ކުޅިވަރަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑް 17 ފަރާތަކަށް

Mar 18, 2023, 9:43 AM
ކުޅިވަރަށް ހިދުމަތްކޮށްދިނުމުން ދިން ރިކޮގްނިޝަން އެވޯޑްގެ ތެރެއިން މާޒިޔާގެ ޗެއާމަން ސާޖިދު (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑް ދެނީ.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ

ކުޅިވަރަށް ހިދުމަތްކޮށްދިނުމުން ދިން ރިކޮގްނިޝަން އެވޯޑްގެ ތެރެއިން މާޒިޔާގެ ޗެއާމަން ސާޖިދު (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑް ދެނީ.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ރޭ ކުޅިވަރަށް ހިދުމަތް ކޮށްދިނުމުގެ އަގުވަޒަންކުރުމުގެ އެވޯޑް 17 ފަރާތަކަށް ދީފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން، ރޭ އެވޯޑް ލިބިވަޑައިގެންނެވި ކުޅިވަރުގެ ހިދުމަތްތެރިންގެ ތެރޭގައި ކުޅިވަރު ކުޅުމުގެ ކެރިއަރުގައި ކުރި ހިދުމަތުގެ އަގުވަޒަންކުރުމުގެ އިނާމު ލިބުނު ފަރާތްތަކާއި އިދާރީ ގޮތުންނާއި މާލީ ގޮތުން ކުޅިވަރުގެ ކުރިއެރުމަށް މަސައްކަތް ކުރި ފަރާތްތަކަށް ލިބުނު އެވޯޑް ހިމެނެ އެވެ.

އެ ގޮތުން، އިނާމް ލިބިފައިވަނީ ފުޓްބޯޅަ އާއި ވޮލީގައި ވެސް ފާހަގަކުރެވުނު ކުރީގެ ކުޅުންތެރިޔާ، ސައްޔިދު އަލީ، ބާސްކެޓްބޯޅަ އާއި ޓޭބަލް ޓެނިސް ކުރިން ކުޅުއްވައި، ފަހުން ބާސްކެޓް އެސޯސިއޭޝަނާއި ހޭންޑްބޯލް މޯލްޑިވްސްގައި އިސް މަސައްކަތްތަކެއް ކުރެއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު އިސްމާއިލް، އަންހެން ފުޓްބޯޅަ، ވޮލީ ބޯޅަ، ނެޓްބޯޅަ، ހޭންޑްބޯޅަ އަދި އެތުލެޓިކްސް ޓީމުގައި ހިމެނުނު އިޝްރަތު ހަމީދު، ކުރިން އެކިއެކި ކުޅިވަރުތަކުގެ އެންމެ މަތީ ފަޑީގައި ހުރި އަދި މިހާރު ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު ފުރުއްވަމުން އަންނަ ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ތިން ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވެސް ރައީސް، ކުޅިވަރު ހިދުމަތްތެރިޔާ، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

Advertisement

އަދި ކުރިން މަތީ ލެވަލްގައި ބެޑްމިންޓަން ކުޅުމުގެ އިތުރުން، މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމާއި ބައިނަލްއަގުވާމީ ލެވަލްގައި އިސް ޒިންމާތަކެއް ފުރުއްވަމުން އަންނަ މޫސާ ނާޝިދު، ވޮލީބޯޅަ އާއި ކްރިކެޓް އަދި ޓެނިސް ކުރިން ކުޅުއްވި، މިހާރު ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އާދައިގެ ކްލަބަކުން ރާއްޖޭގެ ޗެމްޕިއަން އަދި ނަމޫނާ ކްލަބެއްގެ ލެވަލަށް ގެންގޮސްދިން، މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު އަދި ވޭތުވެދިޔަ 23 ވަރަކަށް އަހަރު ކުޅިވަރުގެ މެޑިކަލް ބައިގައި މަސައްކަތްކޮށް، ބައިނަލްއަގުވާމީ ދުނިޔޭގެ ވެސް އިހުތިރާމް ހޯދާފައިވާ ޑރ. އަހުމަދު ޝަކީބް އެވެ.

މީގެ އިތުރުން، ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެ، ފަހުން ރެފްރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރުމަށް ފަހު، މި ވަގުތު ޓީމު އޮފިޝަލެއްގެ ގޮތުގައި މެޑިކަލް ކަންކަމުގައި ވެސް މަސައްކަތް ކުރަމުން އަންނަ އަބްދުލް ހަކީމް މޫސާ، އެފްއޭއެމްގައި ކުރިން މަސައްކަތް ކުރެއްވި، މިހާރު ވެސް މަތީ ފަންތީގެ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކުރަމުން އަންނަ އަހުމަދު ޝާހިރު، ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށް މަސައްކަތް ކުރެއްވި، މުހައްމަދު ހަލީމް (ކެސްޓޯ)، ރާއްޖޭގެ ކްރިކެޓް ލެޖެންޑް ފަރުހަތު ޖަލީލް، ކުރިން ޓޭބަލް ޓެނިސް އިން ރާއްޖެ އަށް ރަން ވަނަ ހޯދައިދީ ފަހުން، ކްލަބް ވެލެންސިއާ ހިންގުމުގައި ހަރަކާތްތެރިވާ އަދީލް ޖަލީލް، ކުޅިވަރު ދާއިރާގައި ކުޅުންތެރިއެއްގެ ގޮތުގަޔާއި ހިންގުންތެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޯދާފައިވާ އަހުމަދު މުހައްމަދު (ދޮނާ) އަދި ބެޑްމިންޓަން ކުޅުމުގެ އިތުރުން ބެޑްމިންޓަންގެ ގިނަ ޖީލުތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހުސެއިން ރަޝީދު (ދޮންްބެ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox