މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: އަހަރުގެ އެންމެ މޮޅު އެތުލީޓަކަށް އަޒްނީން އާއި ދީމާ

Mar 17, 2023, 11:09 PM
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގެ ތެރެއިން އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓްރޮފީ ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: އަހުމަދު މިގުދާދު (ދާދު)

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގެ ތެރެއިން އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓްރޮފީ ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: އަހުމަދު މިގުދާދު (ދާދު)

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓްގައި އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ބޮޑީބިލްޑަރު، އަޒްނީން ރަޝާދު ހޯދައިފި އެވެ.

މިއީ ޔޫތު މިނިސްޓްރީން ދިވެހި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުގެ އަގުވަޒަންކުރަން މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ.

ކުޅިވަރު އެކުވެނި ދަނޑުގައި ރޭ ބޭއްވި އިވެންޓްގައި، އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމަށް އަޒްނީންއާ ވާދަކުރީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އާއި ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ދީމާއާ ވާދަކުރީ ޓީޓީ ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމް އާއި ޓެނިސް ކުޅުންތެރިޔާ، އާރާ އާސަލް ނާޒިމް އެވެ. އެންމެ އުންމީދީ އަންހެން އެތުލީޓަކަށް ދީމާ ހޮވުނީ އާރާ އާއި ފެތުންތެރިޔާ، މެރާލް އައިން ލަތީފްއާ ވާދަކޮށެވެ.

Advertisement

އެންމެ އުންމީދީ ޒުވާން ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބޯޑަރު، އާމިން އުމަރު މޫސާ އެވެ. އޭނާއާ ވާދަކުރީ ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން އާއި ޓީޓީ ކުޅުންތެރިޔާ، މުހައްމަދު ތާބިން ސުޖާއު އެވެ.

ވަކިވަކި ކުޅިވަރުތަކުގެ އެވޯޑަށް ބަލާއިރު، އެތުލެޓިކްސްގެ އެވޯޑްތައް ހޯދީ މިދިޔަ އަހަރު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ހަސަން ސާއިދުގެ އިތުރުން އައިމިނަތު ޖާއިޝާ ޖުނީޒް އެވެ. އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ލިބުނީ ނިބާލް އަހުމަދާއި ފާތިމަތު ނަބާހާ އަށެވެ. އެއް ވަނަ ބޮޑީބޯޑަރަކަށް ހޮވުނީ އަޒްނީން އެވެ.

ކެރަމްގެ ޓްރޮފީ އިސްމާއިލް އަޒްމީން ދިފާއުކުރިއިރު، އަންހެން އެންމެ މޮޅު ކެރަމް ކުޅުންތެރިޔަކީ އައިމިނަތު ވިދާދު އެވެ. އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ ޓްރޮފީ މި ފަހަރު ވެސް ގެންދިޔައީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އަދި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މި ފަހަރު ވެސް ހޯދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެންމެ މޮޅު ވޮލީ ކުޅުންތެރިންނަކީ އަލީ ހުޒާމް (ހުޒަންޓެ) އާއި އައިޝަތު މާޖިދާ އެވެ.

އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިންނަކީ މުހައްމަދު ފިރުނާޝް އަބްދުﷲ އާއި ޒުލައިހާ އިބްރާހިމް އެެވެ. އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންނަށް ހޮވުނީ ދެމަފިިރިންނެވެ. އެއީ އަބްދުﷲ އަމްޒަރު މުހައްމަދު އާއި އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އެވެ. އެންމެ މޮޅު ބޮޑީބޯޑަރަކީ މި ފަހަރު ވެސް ކުޑަ އައްޔަ އެވެ. އަހަރުގެ އެންމެ މޮޅު ޗެސް ކުޅުންތެރިންގެ ޓްރޮފީ ގެންދިޔައީ، މުހައްމަދު ޝުއާއު އާއި ނިހާޔާ އަހުމަދު އެވެ. އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިންނަށް ހޮވުނީ މުހައްމަދު ޝަރީފް އާއި އައިމިނަތު ފަތުހީ އެވެ. އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔަކީ މަރިޔަމް ޝިނާއަތު އެވެ.

ސާފިންގެ އެއް ވަނަ ހޯދީ އަހުމަދު އާގިލް (އައްމަޑޭ) އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ. އަހަރުގެ އެންމެ މޮޅު ފެތުންތެރިންނަކީ އާން އާއި އައިޝަތު ސައުސަން އެވެ. ޓީޓީ ކުޅުންތެރިންގެ ޓްރޮފީ ގެންދިޔައީ މޫސާ މުންސިފް އަހުމަދު އާއި ދީމާ އެވެ. ޓެނިސް ކުޅުންތެރިންގެ އެއް ވަނަ ހޯދީ، އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އާއި އާރާ އެވެ.

އެއް ވަނަ ކުޅިވަރު އެސޯސިއޭޝަަނަކަށް ބެޑްމިންޓަން އެސޯސިއޭޝަން ހޮވުނުއިރު، އެއް ވަނަ ސްޕޯޓްސް މެޑިކަކީ ޑރ. އަބްދުﷲ ރާފިއު އެވެ. އެއް ވަނަ ޓެކްނިކަލް އޮފިޝަލުންނަށް އަހުމަދު ނަޝީދު (ތުއްތުކޯ) އާއި އައިޝަތު އަހުމިޔާ ހޮވުނިއިރު، އެއް ވަނަ ކޯޗުގެ ޓްރޮފީ ގެންދިޔައީ ބޮޑީބިލްޑިން ކޯޗު، އަބްދުލް ހަސީބް ހުސެއިން އާއި ނެޓްބޯޅަ ގައުމީ ކޯޗު ނީޝާ ހަލީމް އެވެ.

އެންމެ މޮޅު ކުޅިވަރު ނޫސްވެރިއަކަށް އަދަދު ނޫހުގެ އައްޒާމް އަލިފުޅު ހޮވުނުއިރު، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރަކީ މުހައްމަދު ޝާބިން އެވެ. އެންމެ މޮޅު އޮންލައިން މީޑިއާ އަކަށް އަދަދު ހޮވުނުއިރު، ބްރޯޑްކާސްޓިން ދާއިރާ އިން، އެއް ވަނަ ކުޅިވަރު މީޑިއާ އަކީ ރާއްޖެ ޓީވީ އެވެ.

މި އެވޯޑް ހަފްލާގައިވަނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފަސް ފަރާތަކަށް "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ދީފަ އެވެ. އަދި މީގެ އިތުރުން އަގުވަޒަންކުރުމުގެ ގޮތުން ރިކޮގްނިޝަން އެވޯޑް 16 ފަރާތަކަށް ދިންއިރު، އައިކަން އެވޯޑް ވަނީ އަށް ފަރާތަކަށް ދީފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރަށް ރަން ވަަނަތަަށް ޙޯދައިދިން ފަރާތްތަކުގެ އަގުވަޒަންކޮށް، ފައިސާގެ އިނާމް ދިނުން ވެސް އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox