ޗައިނާއިން ހައްޔަރު ކުރި ޖަޕާނުގެ ރައްޔިތަކު ދޫކޮށްލަން ޖަޕާނުން ޑިމާންޑުކޮށްފި

ޗައިނާގައި ޖަޕާން ރައްޔިތަކު ހައްޔަރު ކުރީ މާޗް މަހުގެ ކުރީކޮޅު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާގައި ޖަޕާން ރައްޔިތަކު ހައްޔަރު ކުރީ މާޗް މަހުގެ ކުރީކޮޅު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޖާސޫސް ކުރުމުގެ ތުހުމަތުގައި ޗައިނާގައި ހައްޔަރު ކުރި ޖަޕާނުގެ ރައްޔިތަކު ދޫކޮށްލަަން ޖަޕާނުން ޑިމާންޑުކޮށްފި އެވެ.

މާޗް މަހުގެ ކުރީކޮޅު ހައްޔަރު ކުރި އުމުރުން 50 އަހަރުން މަތީގެ ފިރިހެން މީހާއަކީ ބޭސް އުފައްދާ ކުންފުނި އަަސްޓެއްލާޒްގެ މުވައްޒަފެކެވެ.

ކިޔޯޓޯ ނިއުސްއިން ބުނާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ޖާސޫސް ކުރުމުގެ ތުހުމަތުގައި ޗައިނާގައި ޖަޕާނުގެ 17 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ތާރީހީ ގޮތުން ވެސް ޗައިނާ އާއި ޖަޕާނުގެ ގުޅުން ގޯހެވެ. ޓައިވާން މައްސަލަ އާއި އިރުމަތީ ޗައިނާ ކަނޑުގައިވާ ރަށްތަކެއްގެ މައްސަލައިގައި ވެސް ދެ ގައުމުގެ މެދުގައި ތަފާތުތައް ގިނަ އެވެ.

ހޯމަ ދުވަހު ޖަަޕާނުގެ ޗީފް ކެބިނެޓް ސެކެޓްރީ ހިރޮކަޒޫ މަޓްސޫނޯ ވިދާޅުވީ ޖަޕާނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަން ޗައިނާއިން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ހައްޔަރު ކުރި މީހާއާ ގުޅޭ އެއްވެސް ތަފްސީލެއް އަދި އޭނާގެ މައްޗަށް ޗައިނާއިން ކުރާ ތުހުމަތުގެ އެއްވެސް ތަފްސީލެއް ވެސް މަޓްސޫނޯ ހާމައެއްނުކުރެ އެވެ.

އެކަމަކު ޗަައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ އޭނާ ހައްޔަރު ކުރީ ޖާސޫސް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.

މާއޯ ވިދާޅުވީ ޖަޕާނުގެ ރައްޔިތުން ގާނޫނާ ހިލާފު އަމަލުތައް ކުރުން ހުއްޓުވުމަށް ޖަޕާން ސަރުކާރުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ޖާސޫސް ކުރުމުގެ ތުހުމަތުގައި ޗައިނާއިން ހައްޔަރު ކުރި ޖަޕާނުގެ ޕްރޮފެސަރަކު ދެ މަސް ފަހުން ދޫކޮށްލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox