މެސީގެ 800 ވަނަ ގޯލާ އެކު މޮޅުވެ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ އުފާފާޅުކުރުން ބާއްވައިފި

Mar 24, 2023, 7:06 AM
ޕެނަމާ ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

ޕެނަމާ ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 24) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޕެނަމާ އަތުން 2-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި ލިއޮނަލް މެސީ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި ޖެހި 800 ވަނަ ގޯލު ކާމިޔާބުކުރިއިރު، މެޗަށް ފަހު އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުފާފާޅުކުރުންތައް ބާއްވައިފި އެވެ.

މިއީ ގަތަރުގައި މިދިޔަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ އިން އެ މުބާރާތަށް ފަހު އަމިއްލަ ފަސްގަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

އާޖެންޓީނާގެ މޮނިއުމެންޝިއަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ދެ ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 78 ވަނަ މިނިޓްގައި އާޖެންޓީނާ އިން ލީޑުނެގީ ބަދަލަކަށް ކުޅެން އެރި ތިއާގޯ އަލްމާޑާ ޖެހި ގޯލުންނެވެ. މިއީ، މެސީ ޖެހި ހިލޭ ޖެހުމަކުން ހުރަސްދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ބޯޅަ އައި ވަގުތު އަލްމާޑާ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގައި އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖެހީ 89 ވަނަ މިނިޓްގައި މެސީ އެވެ. މިއީ ހިލޭ ޖެހުމަކުން މެސީ ޖެހި މޮޅު ގޯލެކެވެ. މި ލަނޑާ އެކު މެސީ ވަނީ ކެރިއަރުގައި 800 ގޯލު ހަމަކޮށްފަ އެވެ. އޭގެ ތެރެއިން ގައުމީ ޓީމަށް ވަނީ 99 ގޯލު ޖަހައިދީފަ އެވެ. ބާކީ ގޯލުތަކަކީ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި ގޯލެވެ.

މެސީ ރޭގެ މެޗަށް ފަހު ސަޕޯޓަރުންނަށް ވޯލްޑް ކަޕްގެ ރެޕްލިކާ ޓްރޮފީއެއް ދައްކާލަނީ.

މެޗަށް ފަހު އާޖެންޓީނާ ކުޅުންތެރިން ވަނީ ދަނޑުމަތީގައި އެ ޓީމުގެ އާއިލާއާ އެކު ސަޕޯޓަރުންގެ ވެސް ހާޒިރުގައި ވަގުތުތަކެއް ހޭދަކޮށްފަ އެވެ. ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން މެސީ ބުނީ ފުޓްބޯޅަ ކެރިއަރުގެ އެންމެ ފަހު އަހަރުތައް ހޭދަކުރަމުން އަންނައިރު، އާޖެންޓީނާއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ދެކުނު ހުވަފެނެއް އެއީ ތި ސަޕޯޓަރުންނާ އެކު އުފާފާޅުކުރުންތަކެއް ބޭއްވޭނެ ދުވަހަކަށް. މިހާރު އަހަންނަށް މި ހިތްހަަމަޖެހުން މި ލިބެނީ ދެ ވަަނަ ފަހަރު. އެއް ފަހަރު ކޮޕަ އެމެރިކާ ތަށި ހިފައިގެން، މި ފަހަރު ވޯލްޑް ކަޕް ތަށްޓާ އެކު، މިއީ ހަނދާނުން ފޮހެލަން އުނދަގޫވާނެ ވަގުތުތަކެއް،" މެސީ ބުންޏެވެ.

ދާދި ފަހުން އާޖެންޓީނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރި ސްކަލޯނީ ބުނީ އާޖެންޓީނާ ގައުމީ ޓީމުގައި މުސްތަގުބަލުގައި ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ވެސް އެބަތިބި ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭ މިންވަރު އިތުރުކުރެވޭނެ ގޮތްތަކެއް ހޯދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox