މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑް ދީމާ އާއި ޝައްފާނަށް

Oct 18, 2024, 2:50 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑް ދީމާ އާއި ޝައްފާނަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގެ އެންމެ މޮޅު އެތުލީޓުގެ މަގާމު، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފި އެވެ.

ދީމާ މި ވަނީ ދެ ވަނަ ފަހަރަށް މި މަގާމު ހޯދައިފަ އެވެ. އަދި އެންމެ މޮޅު ޒުވާން އެތުލީޓުގެ މަގާމު ޖެހިޖެހިގެން ތިން ފަހަރު ހޯދީ ވެސް ދީމާ އެެވެ. ދީމާ ވަނީ އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އެންމެ އުންމީދީ ފިރިހެން ކުޅުންތެރިއަކީ، ދާދި ފަހުން، ޓީޓީގެ ގައުމީ ޗެމްޕިއަންކަން ހޯދި އަހްޔާރު އަހުމަދު ހާލިދު އެވެ.

ދީމާ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ، ދެ ވަނަ އަށް ދިޔަ، ފާތިމަތު ނަބާހާ ތިން ވަނަ ހޯދި އާމިނަތު ނަބީހާއާ ވާދަކޮށެވެ. ޝައްފާން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ، މިދިޔަ އަހަރު އެ މަގާމު ހޯދި ބޮޑީބިލްޑިން ޓީމުގެ އަޒްނީން ރަޝާދު އާއި ބެޑްމިންޓަން ކުޅުންތެރިޔާ، ނިބާލް އަހުމަދާ ވާދަކޮށެެވެ.

އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަނަކަށް ހޭންޑްބޯލް މޯލްޑިވްސް ހޮވުނުއިރު، ވާދަކުރަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އާއި ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ)އާ އެވެ.

ވަކިވަކި ކުޅިވަރުތަކުގެ މޮޅު ކުޅުންތެރިންނަށް ބަލާއިރު، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ، އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިއަކަށް އައިޝަތު މާޖިދާ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއަކީ، އާދަމް ނަސީމް (އެޑަމް) އެވެ. ފެތުމުން އެއް ވަނަ އެތުލީޓުންނަކީ، މުހައްމަދު ރިހާން ޝިހާމް އާއި މެރާލް އައިން ލަތީފް އެވެ. ޓެނިހުން ނަބާ ނިޝާން އާއި އަބްދުﷲ ފާއިހް ފަޒީލް އަށް މޮޅު އެތުލީޓުގެ މަގާމު ލިބިގެންދިޔައިރު، ސާފިން އިން އެއް ވަނަ ހޯދީ ހުސެއިން އަރީފް (އިބޫ) އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ.

ޕޫލް ބިލިއާޑުން ހަސަން ޝާޒް މުހައްމަދާއި ދީނާ އަހުމަދު މޮޅު އެތުލީޓުންނަށް ހޮވުނުއިރު، ނެޓްބޯޅައިގެ އެވޯޑް ހޯދީ އައިޝަތު ސަލީމާ އެވެ. ހޭންޑްބޯޅައިން އެވޯޑްތައް ހޯދީ މުހައްމަދު ޔަޝްމު އަހުމަދު އާއި ފާތިމަތު އަރުޝާ އެވެ. އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކީ، އާދަމް ނާސިފް އުމަރު އެވެ. ޗެސް އިން އެވޯޑްތައް ހޯދީ މުޖާހިދު ބިން ޔަޒީދު އާއި ނިހާޔާ އަހުމަދު އެވެ. ކެރަމް އިން އައިމިނަތު ވިދާދު އާއި އިސްމާއިލް އަޒްމީން އަށް މޮޅު އެތުލީޓު ލިބުނުއިރު، ބޮޑީބިލްޑިން އިން ހޯދީ އަޒްނީން އެވެ. މޮޅު ބޮޑީބޯޑަރުގެ އެވޯޑް ހޯދީ އަލީ ހުޝްރުވާން އަހުމަދު އެވެ.

އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ އެވޯޑްތައް ހޯދީ ދާދި ފަހުން ކުޅުން ހުއްޓާލި ފާތިމަތު ރިޝްމާ (ރިޝްޓޯ) އާއި އިސްމާއިލް ވިލްދާން ޔޫސުފް އެވެ. ބެޑްމިންޓަން މަގާމުތައް ލިބުނީ، ނިބާްލް އާއި ނަބާހާ އަށެވެ. އެތުލެޓިކްސް އިން ހަސަން ސާއިދު އާއި އަހްނާ ނިޒާރު މޮޅު އެތުލީޓަކަށް ހޮވުނުއިރު، މޮޅު ކޯޗުންނަކީ އެތުލެޓިކްސްގެ އަހުމަދު ފާއިލް އާއި ހޭންޑްބޯޅައިން ނަޝްފާ އާމިރާ އެވެ.

އެންމެ މޮޅު ޓެކްނިކަލް އޮފިޝަލަކަށް ފީފާ ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) ހޮވުނުއިރު، އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލަކީ، ވޮލީބޯލް އޮފިޝަލް، ހައްވާ އަބްދުލް މަޖީދު އެވެ. އަދި އެންމެ މޮޅު ކުޅިވަރުގެ ވިޝުއަލް އާޓިސްޓަކަށް، އިމޭޖަސް.އެމްވީގެ އިސްމާއިލް ތޯރިގު (އިއްސެ) ހޮވުނުއިރު، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު މި ފަހަރު ވެސް ހޯދީ "އަދަދު"ގެ އައްޒާމް އަލިފުޅު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox