13 އަހަރުން ދަށުގެ ދެ ތަށި ގިޔާސުއްދީން އަށް، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އޭއައިސް އާއި އިސްކަންދަރަށް

Mar 16, 2023, 5:27 AM
13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ގިޔާސުއްދީން ކުޅުންތެރިން ތަށި ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ގިޔާސުއްދީން ކުޅުންތެރިން ތަށި ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖޫނިއާ ޗެމްޕިއަންޝިޕްގެ ބާސްކެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދިއިރު، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (އައިއެސް) އާއި އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ.

އިއްޔެ ވަނީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ފައިނަލް މެޗުތައް ކުޅެފަ އެވެ.

އެ ގޮތުން، އެންމެ ފުރަތަމަ ކުޅުނު 15 އަހަރުން ދަށުގެ އަންހެން ފައިނަލްގައި އިސްކަންދަރު އަތުން އަހުމަދިއްޔާ ސްކޫލް މޮޅުވީ 46-29 އިންނެެވެ. އެ އުމުރު ފުރާގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އިސްކަންދަރު ސްކޫލުން ވަނީ ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލް އަތުން 46-05 އިން މޮޅުވެފަ އެވެ.

އިސްކަންދަރު ކުޅުންތެރިން 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފަނަރަ އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމުގައި ހިމެނެނީ އަހުމަދިއްޔާގެ ކަލްސަމް ކައިނާ ނިމާލް، މަރިޔަމް ކައިލީން ޝިރުހާން، އައިޝަތު ލަޔާލީ އަލީ، އަސްނާ އަކްތަރު ރަޝާދު، އައިޝަތު ކައިޝާ މުހައްމަދު ހުވައިލިދު އަދި ފާތިމަތު ރުކާން އިބްރާހިމްގެ އިތުރުން އިސްކަންދަރުގެ ސާރާ ޒާޝާ ޒަކަރިއްޔާ އާއި ފާތިމަތު ޝުބާ ސުޖާއު، އިސްކަންދަރުގެ އައިޝަތު އުލްޔާ އަލީ އަދި އަމީނިއްޔާގެ އައިޝަތު އީޝަލް އަލީ އަދި އިމާދުއްދީންގެ އެއިލިއާ އިސްމާއިލް ޝަފީއު އެވެ.

މި އުމުރު ފުރާގެ ފިރިހެން ޑްރީމް ޓީމުގައި ހިމެނެނީ އިސްކަންދަރު ސްކޫލުގެ އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް، ޔޫސުފް އަލާން އަލީ ޝަރީފް، އިބްރާހިމް އަވްޝަމް އަބްދުﷲ، މުހައްމަދު ޒާކިން އިސްމާއިލް، މުހައްމަދު ވިޝާލް އަބްދުލް އަހަދު، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ އިޔާލް ނަޝީދު، އަލީ މާކިން ސާމިއު އަންވަރު، މުހައްމަދު ޔައިޝް އަހުމަދު ފިޔާޒް، މުއާން މުހައްމަދު ރަޝީދު، ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ޒަހުވާން އާއި މުހައްމަދު ލާއިގް އަމާން އަދި އަމީނިއްޔާ ސްކޫލްގެ މޫސާ މިންހާލް ހާޝިމް އެވެ.

އިއްޔެ ފަހުން ކުޅުނު 13 އަހަރުން ދަށުގެ ދެ ފައިނަލް އެވެ. އެ ގޮތުން، 13 އަހަރުން ދަށުގެ އަންހެން ޑިވިޝަން ފައިނަލުގައި އިސްކަންދަރު ސްކޫލް އަތުން ގިޔާސުއްދީން ސްކޫލް މޮޅުވީ 30-17 އިންނެވެ. މި އުމުރުފުރާގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވެސް ކުޅެފައިވަނީ ގިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް އެވެ. އިސްކަންދަރުގެ ޓީމު އަތުން މި އުމުރުފުރާގެ ފިރިހެން ފައިނަލުގައި ގިޔާސުއްދީން މޮޅުވީ 30-20 އިންނެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމުގައި ހިމެނެނީ އިސްކަންދަރުގެ އައިޝަތު ކާރިން ސައިޒާން، އައިމިނަތު މަލްކާ ޒަމީރު، އައިޝަތު މަލީކާ ޒަމީރު, ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ސާޔާ އަހުމަދު މުސައިދު، ޔާސްމީން އަބްދުﷲ ސައީދު، މަރިޔަމް މަލާކް މުހައްމަދު ސިފާން، އިމާދުއްދީން ސްކޫލްގެ އީލާފް އަބްދުލް އަލީފް، އަމަތުﷲ ބިންތު ޔާމީން، ގާޒީ ސްކޫލްގެ އައިޝަތު އައިނީ އަބްދުލް ގަނީ އަދި މަޖީދިއްޔާ ސްކޫލްގެ މަރިޔަމް ޒައިނާ ނައީމް އާއި އައިޝަތު އަރްޝީ އާޒިމް އެވެ.

މި އުމުރުފުރާގެ ފިރިހެން ޑްރީމް ޓީމުގައި ހިމެނެނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އާކިފް މުހައްމަދު ނަޝީދު، މުހައްމަދު ލައެލް އަބްދުﷲ، އަޔާން ނާއިފު ވަހީދު، ޔޫސުފް ކައިލް މުހައްމަދު ސިފާން، އިސްކަންދަރު ސްކޫލްގެ ޒާކިން އަޝްރަފު ރަޝީދު، އިސްމާއިލް އައިދިން އަލީ، މަޖީދިއްޔާ ސްކޫލްގެ މުހައްމަދު ރައުޝަމް ސުއާދު، ޝާދިން އަބްދުލް ރައްޒާގުގެ އިތުރުން ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ އިއާން ޔޫސުފް ޝިހާމް، ހުރަވީ ސްކޫލްގެ މުތީއު ބިން މާނިއު، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ ޔޫސުފް ޔުއާން ރިއްފަތު އަދި ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ވާއި ވިޝާމް އެވެ.

19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދި ވިލާ އިންޓަނޭޝަނަލް ހައި ކުޅުންތެރިންނާ ތަށި ހަވާލުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފައިނަލް މެޗުތަކަށް ފަހު، އިނާމް ދިނުމުގެ ރަސްމިއްޔާތުގައިވަނީ ޖޫނިއާ ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ނިމުނު 19 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަށް ވެސް ޓްރޮފީ ހަވާލުކޮށްފަ އެވެ. އެ ގޮތުން، 19 އަހަރުން ދަށުގެ ދެ ބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހޯދިއިރު، 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލުންނެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމުގައި ހިމެނެނީ އިމާދުއްދީން ސްކޫލްގެ މަރިޔަމް ޒުލާލް ޝިޔާމް، އައިޝަތު އާލާ އާސިދު، ޒާނާ ޒާހިދު، އައިދާ އަހުމަދު މޫސާ، އައިޝަތު އިމްޝާ އިމްރާން، އައިޝާ ޔުމްނު ފާތިހު، އާސިޔާ ރަޖުހާ އަމްޖަދު، އިސްކަންދަރު ސްކޫލްގެ އައިމިނަތު އެޒިއާ ތަހުސީން، މަރިޔަމް ޔާނާ އާމިލް، އައިޝަތު ސާރާ އިސްމާއިލް، ޖަމާލުއްދީން ސްކޫލްގެ އައިޝަތު އުލްޔާ އިޝާގް އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ރުވައިޝަމް ރިޔާޒް އެވެ.

މި އުމުރުފުރާގެ ފިރިހެން ޑްރީމް ޓީމުގައި ހިމެނެނީ ޖަމާލުއްދީން ސްކޫލްގެ އަލްދާން އައިކް ރަމީޒް، މުހައްމަދު ނާފް އިރުޝާމް، އިއުތިމާން އަލީ، ބިލަބޮންގެ ހައި އިންޓަނޭޝަނަލް ސްކޫލްގެ ކައެލް އަބްދުﷲ ނަޝީދު އާއި އަބްދުﷲ އަލާން އިރުފާން، އިމާދުއްދީން ސްކޫލްގެ މުހައްމަދު އައިކް ވަޖީހު، އަހުމަދު ލީމް ހުސެއިން ޝިފާއު، އިސްކަންދަރު ސްކޫލްގެ މުހައްމަދު ޒިމާމް އަބްދުﷲ ރަޝީދު، ސައްޔިދު ސަލާހުއްދީން، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އައިކް އަހުމަދު މައުރޫފް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު ކައިފް ޝިރުހާން އެވެ.

ނަވާރަ އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމުގައި ހިމެނެނީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އައިޝަތު އިނާޝާ، ލީމް އަލީ ޝާހިދު، އައިޝަތު ލުއާ އިބްރާހިމް، މަރިޔަމް ޔަހްމާ ޔާސިރު، އައިޝަތު ޔާނިއާ އިއުތިމާދު، އައިޝަތު އީޝާ ޝަފީއު، ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލްގެ ޒުހާ އަޝްރަފް އަލީ، ޒުކާ އަޝްރަފް އަލީ، އައިމިނަތު ޒާޔާ ނީރައިން، ތަޝާއު މުހައްމަދު އިގުބާލް، އަނާ އާމިނަތު ޝިމާދު އަދި ސީއެޗްއެސްސީގެ އައިމިނަތު އަޒްހާ އަދުހަމް އެވެ.

މި ބައިގެ ފިރިހެން ޑްރީމް ޓީމުގައި ހިމެެނެނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އަހުމަދު ލައިލް ޝިފާން، ޒައިދާން އާތިފް ޝުކޫރު، މުހައްމަދު އިޝާގު އަހުމަދު، އިބްރާހިމް ނައުހާން ނާއިޒް، މުހައްމަދު ކައިސާން ނިޔާޒް، އިބްޒާ އިބްރާހިމް ސުޖާއު، މުހައްމަދު ފަރުހާން ފައިސަލް، ރީމާޒް އަލީ، ސީއެޗްއެސްއީގެ ޔޫސުފް ޒަކްވާން އަހުމަދު، އަލީ ޖާސިމް އަބްދުﷲ ހަނީފް، މުހައްމަދު އާހިލް ޖަލީލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު ޝަހީދު ޝިޔާމް އެވެ.

މި ފަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕަކީ ޔޫތު ކުޅުންތެރިންނަށް އަމާޒުކޮށް ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މި ފަހުން ބޭއްވި އެންމެ ރަނގަޅު އެއް މުބާރާތެވެ، މީގެ ތެރެއިން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ފާހަގަވެގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox