ތިން މާރުކޭޓުގައި އަގުތައް އުފުލުނު ތަކެއްޗާއި ހެޔޮވި ތަކެތި

ލޯކަލް މާރުކޭޓުގައި މޭވާ ވިއްކަން އަތުރާފައި -- ފޮޓޯ: އަދަދު

ލޯކަލް މާރުކޭޓުގައި މޭވާ ވިއްކަން އަތުރާފައި -- ފޮޓޯ: އަދަދު

ލޯކަލް މާރުކެޓުގެ ދޮރު މައްޗަށް އެރިއިރަށް، ގަދަ ގިތެޔޮވަހުގެ ވަހުން ނޭފަތް ފުރާލި އެވެ. މީރު ވަހެކެވެ. ދިވެހީން އެންމެ ގަޔާވާ ކަނޑޫދޫ މިރުހުގެ ވަހެވެ. އަދަކީ މުލަރޯދަ ދުވަސްކަމުން އެތެރެއަށް ވަދެ ހިނގައިގަތީ އެއްޗެތީގެ އަގު އަހަމުންނެވެ.

ދެފަރާތުން އެކި ބާވަތުގެ މޭވާ އަތުރާފައި ހުރިއިރު، ތޮއްޑޫ ކަރާ އަދި މާރުކޭޓުގައި ތިޔާތްގެއް ނުވެ އެވެ. މަދުމަދުން ކަރާ ނެތް ވާހަކައެއް ނޫނެވެ. އަގު ހުރީ 30ރ. އަށް ކިލޯ އެކެވެ.

ހެނދުނު 80ރ. އަށް ހުރި ފެޝަން ފުރުޓު ކިލޯއެއް މިހާރު ހުރީ 100ރ. އަށް އުފުލިފަ އެވެ. ވީގޮތެއް ނޭނެގެ އެވެ. ދޮން އަނބު ކިލޯއެއްގެ އަގު 100ރ. އަށް ހުރިއިރު، ފޭރު ކިލޯއެއްގެ އަގު ހުރީ 80ރ. އަށެވެ.

ކާށީގެ އަގު ރަނާ އެއްވަރެއްގައި ހިފަހައްޓާފައި ހުއްޓެއް ކަމަކު ކުރުނބަލުގެ އަގު މާބޮޑެއް ނޫނެވެ. 30ރ. އަށް 40ރ. އަށް ހެޔޮވަރުގެ ކުރުނބާ އެބަހުއްޓެވެ. ކާއްޓެއްގެ އަގު އުޅެނީ 20ރ. އާއި 40ރ. އާ ދެމެދުގަ އެވެ.

މާރުކޭޓުގައި ވިއްކަން ހުރި ކުއްޅަފިލާ ފަތް، އަގު ހުރީ ބޮނޑިއެއް 15ރ. ގެ މަގުން -- ފޮޓޯ: އަދަދު
މާރުކޭޓުގައި ވިއްކަން ހުރި ކުއްޅަފިލާ ފަތް، އަގު ހުރީ ބޮނޑިއެއް 15ރ. ގެ މަގުން -- ފޮޓޯ: އަދަދު

މާރުކޭޓުގައި ވިއްކަން ހުރި ކުއްޅަފިލާ ފަތް، އަގު ހުރީ ބޮނޑިއެއް 15ރ. ގެ މަގުން -- ފޮޓޯ: އަދަދު

އިސާހިތަކު ވަށައިގެން ކަނޑޫދޫ މިރުސް އަތުރާފައި ހުރި ގޮޅިއަކާ އަރައި ހަމަވެއްޖެ އެވެ. އެއީ އިސްމާއިލް ހުސެން ހިންގާ ގޮޅި އެވެ. މިރުހުގެ އަގު އަހައިލުމުން ހީނގެންފައި އަގުކީ ގުރާމުންނެވެ. 100 ގުރާމު 30ރ. އަށެވެ. އެއީ އިއްޔެ ހުރި އަގަށްވުރެ ހެޔޮ އަގެކެވެ. އެކަމަކު މާދަމާ އެ އަގު ބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

"ކަނޑޫދޫގައި ނޯވޭ މުދާ އުފުލާ ދޯނިފަހަރެއް، އެހެންވީމަ މިރުސް މާލެ ނުގެނެވިއްޖެއްޔާ އަގު ބޮޑުވާނެ، ލިބިއްޖެއްޔާ ނުވާނެ" މިރުހުގެ އަގު ބޮޑު ވެދާނެތޯ ސުވާލު ކޮށްލުމުން ހުސެން ބުންޏެވެ.

ކަނޑޫދޫ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ އެއީ ކަމުގައިވިޔަސް އެމީހުން ހައްދާ ތަކެތި މާލެއަށް ފޮނުވުމަށްޓަކައި ބަރޯސާވެގެން ތިބެންޖެހެނީ އެ އަތޮޅު ދިޔަމިގިލީ ދ. އަތޮޅާއި ލ. އަތޮޅުގެ އޮޑިދޯނިފަހަރަށާއި ލޯންޗުފަހަރަށެވެ.

"އިއްޔެ އެ އައީ މިއަދު އަންނަން އޮތް [ދ. އަތޮޅު] ލޯންޗު، ދެން އޮންނާނީ މާދަން ނޫން އަނެއް ދުވަހު، އެކަމަކު ރޯދައިގެ ފުރަތަމަ ދުވަސްކޮޅު ވީމާ ހިޔެއް ނުވޭ އެ އަންނާނެހެނެއް،" ހުސެން ބުންޏެވެ.

އޭނާ ބުނީ އެ އަތޮޅުން މުދާ ހިފައިގެން އަންނަ ދެ ދޯނި ވެސް މިވަގުތު އޮތީ މާލޭގައި ކަމަށާއި އެ ދެ ދޯނި ރަށަށް ގޮސް އަނބުރައި މާލެ އަންނާނީ ފެށޭ ހަފުތާގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ހީވަނީ އަންނަ ހަފުތާގައިހެން ދެން މިރުސް ލިބޭނީ، ލިބުން ދަތިވާ ވަރަކަށް އަގު އުފުލޭނެ،" ހުސެން ބުންޏެވެ.

ކަނޑޫދޫ މިރުހުގެ އަގާއި ލ. އަތޮޅު މިރުހުގެ އަގު ވެސް ހުރީ ދާދި އެއް ހަމައެއްގަ އެވެ. އެ އަތޮޅު ގަމުން ގެނެސްފައި ހުރި މިރުސް ހުރީ ކިލޯއެއް 280ރ. އަށެވެ. އިތުރު ވައްތަރެއްގެ މިރުހެއް ވެސް ހުއްޓެވެ. އެއީ ސީދާ ކޮން ނަމެއް ކިޔާ މިރުހެއް ކަމެއް ގޮޅި ހިންގަން ހުރި، އަހުމަދު އާދިލަކަށް ވެސް ނޭނގުނެވެ.

"ތިޔައީ އާ ވައްތަރެއްގެ މިރުހެއް، ރާބިޔާ މިރުހުގެ ވައްތަރެއް،" ތިން އަރީގައި ރޮނގު އަޅާފައި ހުރި ދިގުފަލަ އެ މިރުހަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

އަލަށް ގެނައި ކަމަށް ބުނާ މިރުސް -- ފޮޓޯ: އަދަދު
އަލަށް ގެނައި ކަމަށް ބުނާ މިރުސް -- ފޮޓޯ: އަދަދު

އަލަށް ގެނައި ކަމަށް ބުނާ މިރުސް -- ފޮޓޯ: އަދަދު

ރޯދަވީއްލާ ވަގުތު ދިވެހީންގެ އަނގަޔަށް އެންމެ ކަމުދާ މަސްހުނި މޮޑެން ބޭނުން ކުރާ ސާމާނު ބާޒާރުގައި ގިނައިން އެބަ ހުއްޓެވެ. ކުއްޅަފިލާފަތް ވެސް ކޮޕީ ފަތް ބޮނޑިއެއް ވެސް ހުރީ 15ރ. އަށެވެ. ރާނބާ ފަތެއް 5ރ. އަށެވެ. ބަޓާނާ ކިލޯއެއް 45ރ. އަށެވެ. ބަރަބޯ ކިލޯއެއް 35ރ. އަށެވެ.

އެތަނުން ނުކުމެގެން ގޮސް މަސްމާރުކޭޓަށް ބޯދިއްކޮށްލިއިރު، ހެޔޮވަރު ސައިޒުގެ ގޮދަޔާއި ކަންނެލި އެތަނަށް އަރުވާފައި ހުއްޓެވެ. ކަނޑުމަހު ކިލޯއެއް ހުރީ 70ރ. އަށް 80ރ. އަށެވެ. ކަންނެލި ކިލޯއެއް ހުރީ 30ރ. އަށެވެ.

މާރުކޭޓު އިރުމަތީ ބިތުގައި މަޑުކޮށްލައިގެން ތިބި މީހުން ގާތަށް ޖެހިލިއިރު، ކަނޑައި، ޅިޔަ ޖަހައި ފިހަން ތައްޔާރު ކޮށްފައި ހުރި މަސް ވިއްކަން އެތަނުގައި ހުއްޓެވެ. ރެއްސާއި މުށިމަހާއި ރިއްމަސް ވެސް އެތަނުގައި ހުއްޓެވެ. މުށި މަސް އުޅެނީ 20ރ. އަށް ހަތަރު މަހެވެ. ބޮޑެތި ރިއްމަސް 5ރ. އަށް މަހެކެވެ. ތެލު އަޅައިގެން އެއްފަހަރުން ކާލެވޭވަރުގެ ރިއްމަސް 20ރ. އަށް 25 މަހެވެ.

ރެހި ޖޯޑެއް 10ރ. އަށް ހުރިއިރު، ވަގުތުން ގެންގޮސް ފިހެލެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުރި މެދު ސައިޒުގެ މާނިޔާ މަހެއްގެ އަގަކީ 70ރ. އެވެ.

ވަޅޯމަސް މާރުކޭޓުގައި އެކިވައްތަރުގެ މަސް ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަދަދު
ވަޅޯމަސް މާރުކޭޓުގައި އެކިވައްތަރުގެ މަސް ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަދަދު

ވަޅޯމަސް މާރުކޭޓުގައި އެކިވައްތަރުގެ މަސް ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަދަދު

ވަޅޯ މަސް މާރުކޭޓަށް ވަދެ އަގުތައް ބަލައިލިއިރު މަހެއްގެ އަގު ހުރީ 20ރ. އާއި 50ރ. އާ ދެމެދުގަ އެވެ. ގަބުޅިއެއްގެ އަގު ހުރީ 20ރ. އާއި 25ރ. އާ ދެމެދުގަ އެވެ. ކުރުނބާ ފުޅިއެއްގެ އަގަކީ 100ރ. އެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ އަޅައި ބަލާއިރު، އެހެން މަސްތަކަށްވުރެ ބައެއް ތަކެތީގެ އަގު ބޮޑުވެފައި ހުރި ނަމަވެސް އަގުހެޔޮވީ ތަކެތި ވެސް މަދެއް ނޫނެވެ. ކޮންމެ ރޯދަމަހެއްގައި ވެސް ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިގެން ދަނީ ކުރީކޮޅެވެ. މަހުގެ ހިމަކޮޅަށް ދާވަރަކަށް އަގުތައް ވެސް ކުޑަވަމުން ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox