އިންޑިއާ ގްރޯން ޕްރީ ދެ ވަނަ މުބާރާތުން ސާއިދަށް ދެ މެޑަލް

Mar 27, 2023, 10:29 AM
އިންޑިއާ ގްރޯން ޕްރީ ދެ ވަނަ މުބާރާތުން ސާއިދަށް ދެ މެޑަލް

އިންޑިއަން ގްރޯން ޕްރީގެ ދެ ވަނަ މުބާރާތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ރިހި މެޑަލަކާއި ލޯ މެޑަލް އެއް ހޯދައިފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއަން ގްރޯޕް ޕްރީގެ މި ފަހަރުގެ ފުރަތަމަ މުބާރާތުން ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރުގެ ރޭހުން ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު، މިއަދު ކުރިއަށްދިޔަ ގްރޯން ޕްރީގެ ދެ ވަނަ މުބާރާތުގައި ސާއިދަށް 100 މީޓަރު ދުވުމުން ލޯ މެޑަލް ލިބުނުއިރު، 200 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލް އެވެ.

މިއަދު ކުރިއަށް ދިޔަ އެ ދެ އިވެންޓްގައި ވެސް ވަނަ ކަނޑައަޅާފައިވަނީ ދެ ހީޓުގެ ޖުމްލަ ޓައިމިން އަށް ބަލައިގެންނެވެ. އެ ގޮތުން 100 މީޓަރު އިވެންޓްގައި ސާއިދަށް ލޯ މެޑަލް ލިބުނަސް އޭނާ ވާދަކުރި ހީޓުގެ އެއް ވަނަ ހޯދި އެވެ. އެއީ 10.76 ސިކުންތުން ދުވެގެންނެވެ. ސާއިދަށް ވުރެ ކުރިން ނިންމީ އަނެއް ހީޓުގައި ވާދަކުރި ހަރްޔާނާގެ ސަންޖީތު އާއި އޮޑިޝާގެ އަމިޔާ އެވެ. ސަންޖީތު ވަނީ 10.65 ސިކުންތުން ރޭސް ނިންމައިފަ އެވެ. އަދި އަމިޔާގެ ޓައިމިން އަކީ 10.66 ސިކުންތެވެ. ސާއިދާ އެއް ހީޓުގައި ދުވުނު ރާއްޖޭގެ އަހުމަދު ނަޖުދާންގެ ޓައިިމިން އަކީ 11.59 ސިކުންތެވެ.

ސާއިދު، 200 މީޓަރު ރޭހުން ދެ ވަނަ ހޯދިއިރު، ވާދަކުރި ހީޓުގެ ވެސް ދިޔައީ ދެ ވަނަ އެވެ. އެ ގޮތުން، ސާއިދުއާ އެއް ހީޓެއްގައި ވާދަކޮށް، ކެރަލާގެ މުހައްމަދު ރޭސް ނިންމީ 21.54 ސިކުންތުންނެވެ. ސާއިދުގެ ޓައިމިން އަކީ 21.61 ސިކުންތެވެ.

އިންޑިއަން ގްރޯން ޕްރީގައި ވާދަކުރަމުން އަންނަ ދިވެހި އެތުލީޓުންނަކީ އިންޑިއަން ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި އިންޑިއާގެ ބެންގަލޫރުގައި ޓްރެއިނިން ހަދަމުން އަންނަ ގައުމީ އެތުލީޓުންނެވެ. މިއީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ޓްރެއިނިން އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox