ޝަކުވާތައް ގިނަޔަސް ބަލަން ނިންމީ މަދު މައްސަލައެއް؛ ހިސާނަށް އެއީ ފަނޑިޔާރުންގެ ސުލޫކަށް އައި ހެޔޮ ބަދަލެއް!

ރައީސް ސޯލިހާއި އުއްތަމަ ފަނޑިޔާރާއެކު މެންބަރު ހިސާން؛ ޖޭއެސްސީން މައްސަލަ ބަލަން ނިންމި އަދަދު ދަށްވުމުން ހިސާންގެ ތައުރީފު

ރައީސް ސޯލިހާއި އުއްތަމަ ފަނޑިޔާރާއެކު މެންބަރު ހިސާން؛ ޖޭއެސްސީން މައްސަލަ ބަލަން ނިންމި އަދަދު ދަށްވުމުން ހިސާންގެ ތައުރީފު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން މަދު މައްސަލައެއް ބަލަން ކޮމިޝަނުން ނިންމަން ޖެހުނީ، ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައުމާ ގުޅިގެން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން މިއަދު އާންމުކުރި އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކޮމިޝަނަށް ފަނޑިޔާރުންނާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބެލުމަށް އެދި 392 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް ކޮމިޝަނުން ބަލަން ނިންމީ، އޭގެ ތެރެއިން އެންމެ 15 ޝަކުވާ އެވެ.

އަހަރީ ރިޕޯޓުގައި ހިމަނާފައިވާ ހިސާންގެ ލިޔުމުގައިވާ ގޮތުން، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބަލަން ނިންމި މައްސަލައިގެ ނިސްބަތް މަދުވުމަކީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެއް ކަމުގަ އެވެ.

"2022 ވަނަ އަހަރު ބަލަން ނިންމުނު މައްސަލަތަކުގެ އިންސައްތަ ދަށްވުމީ، ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެކެވެ،" ހިސާންގެ ލިޔުއްވުމުގައިވެ އެވެ.

އޭގެ އިތުރަށް، ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން ޝަރުއީ ނިޒާމުގެ ތެރެއިން އަދި ފަނޑިޔާރު ހަވާލުވެފައިވާ ޝަރީއަތް މެދުވެރިކޮށް ރަނގަޅު ކުރެވެން ހުރި ކަންކަމުގައި، ކޮމިޝަނުން މައްސަލަ ބެލުމުގެ ބަދަލުގައި ޝަރީއަތް މެދުވެރިކޮށް ރަނގަޅު ކުރުމަށް ބާރު އަޅުވާފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރު ކޮމިޝަންގެ 74 ބައްދަލުވުމެއް ބާއްވައި 512 ނިންމުމެއް ނިންމިކަން ހިސާން ފާހަގަ ކުރެއްވި އެވެ. އެ ތަފާސްހިސާބުތަކަށް ހަވާލާދީ، ހިސާން ސިފަކުރެއްވީ މިދިޔަ އަހަރަކީ ޖޭއެސްސީން ބުރަ މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox