ރޯދަ ހިފުމަށްޓަކައި ދުއްރައިން ތެޅުން

ރޯދަ ހިފުމަށްޓަކައި ދުއްރައިން ތެޅުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ރަމަޟާން މަހަށް މަރުހަބާ ކިޔާ އެ މަހަށް ތައްޔާރުވާން ތަފާތު ކަންތައްތައް ކޮށްއުޅެ އެވެ. މި ގޮތުން ކޮށްއުޅޭ ކަންތައްތައް ޒަމާނާއެކު ބަދަލުވަމުން އާދެއެވެ. އަނެއް ބައި ކަންތައް އެއްކޮށް ދޫކޮށްލައެވެ. އަދި އާކަންތައްތައް ފެށެމުންވެސް އާދެއެވެ. ބައެއްގެ ތެރޭގައި މިހެން ކޮށްއުޅުނު ކޮންމެކަމަކީވެސް އާދަކާދައިގެ ތެރެއަށް ވަންނަކަންތައްތަކެވެ.

ދިވެހިރާއްޖޭގައި ވެސް އަންޒަމާނުން އެހެން އެއްވެސް މަހަކަށް ތައްޔާރުނުވާ ވަރަށް ރަމަޟާން މަހަށް ތައްޔާރުވުން އޮވެ އެވެ. މިގޮތުން މިމަހަށް ތައްޔާރުވާން ކޮށްއުޅުނު ގިނަ ކަންތައްތަކަށް ބެލުމެއް ނެތި, ރޯދަ ހިފުމަށްވާ އެންމެ ފަހުގެ ތައްޔާރު ކަމުގައިވާ ދުއްރައިން ތެޅުމަށް ބަލައިލާނަމެވެ. ކުރީގައި ދެންނެވި ފަދައިން މިއީ ދިވެހިން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކޮށްއުޅުނު ކަންތައްތަކުގެ ތެރެއިން މިކަން ކޮށްފައި ނޫނީ ރޯދަ ނުހިފޭ ވަރުގެ ކަމެކެވެ. އެހެން ކަމުން ރޯދަ ހިފާ އުމުރުގެ ހަމަ އެކަކުވެސް މިކަމަކުން އިސްތިސްނާއެއް ނުވާނެއެވެ.

ރޯދައަށް ދުއްރައިން ތެޅުމަކީ އަހަރު ތެރޭގައި އެމީހަކަށް އެނގިގެންނާއި ނޭނގި ކުރެވިފައި ހުރި، ކުށްތަކުގެ ކައްފާރާއެއްގެ ގޮތުން ކޮށްއުޅުނު ތައުޒީރެކެވެ. މި ތެޅުން ތެޅިގެން ނޫނީ ރަމަޟާން މަހު ރޯދަ ނުހިފޭކަމުން ރަމަޟާން މަސް ކައިރި ވަމުން އަންނަވަރަކަށް ނައިބުގޭ ދޮށަށް ރައްޔިތުން ގޮސް ދުއްރައިން ތެޅި ރޯދަ ހިފުމަށް ތައްޔާރުވެ އެވެ. މި ތެޅުން ތަޅާނީ ފަސްފަހަރު އެވެ. މާބާރަކަށް ނޫނެވެ.

ދުއްރައިން ނުތެޅި ތިބި މީހުންގެ ތެރެއިން މަހަށް ފަރަށް ދާ މީހުންވެސް ކޮންމެ ގޮތަކުންވެސް އެރެއަށް ރަށަށް އަންނަން ޖެހޭނެ އެވެ. ވައިވަރު ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުން ރަށަށް އައުން ލަސްވިޔަސް، ފަނޑިޔާރުގެއިން ފޮނުވާ ދޭވާނީ އަތިރިމަތީގައި އެ މީހުންގެ ހަބަރު ބެލުމަށް މަޑުކުރެއެވެ. އެއީ އެއިން އޮޑިއެއްގައި ރޯދަޔަށް ނުތަޅާ މީހަކު ފަހަރެއްގައި ހުރެދާނެތީ އެވެ. ނުތަޅާ ހުރި މީހަކު ރަށު ގޮނޑުދޮށަށް ފޭބުމުން ދުއްރައިން ތަޅާފައި ނޫނީ ދޭވާނީއަކަށް ގެއަކަށް ނުދެވޭނެ އެވެ. ކޮންމެ ގޮތަކުން ވިޔަސް ނުތެޅި މީހަކު ހުރި ނަމަ އެ މީހަކަށް ރޯދައެއް ނުހިފޭނެ އެވެ.

މި ތެޅުން ތެޅުމުގައި ދޭވާނީ ކިޔާ އުޅެނީ, އައްމާނަހާ ހުﷲ، ރަޖުޢަތުﷲ، އަސްތަޣުފިރުﷲ އަދި މީގެ އިތުރުން ޝަހާދަތުގެ ދެކަލިމަވެސް ކިޔައި އުޅުނު ކަމުގައި ވެއެވެ. މިވާހަކަ އަޅުގަނޑަށް ކިޔައި ދެއްވީ, ކަނޑިތީމު ޔޫސުފް ޙަސަން, ނަސީމީގެ އެވެ.

މިފަދަ ބޯދާ ކަންކަމުން އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުމާއި އޭރު އެބައިމީހުންގެ ހާލަތު ހުރި ނެތް ގޮތް އެނގިގެން ދެ އެވެ. މިއަދު ހެޔޮ ނިޔަތުގައި ކުރަމުންދާ ކިތަންމެ ކަމެއް މާދަމާ ހުއްޓާލާ ދޫކޮށްލަން ޖެހުމަކީ އަޅުގަނޑުމެން ހައިރާންވާ ޖެހޭވަރުގެ ކަންކަމެއް ނޫނެވެ. މިހާރުވެސް ހިނގަމުން އަންނަ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox