ވާގޮތް: މީލާދީ ކަލަންޑަރުގެ މާޒީ އާއި ކްރިސްޓިއާނިޓީއާ އޮތް ގުޅުން

ވާގޮތް: މީލާދީ ކަލަންޑަރުގެ މާޒީ އާއި ކްރިސްޓިއާނިޓީއާ އޮތް ގުޅުން

މިއަދު ދުނިޔޭގެ ގިނަ ގައުމުތަކެއް ތަބާވަނީ ނުވަތަ ބޭނުންކުރަނީ އެއް ކަލެންޑަރު ސިސްޓަމެކެވެ. މީގެ ތެރޭ މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. ދިވެހިން "މީލާދީ ތާރީހު" އޭ ބުނެފި ނަމަ މި ދައްކަނީ އެ ކަލަންޑަރު ސިސްޓަމުގެ ވާހަކަ އެވެ. އަހަރުމެންގެ އާންމު ދިރިއުޅުމުގައި ވެސް ދުވަސްތައް ފާހަގަކުރުމުގެ އިތުރުން މަސައްކަތު މާހައުލުގައި ވެސް ދުވަސްތައް ކަނޑައަޅަން ބޭނުންކުރަނީ މި ކަލަންޑަރު ސިސްޓަމެވެ.

މިއީ ދުނިޔޭގެ އެހެން އެތައް ގައުމެއްގައި ވެސް މިކަން ހިނގާ ގޮތެވެ. ބޭނުންކުރަނީ ޖަނަވަރީ އިން ފެށިގެން ޑިސެމްބަރާ ހަމައަށް ވާ ކަލަންޑަރެވެ. 28 ދުވަހާއި 31 ދުވަހާއި ދެމެދު ކޮންމެ މަހެއްގެ ދުވަސްތައް ވާ ކަލަންޑަރެވެ. ނަމަވެސް މި ކަލަންޑަރުގެ އަސްލު އެނގޭ ހެއްޔެވެ؟ ކަލަންޑަރު އުފެއްދި ފަރާތާއި އުފެއްދި ގޮތާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މި ކަލަންޑަރު ސިސްޓަމް ބޭނުންކުރަން ފެށި ގޮތުގެ މައުލޫމާތެއް ލިބިފައިވޭ ހެއްޔެވެ؟

އެންމެ ފުރަތަމަ ކަލަންޑަރު

މީގެ އެތައް ހާސް އަހަރެއް ކުރިން ދިރިއުޅުނު މީހުންވެސް ދުވަސްތަކާއި ވަގުތުތައް ބެލުމަށް އެކި އާލާތްތައް ބޭނުންކޮށް އުޅުނުކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން އެއްބަސްވެ އެވެ. ނަމަވެސް ކަލަންޑަރުތައް ބޭނުންކުރަން ފެށީ 3100 ބީސީ ގައި ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ. އަދި ފުރަތަމަ ކަލަންޑަރެއް އުފެއްދި ބަޔަކީ ސުމޭރިއަން ކިޔާ ބައެއް ކަމަށް ގަބޫލުކުރެ އެވެ. މިއީ މިއަދުގެ އިރާގު ސަރައްދުގައި ދިރިއުޅުނު ބަޔަކެވެ.

Advertisement

ހަނދަށް ބިނާކޮށް ސުމޭރިއަނުން އުފެއްދި ކަލަންޑަރުގައި ހިމެނެނީ 12 މަހާއި ކޮންމެ މަހެއްގަ 29 ނުވަތަ 30 ދުވަހެވެ. އަދި އަހަރަކު 360 ދުވަސް ހިމެނޭ އިރު ކޮންމެ ދުވަހަކު 12 ގަޑި އިރު ހިމެނެ އެވެ. އެއީ ދުވާލަށް 6 ގަޑިއިރާ ރޭގަނޑަށް 6 ގަޑި އިރެވެ. މީގެ އިތުރުން ވެސް އެތައް ގޮތަކުން މި ކަލަންޑަރު މިޒަމާނުގެ ކަލަންޑަރާއި ތަފާތެވެ. އޭރުގެ ކަލަންޑަރުގައި ހަފުތާއެއް ނުހިމެނެ އެވެ. އަދި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މަހެއް އިތުރުވެ އެވެ.

އެ ޒަމާނުގައި ވަގުތު ބެލުމުގައި އެންމެ ބޮޑަށް ބުރަވެފައިވަނީ ފަލަކީ އިލްމަށެވެ. މި މޭރުމުން ސުމޭރިއަނުން ވެސް ކޮންމެ މަހެއްގެ ފެށުން ފާހަގަކުރަނީ ހުޅެވި ހަނދަކުންނެވެ. އޭގެ އެތައް ސަތޭކަ އަހަރެއް ފަހުން މިސްރާއި ބާބިލްގެ އިތުރުން ވެސް ގަދީމީ މަދަނިއްޔަތުތައް އެބައެއްގެ އަމިއްލަ ކަލަންޑަރުތައް ހެދި އެވެ. މި ކަލަންޑަރުތަކުގައި ވެސް އިރާއި ހަނދާއި ތަރިތަކުގެ ދައުރުވުމަށް ބަލާ ވަގުތު ކަނޑައަޅަ އެވެ.

ރޯމަން ކަލަންޑަރު

މިއަދު އަހަރެމެންނަށް މިފެންނަ ކަލަންޑަރުގެ ފެށުމަކީ 738 ބީސީ ގައި ރޯމަނުން ތައާރަފު ކުރި އެގައުމުގެ ރަސްމީ ކަލަންޑަރެވެ. މި ކަލަންޑަރު ތައާރަފުކުރީ ރޯމު އުފެއްދި އެގައުމުގެ ފުރަތަމަ ރަސްގެފާނު ރޮމިއުލަސް އެވެ. ނަމަވެސް މިއަދު އިރުގެ ދައުރަށް ބަލައިގެން އަތުރާ ކަލަންޑަރުގެ ބަދަލުގައި ރޯމަން ކަލަންޑަރު ތަރުތީބުކުރީ ހަނދަށް ބަލައިގެންނެވެ. އަހަރަކު 304 ދުވަސް ހިމެނޭ މި ކަލަންޑަރުގައި ވަނީ އެންމެ ދިހަ މަހެވެ. އެއީ މާޓިއަސް، އޭޕްރިލިސް، މައިއަސް، ޖުންނިއަސް، ކުއިންޓިލިސް، ސެކްސްޓިލިސް، ސެޕްޓެމްބަރު، އޮކްޓޯބަރ، ނޮވެމްބަރު އަދި ޑިސެމްބަރެވެ. ފުރަތަމަ ހަތަރު މަހަށް ނަންދީފައިވަނީ އަންނަނިވި ފަދައިންނެވެ. އެއީ މާސް ޕްލެނެޓާއި ގުޅުވައިގެން މާޓިއަސް އަދި ރޯމަނުންގެ ކަލާނގެތައް، މައިއާ އަދި ޖޫނޯ އާއި ގުޅުވައިގެން މައިއަސް އަދި ޖުންނިއަސް އެވެ. އޭޕްރިލިއަސް އަށް ނަން ދީފައިވަނީ ލެޓިން ބަސް "އެޕެރިއޯ" (މާނައަކީ "ހުޅުވުން") އިން ކަމަށް ގަބޫލުކުރެވެ އެވެ. ފަހު ހަ މަހަށް ނަން ދީފައިވާނީ ލެޓިނުން އެ މަސްތަކުގެ ނަންބަރަށް ކިޔާ ނަމާއި ގުޅުވައިގެންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އިތުރު ދެ މަސް ކަލަންޑަރަށް އިތުރުކުރެވުނެވެ. އެއީ މާޓިއަސްގެ ކުރިއަށް ޖެނުއަރިއަސް އަދި ޑިސެމްބަރުގެ ފަހަތަށް ފެބްރުއަރިއަސް އެވެ. ޖެނުއަރިއަސް އަށް ނަން ދީފައިވަނީ ރޯމަނުންގެ "އައު ފެށުންތަކުގެ ކަލާނގެ" ޖޭނަސް އާއި ގުޅުވައިގެންނެވެ. އަދި ފެބްރުއަރިއަސް އަށް ނަންދީފައިވާ ކަމަށް ގަބޫލުކުރެވެނީ "ފެބްރުއަރާ" (މާނައަކީ "ސާފުކުރުން") އާއި ގުޅުވައިގެން ކަމަށް ގަބޫލުކުރެވެ އެވެ. 452 ބީސީގައި ޖެނުއަރިއަސްގެ ފަހަތަށް ފެބުރުއަރިއަސް ބަދަލުކުރެވުނެވެ.

ޖޫލިއަން ކަލަންޑަރު

ޜޯމަން ކަލަންޑަރަށް ހަތަރު ގަރުނު ވާން ކައިރިވީއިރު ކަލަންޑަރު ވަނީ ވަރަށް ބޮޑަށް ބޮއްސުންލައިގެން ގޮއްސަ އެވެ. އަދި ކަލަންޑަރުގެ ސަބަބުން ވަރަށް ގިނަ އޮޅުންތަކެއް އަރަން ފެށި އެވެ. މިކަންކަން ހަމަޔަކަށް އެޅުވުމަށް އެކި ފަރާތްތަކުން ދުވަސްތަކާއި މަސްތަކަށް ބަދަލު ގެންނަމުން ދިޔަ އެވެ. ނަމަވެސް އެންމެ ފުރިހަމަ ހައްލެއް ހޯދައިދިނީ 46 ބީސީގައި އޭރުގެ ރޯމުގެ ރަސްގެފާނު ޖޫލިއަސް ސީޒާ އެވެ. އޭނާ ގެނައި ބަދަލުތަކާއެކު އެކުލަވާލި ކަލަންޑަރަށް "ޖޫލިއަން ކަލަންޑަރު" އޭ ކިޔުނެވެ.

ކުރިން ހަނދުގެ ދައުރަށް ބަރޯސާވާ ރޯމަން ކަލަންޑަރު އޭނާ އިރުގެ ދައުރަށް ބަރޯސާކުރި އެވެ. ރޯމަން ކަލަންޑަރުގައި އަހަރު ފެށޭ މަސްކަމަށް ބަލާފައިވަނީ "މާޓިއަސް" އެވެ. ނަމަވެސް ސީޒާގެ ކަލަންޑަރުގައި އަހަރު ފެށެނީ "ޖެނުއަރިއަސް" އިންނެވެ. މީގެ އިތުރުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރަކު "ފެބްރުއަރިއަސް" އަށް ދުވަހެއް އިތުރުވާގޮތަށް ހެދި އެވެ.

ސީޒާގެ މަރަށް ފަހު އޭނާއާ ގުޅުވައިން "ކުއިންޓިލިސް" ގެ ނަން "ޖުލައި" އަށް ބަދަލުކުރި އެވެ. އެއީ 44 ބީސީގަ އެވެ. އަދި 8 ބީސީ ގައި "ސެކްސްޓިލިސް" ގެ ނަން "އޮގަސްޓް" އަށް ބަދަލުކުރި އެވެ. މިއީ ރޯމަން އެމްޕަރާ އޮގަސްޓަސް އާއި ގުޅުވައިގެންނެވެ. ރޯމުގެ ބައެއް އިތުރު ވެރިން ވެސް އެމީހުންގެ ނަމާއި ގުޅުވައިން މަސްތަކަށް ނަން ދިނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެނަންތައް ކަލަންޑަރުތަކުގައި ހަރެއް ނުލި އެވެ.

މީލާދީ ކަލަންޑަރުގެ މަސްތަކުގެ ނަންތައް
މީލާދީ ކަލަންޑަރުގެ މަސްތަކުގެ ނަންތައް

މީލާދީ ކަލަންޑަރުގެ މަސްތަކުގެ ނަންތައް

ގްރިގޯރިއަން ކަލަންޑަރު

މިއަދު އަހަރުމެން މި ބޭނުންކުރާ "މީލާދީ" ކަލަންޑަރަށް ދީފައިވާ އަސްލު ނަމަކީ ގްރިގޯރިއަން ކަލަންޑަރެވެ. މިނަން ދީފައިވަނީ މި ކަލަންޑަރު އާންމު ކުރި ކްރިސްޝަން (ކްރިސްޓިއަން) ޕޯޕް ގްރިގޯރީއާ ގުޅުވާގެންނެވެ. ގްރިގޯރީ މި ކަލަންޑަރު ތައާރަފުކުރީ އޭރު ބޭނުންކުރަމުން ދިޔަ ޖޫލިއަން ކަލަންޑަރަށް ވުރެ ފުރިހަމަ ކަލަންޑަރެއް ކަމަށް ދެކި މީލާދީ ގޮތުން 1582 ގަ އެވެ.

އެއަހަރު އިއުލާންކުރި މި ކަލަންޑަރުގެ މައިގަނޑު ބޭނުމަކަށްވީ "ޖޫލިއަން ކަލަންޑަރު" ގައިވާ، ކްރިސްޝަނުން (ކްރިސްޓިއަނުން) ފާހަގަކުރާ "އީސްޓާ"ގެ ތާރީހު ކަނޑައަޅާ ގޮތް ބަދަލުކުރުމެވެ. އޭރު އެމީހުން ފާހަގަ ކުރާ ދުވަސްތައް ކަނޑައަޅާފައިވަނީ މީލާދީ ގޮތުން 325 ގައި ކްރިސްޝަނުންގެ އިސް ކައުންސިލަކުންނެވެ.

ޖޫލިއަން ކަލަންޑަރުގައި ގަބޫލުކުރެވިފައިވަނީ އަހަރެއް ފުރިހަމަވާނީ 362.25 ދުވަހުންކަމަށެވެ. ނަމަވެސް މިއީ ހަގީގަތުގައި 11 މިނެޓް އިތުރު އަދަދެކެވެ. ފެންނަ ފެނުމަށް ކުޑަކުޑަ ކުށެކެވެ. ނަމަވެސް ގަރުނުތައް ފާއިތުވަމުން ދިޔަވަރަކަށް މި ކުށް އިތުރަށް ފާޅުވަމުންގޮސް ކަލަންޑަރާއި ދުވަސްތަކާއި ހިލާފުވާންފެށި އެވެ.

މިކަމުން ކްރިސްޝަނުންގެ ދީނީ މުނާސަބަތުތަކަށް ވެސް އަސަރުކުރަން ފަށައިފި އެވެ. އެމީހުން ފާހަގަކުރާ "އީސްޓާ" ދިޔައީ ކޮންމެ 130 އަހަރަކުން އެއް ދުވަސް ފަސްވަމުންނެވެ. އެގޮތުން ޕޯޕް ގްރިގޯރީގެ ޒަމާނުގައި (1500 ގެ އަހަރުތަކުގައި) މި ދުވަސް ވަނީ ވަރަށް ބޮޑަށް ފަސްވެ އޮޅުން އަރައިފަ އެވެ. އަދި އެމީހުންގެ އެއް މުނާސަބަތާއި އަނެއް މުނާސަބަތާއި އަރާރުންވެދާނެ ކަމުގެ ބިރު ގްރިގޯރީއަށް ހީވި އެވެ.

މިކަން ހައްލުކުރުމަށް 1582 ގެ ކަލަންޑަރުން 10 ދުވަސް "ގެއްލުވާލުމަށް" ގްރިގޯރީ ފައްޅިތަކަށް އެންގި އެވެ. އެހެން އެކަން ކުރީ އެއަހަރުގެ އޮކްޓޯބަރުގަ އެވެ. އެގޮތުން އޮކްޓޫބަރު 4 ވީ ބުރާސްފަތި ދުވަހަށް ފަހު ދެން އައި ހުކުރު ދުވަސް ބެލީ އޮކްޓޯބަރު 15 ގެ ގޮތުގަ އެވެ. ހަމައެޔާކު ކަލަންޑަރު ސިސްޓަމަށް ބަދަލުތަކެއް ގެނަ އެވެ.

"ޖޫލިއަން ކަލަންޑަރު" ގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރަކު ފެބްރުއަރީއަށް ދުވަހެއް އިތުރުކުރެ އެވެ. އޭގެ ބަދަލުގައި ގްރިގޯރީ ނިންމީ ހަތަރަކުން ގެއްލޭ ނުވަތަ ޑިވައިޑްކުރެވޭ އަހަރުތަކުގެ ފެބްރުއަރީ މަހަށް މި ދުވަސް އިތުރުކުރުމަށެވެ. ނަމަވެސް 100 އިންވެސް އެއަހަރު ގެއްލޭ ނަމަ މިކަމުން އިސްތިސްނާ ކުރި އެވެ.

ދާދި އަވަހަށް ފައްޅިތަކުން އެމީހުންގެ ކަލަންޑަރުތަކަށް މި ބަދަލު ގެނައެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު ސްޕެއިން، ޕޯޗުގަލް، ޕޮލެންޑްގެ އިތުރުން އިޓަލީ އިން ގްރިގޯރީގެ ކަލަންޑަރު ތައާރަފުކުރި އެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ފްރާންސް އާއި ނެދަލޭންޑުން، 1583 ގައި އޮސްޓްރިއާއިން، 1584 ގައި ބޮހީމިއާއާއި މޮރާވިއާ އިން އަދި 1587 ގައި ހަންގޭރީއިން ކަލަންޑަރު ބަދަލުކުރި އެވެ. އަދި މިކަލަންޑަރާއެކު ކޮންމެ އަހަރެއްގެ ފެށޭ ދުވަހަކީ ޖެނުއަރީ އެކެއްގެ ގޮތުގައި ކަނޑައެޅި އެވެ. އޭގެ ކުރިން އައު އަހަރު ފެށުން ކަމުގައި ބަލަމުން އައީ ޑިސެމްބަރު 25 ނުވަތަ "ކްރިސްމަސް" އެވެ.

ޕޯޕަކީ ދުނިޔޭގެ ބާރެއްގެ ގޮތުގައި ނުދެކޭ ގިނަ ގައުމުތަކުން މި ކަލަންޑަރު ބޭނުންކުރުމަށް ފުރަތަމަ ދެކޮޅު ހެދި އެވެ. ނަމަވެސް އަހަރަކަށް ފަހު އަހަރެއް، ގައުމަކަށް ފަހު ގައުމެއް މި ކަލަންޑަރަށް ތަބާވަމުން ދިޔަ އެވެ. 1700 ގެ އަހަރުތައް ނިމުނު އިރު ގާތްގަނޑަކަށް ޔޫރޮޕްގެ ހުރިހާ ގައުމުތަކެއް ވަނީ ގްރިގޯރީ ކަލަންޑަރު ރަސްމީ ކަލަންޑަރުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި 1800 އާއި 1900 ގެ އަހަރުތަކުގައި މެދުއިރުމަތި އަދި އޭޝިއާގެ ގައުމުތަކުން މި ކަލަންޑަރު ބޭނުންކުރަން ފެށި އެވެ. މައިގަނޑު ސަބަބަކަށްވީ ބައިނަލްއަގްވާމީ މުއާމަލާތްތަކަށާއި ރަސްމީ ބޭނުންތަކަށް ފަސޭހަވުމެވެ.

އެފަދައިން ރާއްޖެއިން ވެސް ގްރޮގޯރިއަން ކަލަންޑަރު ބޭނުންކުރަން ފަށައި "މީލާދީ" ކަލަންޑަރޭ ކިޔަން ފެށި އެވެ. "މީލާދީ" އައިސްފައިވަނީ އަރަބި ބަހުގެ "މީލާދް" އިންނެވެ. މާނައަކީ އުފަންވުމެވެ. ނޭނގި ނަމަވެސް އެނގިގެން ނަމަވެސް މިނަން ދީފައިވަނީ ކްރިސްޓިއާނިޓި އާއި ގުޅުވައިގެންނެވެ. އެއީ ކްރިސްޓިއަނުން އަހަރުތައް ގުނަނީ އީސާގެފާނު ނުވަތަ "ޖީސަސް" އުފަންވި އަހަރުން ފެށިގެން ކަމަށްވާތީ އެވެ.

ގްރިގޯރިއަން ކަލަންޑަރު އެންމެ ފަހުން ރަސްމީ ކަލަންޑަރެއްގެ ގޮތުގައި ހެދީ 2016 ވަނަ އަހަރު ސައުދީ އަރަބީއާއިންނެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް ސަބަބަކަށްވީ ބައިނަލްއަގްވާމީ މުއާމަލާތްތަކަށާއި ރަސްމީ ބޭނުންތަކަށް ފަސޭހަވުމުގެ އިތުރުން މުވައްޒަފުންގެ މުސާރަ ދިނުމަށް ތަރުތީބެއް ގެނެއުމެވެ. ނަމަވެސް އަދިވެސް މި ކަލަންޑަރު ރަސްމީ ކަލަންޑަރެއްގެ ގޮތުގައި ބޭނުންނުކުރާ ދެތިން ގައުމެއް އެބަ އުޅެ އެވެ. އޭގެ ތެރޭ އަފްގާނިސްތާން، އީރާން، އިތިއޯޕިއާ، އެރިޓްރިއާ އަދި ނޭޕާލް ހިމެނެ އެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox