ ފުރަތަމަ ދަތިކަމަކަށް ވެދާނެ އެވެ. ނަމަވެސް އެހެން ނަޒަރަކުން ބަލާލައިފި ނަމަ އެއީ އާނއެކޭ ބުނުމަށް ވުރެ ފަސޭހަ ކަމެކެމެވެ. ބަލިތަކާއި ބެހޭގޮތުން ސިއްހީ މާހިރުން، ފަރުވާއަށް ވުރެ ރައްކާތެރިވުން މާ ރަނގަޅޭ ބުނާ ފަދައިން، ހަވާލުވާ މުހިންމު ނޫން ޒިންމާތަކުން ސަލާމަތްވުމަށް ވުރެ އެފަދަ ޒިންމާ ތަކަށް ނޫނެކޭ ބުނަން މާ ފަސޭހަ ވާނެ އެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox