ރައީސް ނަޝީދުގެ ކިއްލާ މާލޭ، ގުޅުވާލަދެނީ މީގެ 3 ގަރުނު ކުރިޔާ

ކިއްލާ މާލޭއަކީ ތާރީހީ މަސައްކަތުގެ ދަނޑުގައި، ދަނޑުބުޅި އަޅައި، ގޮވާން އިންދަން ތައްޔާރުކުރި ކުރުމެއް ކަމަށް ނަޝީދު ލިޔުއްވާފައިވޭ -- އާޓްވޯކް: މުހައްމަދު ރައްޔާން / އަދަދު

ކިއްލާ މާލޭއަކީ ތާރީހީ މަސައްކަތުގެ ދަނޑުގައި، ދަނޑުބުޅި އަޅައި، ގޮވާން އިންދަން ތައްޔާރުކުރި ކުރުމެއް ކަމަށް ނަޝީދު ލިޔުއްވާފައިވޭ -- އާޓްވޯކް: މުހައްމަދު ރައްޔާން / އަދަދު

ކުރީގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ، ގ. ކެނެރީގޭ، މުހައްމަދު ނަޝީދު ލިޔުއްވައި ރޭ ނެރެދެއްވި 'ކިއްލާ މާލޭ' ގެ ތައާރަފު ފައްޓަވަމުން ފުރަތަމަ ދެ ޖުމުލައިގައި އެ މަނިކުފާނު ލިޔުއްވާފައި ވެއެވެ.

"މާލެއަކީ ވަކި މިވެނި މީހެއްގެ ރަށެ ނޫނެވެ. ޒަމާނުއްސުރެ މާލޭގައި ދިރިއުޅުނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އައިސް ތިބި މީހުންގެ އިތުރުން ރާއްޖޭން ބޭރު ކިތަންމެ ތަންތަނަކުން އައިސް ތިބޭ މީހުންނެވެ،"

އެ މަނިކުފާނުގެ ގަލަންކޮޅުން ކަރުދާހަށް ދޫކޮށްލައްވައިފައިވާ އެ ވާހަކަތަކަކީ މީގެ ތިން ގަރުނު ކުރީގެ ފަތްކޮޅުތައް ބަލައި ކުރެއްވި ތާރީހީ ދިރާސާ އެކެވެ. އޭރު މާލޭގައި އުޅުނު މީހުންނާއި އެމީހުންގެ އާއިލާތަކުގެ މައުލޫމާތެވެ. އެ އާއިލާތައް ފެށިގެން އައި ގޮތާއި މާލޭގައި މީހުން އާބާދުވެފައިވާ ގޮތެވެ. މާލެއަކީ ކޮބައިކަމާއި އެރަށުގެ މަގުތަކެވެ. ބިނާތަކާއި ގޯތިގެދޮރު ހުރި ތަންތަނާއި އެތަންތަނުގައި ހުރި ތަކެތީގެ ވާހަކަ އެވެ.

"އެ އާއިލާތައް ފެށިގެން އައި މަގު ކިޔައިދީފައި ވަނީ އެކަން ހިނގި އިރުގެ ފަތްކޮޅުތަކުންނެވެ. ދޮގު ކުރެވެން ނެތް މިންވަރުގެ ހެއްކާ އެކު އެވެ. މިއީ މާލޭގެ ހުރިހާ އެންމެންގެ ވާހަކަ އެވެ،" ނަޝީދު ލިޔުއްވައިފައިވެ އެވެ.

މާލެއަށް އުފަން، މާލޭގެ ހުރިހާ ރައްޔިތުންގެ އަސްލާއި އެމީހުންގެ ކާބަފައިންގެ ވާހަކަ އެ މަނިކުފާނު ލިޔުއްވާފައި ވަނީ 2008 ވަނަ އަހަރު، ރަންޖެހިކޮށީން ފެނުނު މާލޭގެ ގޯތިގޯއްޗާ ގުޅޭ 273 ފަތްކޮޅު ދިރާސާ ކުރެއްވުމަށްފަހު އެވެ. އޭގެއިތުރަށް އެ ފޮތުގައި ހިމަނުއްވާފައިވާ މައުލޫމާތުތަކަކީ ތާރީހީ އެތައް ބައިވަރު ފަތްފުށްތަކުން އެމަނިކުފާނު ނަންގަވައިފައިވާ ޖަވާހިރެވެ.

ގަލޮޅު އުމަރު މޭނާ ބަނޑޭރި ގޯތީގެ ފަތް (ފުނަމާގެ) ، އެ ފޮތުގައި ހިމަނާފައިވަނީ އެފަދަ އެތައް ބައިވަރު ފަތްފުށްތަކުން ފުރާނައިގެން ނަގާފައިވާ މައުލޫމާތު -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު
ގަލޮޅު އުމަރު މޭނާ ބަނޑޭރި ގޯތީގެ ފަތް (ފުނަމާގެ) ، އެ ފޮތުގައި ހިމަނާފައިވަނީ އެފަދަ އެތައް ބައިވަރު ފަތްފުށްތަކުން ފުރާނައިގެން ނަގާފައިވާ މައުލޫމާތު -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު

ގަލޮޅު އުމަރު މޭނާ ބަނޑޭރި ގޯތީގެ ފަތް (ފުނަމާގެ) ، އެ ފޮތުގައި ހިމަނާފައިވަނީ އެފަދަ އެތައް ބައިވަރު ފަތްފުށްތަކުން ފުރާނައިގެން ނަގާފައިވާ މައުލޫމާތު -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު

ސަތޭކަ ފަސްދޮޅަސް ފަސް ސަފުހާގެ އެ ފޮތުގައި މާލެ ސިފަ ކޮށްފައި ވަނީ 1888 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ބަދަލުވިއިރު، މާލެ އޮތް ގޮތެވެ. އޭރު މާލޭގެ އާބާދީ އާއި ގޯތިގެދޮރު ހުރި އަދަދުގެ އިތުރުން މާލޭގައި ހުރި ހާއްސަ ތަންތަނުގެ ތަފުސީލު ވަރަށް ފުރިހަމައަށް، ކުރެހުމާއެކު ފޮތުގައި ހިމަނުއްވާފައިވެ އެވެ. ކުރެހުންތައް ކުރަހާފައި ވަނީ އައިމިނަތު ޝިމްހާ ޝަކީބެވެ.

ފޮތުގެ ނަމަކަށް ކިއްލާ މާލޭ ކިޔާފައިވަނީ އެންމެ އިހު ޒަމާނުއްސުރެ ވެސް ވެރިކަން ކުރަމުން އައިސްފައިވަނީ މާލޭގައި ކަމަށްވެފައި، ފޮތުގައި ބަޔާން ކުރާ ތާރީހުގައި މާލޭގެ ވަށައިގެން ބޮޑު ފާރަކާއި އެ ފާރުގެ ބުރުޒުތަކާ އެކު މާލެއަކީ ބިނާކޮށްފައި އޮތް ރަށެއް ކަމަށް ވާތީ އެވެ.

"މާލެއަކީ އެންމެ ފުރަތަމަ ދަރަޖައިގެ ކިއްލާ އެކެވެ، ކޯއްޓޭއެކެވެ. ވަށައިގެން ބޮޑުފާރަކާއި ބަޑި ހަރުކުރި ބުރުޒުތަކަކުން ހިމާޔަތްކުރެވިފައިވާ ކިއްލާއެކެވެ،" ނަޝީދު ލިޔުއްވައިފައިވެ އެވެ.

އެ ފޮތުގައި ފާހަގަކުރާ އެންމެ ގަދީމީ މިސްކިތަކީ މީލާދީން 1504، ގައި ހަދި މާބަނޑޭރި ކަލޯއާއި ހަދި އައިސާ ކަނބުލޯއާއި ދެމަފިރިން ބިނާކުރެއްވި ޙަދީބީ މިސްކިތެވެ. ފޮތުގައިވާ އެންމެ ޒަމަނީ ވާހަކައަކީ މީލާދީން 2020، ގައި އެސްޖެހިގަނޑުވަރު ރޫޅާލި ވާހަކަ އެވެ.

މުޅި ފޮތަށް ނަޒަރު ހިންގައިލާއިރު، ކިއްލާ މާލޭގައި ބަޔާންކޮށްފައި އެވަނީ އެޒަމާނުގައި މާލޭގަައި މީހުން ވަޒަންވެރިވީ ގޮތާއި ކޮށިކޮއްޓަށް ގޯތިތައް ބެހިގެންދިޔަ ގޮތާއި ގޯތިގޯއްޗަށް ނަންދެވިފައި ހުރި ގޮތެވެ. އަދި، އެމީހުންގެ ދަރިފަސްކޮޅު ދެމެމުން އައި ގޮތެވެ.

އެހެންކަމުން އެ ފޮތުގައި އެވާ އަގުހުރި ހަޒާނާއިން މާލެއަށް އުފަން މާލޭ މީހުންގެ ދަރިގެދަރިމިނިމިނީން ދެނެގަނެ އެމީހުންގެ ހާންދާނުތައް ފެށިގެން އައި ގޮތާއި އާއިލާއަކީ ކޮބައިކަން ދެނެގަންނަން ކިތަންމެހައި ވެސް ފަސޭހަ ވާނެ އެވެ.

ކޮންމެ އަވަށަކަށް ވަކިން ހާއްސަ ކަޅިއެއް އެއްލަވައިގެން ކުރައްވާފައިވާ އެ މަސައްކަތްޕުޅުގައި މާލޭގެ ބޮޑެތި އާއިލާތަކާ ބެހޭ މުހިންމު މައުލޫމާތުތައް ހިމެނެ އެވެ.

"އެދުވަހުގެ މާލޭގެ އާބާދީގެ ވަރަށް ގިނަ ބަޔަކީ މާލޭގައި ވަޒަންވެރި ވި މަލާބާރު، އެފްރިކާ، ސިންގަޅަ، ސޯޅިޔާ، ތުރުކީ، ބަންގާޅު... މިހެންގޮސް އެތަން މިތަނުން އައިސްތިބި މީހުންގެ ދަރީންނެވެ، ދެވަނަ ޖީލުގެ މާލޭ މީހުންނެވެ،" ނަޝީދު ލިޔުއްވައިފައިވެ އެވެ.

އަށާރަސަތޭކައިގެ އަހަރުތަކަށް އަލިވިލުނުއިރު، މާލޭގެ ހަތަރު އަވަށުގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެތަނުގައި އުޅުނު މީހުންގެ މައުލޫމާތު އެމަނިކުފާނު ވަކީން ލިޔުއްވައިފައިވެ އެވެ. އެންމެ ތަފުސީލުކޮށް ލިޔުއްވައިފައި ވަނީ މައްޗަންގޮޅީގެ ކަންކަމެވެ.

އެގޮތުން، މައްޗަންގޮޅީގައި އޭރު ދެތިން ސަރަހައްދެއްގައި މީހުން ދިރިއުޅެމުންދިޔަ ކަމަށާއި އެ ސަރަހައްދުތައް ޗާޓުކޮށް ވަޒަންވެރިންގެ ގޮތުގައި އުޅުނީ ކޮންބައެއްކަން އެ ފޮތުގައި ހިމަނުއްވައިފައިވެ އެވެ. އޭގެތެރޭގައި ރިނބުދޫކޮއްޓާއި ކުރޮޅި ކޮށި ނުވަތަ މާވެޔޮދޮށުގޯއްޗާއި ތިލަދުންމަތީ މާލެ އާއި ގައްދޫގޯތީގައި ދިރިއުޅުނު މީހުންގެ ތަފުސީލު ހިމެނެ އެވެ.

މައްޗަންގޮޅީ މުއިވެޔޮދޮށަށް ހިނގާމަގާއި، ކޯރުކެނޑި މަގާއި ދެމެދުގައި ހުންނަ ކުރޮޅި ކޮށި ނުވަތަ މާވެޔޮދޮށާ ބެހޭ މައުލޫމާތު -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު
މައްޗަންގޮޅީ މުއިވެޔޮދޮށަށް ހިނގާމަގާއި، ކޯރުކެނޑި މަގާއި ދެމެދުގައި ހުންނަ ކުރޮޅި ކޮށި ނުވަތަ މާވެޔޮދޮށާ ބެހޭ މައުލޫމާތު -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު

މައްޗަންގޮޅީ މުއިވެޔޮދޮށަށް ހިނގާމަގާއި، ކޯރުކެނޑި މަގާއި ދެމެދުގައި ހުންނަ ކުރޮޅި ކޮށި ނުވަތަ މާވެޔޮދޮށާ ބެހޭ މައުލޫމާތު -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު

ހަމައެގޮތަށް މާފަންނުގައި މީހުން އުޅުނު ތަންތަނާއި ދަރިފަސްކޮޅު ބެހިގެން އައިގޮތް ވެސް އެ މަނިކުފާނު ތަފުސީލު ކުރައްވައިފައިވެ އެވެ.

"...ވަކިން ހާއްސަކޮށް އެއޮތް ޝާރިޢުވަރުދީއަކީ މުޅިން އަރަބިކަރައިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރައި، އަދި އެ ތަނުގައި ކޮންމެ ވެސް ވަރަކަށް އަބަދު ވެސް އަރަބިން އުޅުނު ހިސާބެއް..،" ނަޝީދު ލިޔުއްވައިފައިވެ އެވެ.

މާފަންނުން އަލިއަޅުއްވައިލައްވާފައިވާ ތަންތަނުގެ ތެރޭގައި ކޮޑަކޮއްޓާއި އެތަނުގައި ހުރި ތިންބަޑި ބުރުޒާއި މާފަންނުގެ އާއި ދިވެހި ތާރީހުގައި އެންމެ ގިނަ ތަންތަނަށް ދުވި، ކަޅުވަކަރު މިސްކިތުގެ ވާހަކަ ހިމެނެ އެވެ.

ފޮތުގައި އޭރު ގަލޮޅު އޮތްގޮތް ސިފަކޮށްދެއްވައިފައި ވަނީ ކިޔަމުންދިޔަ ވަރަކަށް ހަމަލޮލަށް ތަސްވީރު ސިފަވާ ފަދަ ގޮތަކަށެވެ. އެ އަވަށުގައި ހުރި ބޮޑުގަނޑުވަރާއި އޭގެ ދެކުނަށް ހުރި ދެވަނަ ދަރަޖައިގެ ގަނޑުވަރުތަކާއި އެތަންތަނުގައި މަސައްކަތް ކުރާން ގެންގުޅުނު އަޅުންގެ ވާހަކަތަކެވެ.

ހެންވޭރާ ގުޅޭ ލިޔުންތަކާއި ފެންނާން ހުރި މައުލޫމާތުގެ މަދުކަމާ އެކު ވެސް ކިއްލާ މާލޭގައި އެ އަވަށް ވެސް ތަފުސީލީކޮށް ސިފަކޮށްދެއްވައިފައިވެ އެވެ. އެގޮތުން، މާލޭ ބޮޑުފާރުގެ އުތުރު ފަރާތު ބުރުޒުން އެންމެ މުހިންމު ބުރުޒު ކަމުގައިވި ނާނޭ ބުރުޒާއި ދޮޅިދާން މިސްކިތުގެ އިތުރުން ބޮޑުކޮއްޓާއި ލާރީގައި ސިއްކަޖެހުމުގެ މަސައްކަތް ކުރި ސިއްކަގޭ މީހުންގެ ވާހަކަތަކާއި ރޯނުކޮށީގެ ވާހަކަތައް ފޮތުގައި ހިމަނުއްވާފައިވެ އެވެ.

ޖިއޮގުރަފީއާބެހޭ މަޝްހޫރު އަރަބި މުއައްރިޙު، އަލްއިދްރީސީއާ ހަވާލާދީ ނަޝީދު ލިޔުއްވާފައި ވާގޮތުން ހެންވޭރު، އެ ނަމުގެ އަސްލަކީ "އަންބްރިއާ" އެވެ.

އެގާރަސަތޭކަ ފަންސާސް ވަނަ އަހަރު އަލްއިދްރީސީ ލިޔުއްވާފައިވާ ލިޔުމަކުން ނަކަލު ކުރައްވައި ފޮތުގައި ނަޝީދު ލިޔުއްވާފައިވެ އެވެ. "މި ރާއްޖޭގެ އެންމެ އިސް ރަށަކީ "އަންބްރިއާ" (ހެންވޭރު) އެވެ. ރަސްގެފާނާއި އޭނާގެ އަނބިކަނބަލުން އުޅުއްވަނީ މި ރަށުގަ އެވެ،"

ނާނޭ ބުރުޒު ހުރީ މިހާރު ހެންވޭރު މަސްވެރިންގެ ޕާކު ހުރި ހިސާބުގަ އެވެ. 1755 ވަނަ އަހަރު ދޮންބަންޑާރައިންނަށް އެހީތެރިވެދޭން އައި ފަރަންސޭސި ސިފައިންގެ ބެރެކްސް ހުރީ ނާނޭ ބުރުޒުގައި -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު
ނާނޭ ބުރުޒު ހުރީ މިހާރު ހެންވޭރު މަސްވެރިންގެ ޕާކު ހުރި ހިސާބުގަ އެވެ. 1755 ވަނަ އަހަރު ދޮންބަންޑާރައިންނަށް އެހީތެރިވެދޭން އައި ފަރަންސޭސި ސިފައިންގެ ބެރެކްސް ހުރީ ނާނޭ ބުރުޒުގައި -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު

ނާނޭ ބުރުޒު ހުރީ މިހާރު ހެންވޭރު މަސްވެރިންގެ ޕާކު ހުރި ހިސާބުގަ އެވެ. 1755 ވަނަ އަހަރު ދޮންބަންޑާރައިންނަށް އެހީތެރިވެދޭން އައި ފަރަންސޭސި ސިފައިންގެ ބެރެކްސް ހުރީ ނާނޭ ބުރުޒުގައި -- ފޮޓޯ: މުހައްމަދު ރައްޔާން / އަދަދު

އާންމުކޮށް ރާއްޖެއިން ފެންނާން ހުރި ތާރީހީ ލިޔުންތަކާ ހިލާފު އެ ފޮތަކީ މާލޭގެ ވަޒަންވެރިންނަށް އަގުނުކުރެވޭ ވަރުގެ ބޮޑު ހަދިޔާއަކަށް ވާނެ އެވެ. ތާރީހަށް ބަލާނަމަ، މިންނުކުރެވޭ ވަރުގެ ބޮޑު މަސައްކަތެކެވެ.

ފޮތުގެ ނިންމުމުގައި އެ މަނިކުފާނު ފާހަގަކުރައްވާފައި ވަނީ ވެސް އެކަމެވެ.

"ވޭތުވެދިޔަ 500 އަހަރުގައި، މާލޭގައި އުޅުނު މީހުންނާއި އެއުރެންގެ ގޯތިގޯއްޗާއި އާއިލާތައް ބަޔާންކުރުމަކީ އެންމެ ފޮތަކުން ވާނެ ކަމެއް ނޫނެވެ؛ އަދި އެންމެ މީހަކުގެ މަސައްކަތުން ހަމައެކަނި ނިންމޭނެ ކަމެއް ވެސް ނޫނެވެ."

ފޮތުގައި ހިމަނުއްވާފައި ހުރި މައުލޫމާތުތައް ހޯއްދެވުމަށް ދިރާސާ ކުރެއްވިއިރު، އެންމެ ހައިރާންކަމެއް ގެނެސްދިން ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވަނީ "ބޮޑުތަކުރުފާނު ވާހަކަ: ބުރާރާ މުޙައްމަދު ފުޅު ކިޔާ ގޮތަށް"، އެ ފޮތާއި، ހަސަން ތާޖުއްދީން ލިޔުއްވާފައިވާ، ތާރީޙް ދީބާ މަޙަލްއާއި ޕިރާޑުގެ ފޮތުގައި ހުރި މައުލޫމާތުތައް ދިރާސާ ކުރި ފަތްކޮޅުތަކުގައި އޮތްގޮތާ ދިމާވެ، ބަދަހިވާކަމެވެ.

ނަޝީދުގެ ހަޔާތްޕުޅުގައި ކުރެއްވި އެންމެ ފުން އެއް ދިރާސާ، ކިއްލާ މާލޭ ނިންމަވައިލައްވަމުން ލިޔުއްވާފައި ވަނީ ފޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ކުރެވުނު މަސައްކަތާ މެދު އުފާކުރައްވާ ކަމަށެވެ.

"އެކަމަކު މި ފޮތަކީ މިފަދަ ތާރީހީ މަސައްކަތުގެ ދަނޑުގައި، ދަނޑުބުޅި އަޅައި، ގޮވާން އިންދަން ތައްޔާރުކުރި ކުރުމެއް ކަމުގައި ވުމަކީ އުފާކުރާ ކަމެކެވެ،"

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox