ނަހުލާ ކިޔުއްވި ސަނާއިން އެއް ކޮޅެއްގައި ވެސް ލައްވައިނުލާ ޖޭޕީގެ ވަޒީރުންނަށް ހަމްދަރުދީ

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް އިފުތިތާހުކުރި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި މިނިސްޓަރު ނަހުލާ. -ފޮޓޯ: ރައީސް އޮފީސް

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް އިފުތިތާހުކުރި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި މިނިސްޓަރު ނަހުލާ. -ފޮޓޯ: ރައީސް އޮފީސް

"އެހެންކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ،"

މިއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދިފާއު އެވެ. ސަރުކާރުގައި ތިބި އެ ޕާޓީގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ ކަމުގެ އަޑުތަކަށް އޭނާ ދެއްވި ރައްދެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވަނިކޮށް، ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.

Advertisement

އެއާއެކު، ސަރުކާރު ހިންގާ ކޯލިޝަނުން މިހާރުން މިހާރަށް ޖޭޕީ ބޭރުކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ތެރެއިން ވަނީ ގޮވާލަން ފަށައިފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގާސިމް ވިދާޅުވީ މުޅިން ގޯސް ވާހަކައެއް ނޫނެވެ.

ތަޅުމުގައި އިއްޔެ ކުރިއަށްދިޔަ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވީ މިހާރު އޮތް ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެ އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއް ކަމަށާއި، އެ ތާރީހާ ހަމައަށް ސަރުކާރުގެ މަގާމުތަކުގައި ޖޭޕީ މެމްބަރުން ތިބުމަކީ "ލަދުވެތި" ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި ގާސިމް ވިދާޅުވި އެވެ.

އެހެންކަމުން ގާސިމް ވިދާޅުވީ، މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ދިނުމަށް ނުދަންނަވާނެ ކަމަށެވެ.

ގާސިމްގެ އެ ރައްދުގައި އޮއްޓަރުހުރި ކަމަށް ގަބޫލުކުރެވުނަސް، ސިޔާސީ ނަޒަރިއްޔާއިން ބަލާއިރު، އެކަން ދެކޮޅު ޖެއްސޭނެ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ.

އެކަން ރޭ ގދ. ފަރެސްމާތޮޑާއިން ވަރަށް ސާފުކޮށް ފެނިގެންދިޔަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައީސް ސޯލިހަށް ތައުރީފު ބަންޑުން ކޮށްލެއްވީ މިނެއް ނެތި އެވެ.

"ދަތުރުފަތުރުގެ ނިޒާމަށް ވަނީ އިންގިލާބީ ބޮޑު ބަދަލެއް އައިސްފަ. އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއި އެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިވަނީ ގާއިމް ކުރެވިފަ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ،" ނަހުލާ ވިދާޅުވި އެވެ.

"ޒުވާނުން ބާރުވެރި ކުރެވިއްޖެ. ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ. އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކަމާއެކު ކުރިޔަށްގޮސް ތަރައްގީގައި އުތުރާއި ދެކުނުގެ ރައްޔިތުންނަށް އެއްހަމައެއްގައި މަންފާ އާއި ނަފާ ލިބޭނެގޮތަށް އަތޮޅުތައް ބައްޓަން ކުރެވިއްޖެ.

ހަމައެކަނި ފަރެސްމާތޮޑާ އެއާޕޯޓަށް ލިމިޓު ނުކުރައްވައި، އެކި ދާއިރާތަކުން ރައީސް ސޯލިހަށް ތައުރީފުތައް ނަހުލާ އަމުނާލެއްވި އެވެ.

އޭގައި ނަހުލާ ގޯހެއް ހެއްދެވިޔޭ ބުނަނީކީ ނޫނެވެ. ސަރުކާރުގެ ވަޒީރަކު، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފު ކުރައްވަން ޖެހޭނެތީ އެވެ. ސަރުކާރުގެ ކާމިޔާބީތައް ރައްޔިތުންނަށް ވިއްކުމުގެ އިސް ސަފުގައި ހުންނެވީމަ އެވެ.

އެކަމަކު ނަހުލާއަކީ ގާސިމްގެ އަނބިކަނބަލުންނެވެ. ޖޭޕީގެ ކެނޑިޑޭޓެއް އަދި ނެތޭ އެ ޕާޓީން ބުންޏަސް، މުސްތަގުބަލުގައި ފަސްޓު ލޭޑީއަށް ވެސް ވެދާނެ ބޭފުޅެކެވެ. އަދި ރައީސް ސޯލިހާ ކޯލިޝަނު ނުހަދައި، ޖުމްހޫރީ ޕާޓީ ވަކިން ވާދަކުރުމަށް މައްޗަށް ހިއްލައިލި އެއް އަތް ވެސް މެ އެވެ.

ޖޭޕީ އެ ނިންމުމާއެކު ސަރުކާރުން މި ވަގުތަށް ނަމަވެސް ބުނި ވާހަކަ ފަހުމުވާން ފަށަނީ އެ ހިސާބުންނެވެ.

"ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ،" ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ވާހަކަ އެވެ.

ރައީސް ސޯލިހުގެ މި ދައުރު ނިމެންދެން ނަހުލާ ފަދަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ކަންތައް ކުރަންވީ ގޮތެއް ހުދު އެ ބޭފުޅުންނަށް ވެސް ވަނީ އޮޅިފަ އެވެ.

ސެޕްޓެމްބަރު 9 ގެ ކުރިން ރިޔާސީ ކެމްޕޭނު ފެށޭނެއިރު، އެ ބޭފުޅުން ރައްޔިތުންނަށް ވިއްކަންވީ ކޮން ކެނޑިޑޭޓެއް ކަމާމެދު އެވެ. ރޭ ފަރެސްމާތޮޑާގައި ނަހުލާއަށް ދިމާވި އުނދަގޫ ހާލަތު ކުރިއަށް މިއޮތް ދުވަސްތަކުގައި ތަކުރާރުވާނެކަން އެނގޭތީ އެވެ.

މި ސަރުކާރުގައި ތިބޭނަމަ، ރައީސް ސޯލިހަށް ތައުރީފު ކުރަންވީތޯ ނޫނީ ޖޭޕީ އާއި ގާސިމަށް ކެމްޕޭނު ކޮށްދޭންވީތޯ އޮތް ސުވާލެވެ.

އެކަމަކު އެކަމުގައި އެއް ކަމެއް ރޭ ސާފު ވެއްޖެ އެވެ. އެ ބޭފުޅުންނަށް އެއްކޮޅެއްގައި ވެސް ލައްވާނުލައި ތިބެ ދެ ކަމެއް ނުކުރެވޭނެ ކަމެވެ. ރައީސް ސޯލިހުގެ ކާމިޔާބީތައް ފާހަގަކޮށް، ތައުރީފު އޮއްސަމުން ވޯޓު ދޭންވީ ގާސިމަށޭ ރައްޔިތުން ގާތު ބުނާނެ ގޮތެއް ނުވިސްނޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox