ޔޫރޯ ކޮލިފައިން: އިޓަލީ އާއި އިންގްލެންޑް އަދި ޕޯޗުގަލް އަށް ވެސް ހިތްހަމަޖެހޭ ނަތީޖާތަކެއް

Mar 27, 2023, 12:44 AM
ލަގްޒެމްބާގް ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަގްޒެމްބާގް ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މާޗް 27) - ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިން ބުރުގައި ރޭ ކުޅުނު މެޗުތަކުން އިޓަލީ އާއި އިންގްލެންޑް އަދި ޕޯޗުގަލް ވެސް މޮޅުވެއްޖެ އެވެ.

ކޮލިފައިން ގްރޫޕް ޖޭގެ ފުރަތަމަ މެޗުގައި ލިޗެސްޓައިން އަތުން ބޮޑު ތަފާތަކުން މޮޅުވި، ޕޯޗުގަލް އިން ރޭ ލަގްޒެމްބާގް ބަލިކުރީ 6-0 އިންނެވެ. ކޮލިފައިން ސީގައި އިންގްލެންޑުން ވަނީ ފުރަތަމަ މެޗުގައި އިޓަލީ ބަލިކޮށްފަ އެވެ. އެކަމަކު، އެ ގްރޫޕްގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، އިންގްލެންޑުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ޔޫކްރެއިން ބަލިކޮށްފަ އެވެ. މޯލްޓާ ދަނޑުގައި ކުޅުނު މެޗުން އިޓަލީ ކުރިހޯދީ 2-0 އިންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 37 ވަނަ މިނިޓްގައި އިންގްލެންޑަށް ލީޑުނަގައިދިން ގޯލު ޖެހީ ހެރީ ކޭން އެވެ. އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ދާދި ފަހުން މުގުރާލި ކޭން އަށް ރޭގެ މެޗުގެ ކުރިން ވަނީ އެ ރެކޯޑަށް ހާއްސަ ރަން ބޫޓެއް ދީފަ އެވެ. ރޭގެ ލަނޑާ އެކު ކޭން މި ވަނީ އިންގްލެންޑަށް 55 ލަނޑު ޖަހައިދީފަ އެވެ.

އިންގްލެންޑުން މި މެޗުގައި ޖެހި ދެ ވަނަ ގޯލު ކާމިޔާބުކުރީ ބުކާޔޯ ސަކާ އެވެ. މެޗުގެ 40 ވަަނަ މިނިޓްގައި ޖޯޑަން ހެންޑަސަން ދިން ބޯޅަ ސަކާ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ގޯލުގައި ކޭން އަށް ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިނީ ވެސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ސަކާ އެވެ.

އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ވޭން ރޫނީ ހަދާފައި އޮތް ރެކޯޑް މުގުރާލި ކޭން އަށް އިނގިރޭސި އެފްއޭ އިން ދިން ރަން ބޫޓާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.

މޯލްޓާ ކޮޅަށް އިޓަލީ އަށް 15 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މަޓެއޯ ރެޓެގީ އެވެ. އާޖެންޓީނާ އަށް އުފަން ފޯވާޑް، ރެޓެގީ މި ވަނީ އިޓަލީ އަށް ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި އޭނާ ވަނީ ސަންޑްރޯ ޓޮނާލީ ނެގި ބޯޅަ ބޮލުން ގޯލަށް ވައްދާލައިފަ އެވެ.

މެޗުގެ 27 ވަނަ މިނިޓްގައި މަޓެއޯ ޕެސީނާ ތަނަވަސްކުރި ފުރުސަތެއްގައި މޯލްޓާގެ މަތިއު ގިލޯމިއާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. މި ދެ ގޯލުގެ ލީޑުގައި އޮވެ އިޓަލީން މި މެޗު ކާމިޔާބުކުރީ އެެވެ.

ލަގްޒެމްބާގް ދަނޑުގައި ޕޯޗުގަލް އިން ޖެހި ހަ ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ދެ ލަނޑާ އެކު ރޮނާލްޑޯ، ޕޯޗުގަލް އަށް ޖަހައިދިން ލަނޑުގެ ޖުމްލަ ވަނީ 122 އަށް އަރައިފަ އެވެ. ޕޯޗުގަލްގެ އަނެއް ލަނޑުތައް ޖެހީ ޔޮއާއޯ ފެލިކްސް، ބެނާޑޯ ސިލްވާ، އޮޓާވިއޯ އަދި ރަފައެލް ލެއާއޯ އެވެ. މީގެ އިތުރުން ލެއާއޯ ޖެހި ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ.

ޕޯޗުގަލް ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލިޗެސްޓައިން އަތުން އައިސްލެންޑް ވަނީ 7-0 އިން މޮޅުވެފަ އެވެ. އަދި ސްލޮވާކިއާ އިން ވަނީ 2-0 އިން ބޮސްނިއާ ބަލިކޮށްފަ އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ އެންމެ ހައިރާންކުރަނިވި ނަތީޖާއެއް ނުކުތީ ގްރޫޕް އެޗްގަ އެވެ. ޑެންމާކުން ދެ ގޯލު ކުރީގައި އޮއްވައި، މެޗުގެ ފަހު ވިއްސަކަށް މިނިޓް ތެރޭ ކަޒަކްސްތާނުން ވަނީ ނަތީޖާ އަނބުރާލައި 3-2 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުތަކަށް ބަލާއިރު، ސްލޮވީނިއާ އިން 2-0 އިން ސޭން މަރީނޯ ބަލިކުރިއިރު، ނޯތަން އަޔަލެންޑް ދަނޑުގައި 1-0 އިން ފިންލެންޑް ވަނީ މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox