މެސީގެ 100 ވަނަ ލަނޑާ އެކު އާޖެންޓީނާ އަށް ފަސޭހަ މޮޅެއް

Mar 29, 2023, 7:38 AM
މެސީގެ 100 ވަނަ ލަނޑާ އެކު އާޖެންޓީނާ އަށް ފަސޭހަ މޮޅެއް

ސަންޓިއާގޯ ޑެލް އެސްޓޭރޯ (29 މާޗު) - އެކުވެރިކަމު މެޗެއްގައި ރޭ ކުރަސާއޯ އަތުން 7-0 އިން އާޖެންޓީނާ އަމިއްލަ ދަނޑުގައި މޮޅުވިއިރު، މި މެޗުގައި ހެޓްރިކެއް ހެދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޖޯޒީގައި 100 ލަނޑު ހަަމަކޮށްފި އެވެ.

ސަންޓިއާ ޑެލް އެސްޓޭރޯގައި ކެރޭބިއަންގެ ކުޑަ ގައުމެއް ކަމަށްވާ ކުރަސާއޯއާ ދެކޮޅަށް ދުނިޔޭގެ ޗެމްޕިއަން، އާޖެންޓީނާ ކުޅުނު މެޗުގެ 20 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ މެސީ އެވެ. މިއީ އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ޖަހައިދިން 100 ވަނަ ލަނޑެވެ. ރޭގެ މެޗު ނިމުނުއިރު، މެސީ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 102 އަށް އަރައިފަ އެވެ.

މި މެޗުގައި މެސީ ވަނީ އިތުރު ދެ ލަނޑު ޖަހައި، 36 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފަ އެވެ. މިއީ ގައުމީ ޓީމުގައި މެސީ ހެދި ހަތް ވަނަ ހެޓްރިކެވެ. އަދި ކެރިއަރުގައި ހެދި 57 ވަނަ ހެޓްރިކް ވެސް މެ އެވެ. މެސީ މި މެޗުގައި ފުރަތަމަ ގޯލު ޖެހީ އޭރިއާތެރެއިން ކުރަސާއޯ ޑިފެންޑަރުން ކައިރިން ދެމި ގަތުމަށް ފަހު އެވެ. އޭގެ ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ދެ ވަނަ ލަނޑުޖެހިއިރު، ހެޓްރިކް ފުރިހަމަކުރި ގޯލަކީ ކުރަސާއޯ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ކައިރީ ކަނަށް ޖެހި ގޯލެކެވެ.

އާޖެންޓީނާ އަށް މި މެޗުގައި ދެން ލަނޑު ޖަހައިދިނީ ނިކޮލަސް ގޮންޒާލޭޒް، އެންޒޯ ފެނާންޑޭޒް، އަންހެލް ޑިމާރިއާ އަދި ގޮންޒާލޯ މޮންޓިއެލް އެވެ.

މިއީ ގަތަރުގައި މިދިޔަ އޮތް ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އާޖެންޓީނާ ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވަނީ ޕެނަމާ އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox