އެވޯޑެއް މުހިންމު، ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ކުރިއެރުންހޯދޭނެ: ކަނަވާރޯ

Mar 15, 2023, 5:40 AM
ކަނަވާރޯ ރާއްޖެ އަށް އައުމަށް ފަހު އެއާޕޯޓް ވީއައިޕީ ލައުންޖް ތެރޭގައި.--- ފޮޓޯ: ޔޫތު މިނިސްޓްރީ

ކަނަވާރޯ ރާއްޖެ އަށް އައުމަށް ފަހު އެއާޕޯޓް ވީއައިޕީ ލައުންޖް ތެރޭގައި.--- ފޮޓޯ: ޔޫތު މިނިސްޓްރީ

ކުޅިވަރު ތަރިންގެ އަގުވަޒަންކުރުމަށް އެވޯޑެއް ދިނުން މުހިންމު ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް މަަސައްކަތް ކުރާނަމަ ކުރިއެރުން ހޯދޭނެ ކަމަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މެހެމާނެއްގެ ގޮތުގައި ރާއްޖެ އައި އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން، ކަނަވާރޯ، 49، އަށް މިދިޔަ އަހަރު ވެސް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމުގެ ދައުވަތު ލިބުނެވެ. އެކަމަކު، އޭރު ކަންތައްތައް ހުރި ގޮތުން ބައިވެރިނުވެވުނު ނަމަވެސް، މި ފަހަރުގެ އެވޯޑް ހަފްލާގެ ދައުވަތު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތުން ލިބުމާ އެކު، އެ ގަބޫލުކުރަން ނިންމީ ކަމަށް ކަނަވާރޯ ވަނީ ބުނެފަ އެވެ.

ކަނަވާރޯ، އިއްޔެ ވަނީ ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް އާއިލާއާ އެކު ރާއްޖެ އަތުވެފަ އެެެވެ.

Advertisement

"މިއީ އަހަރެން ރާއްޖެ އައި ފުރަތަމަ ފަހަރު، މި ކަހަލަ ދައުވަތެއްގައި ފުރަތަމަ އާދެވުނީތީވެސް ހިތްހަމަޖެހޭ. (މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް) އަކީ ވަރަށް މުހިންމު އިވެންޓެއް، މި ފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ފުރުސަތު ލިބުމުން މިހުރީ ކެތްމަދުވެފައި،" 2006 ވަނަ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ފްރާންސް ފުޓްބޯލް އިން ދިން ބެލޮންޑިއޯ އެވޯޑް ހޯދި، ކަނަވާރޯ، ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ފްރެންޗެސްކޯ މޮރިއޭރޯ އަކީ ގާތް އެކުވެރިއެއް ކަމަށާއި އޭޝިއާ ފުޓްބޯޅައިގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ކަނަވާރޯ ވަނީ ބުނެފަ އެވެ.

"އަހަންނަށް އޭޝިއާ ފުޓްބޯޅަ އެނގޭ. އަހަރެން ޗައިނާގައި އުޅުނިން (ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި). އޭޝިއާ ފުޓްބޯޅައިގައި ވެސް ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ކުރިއެރުން ހޯދަން ވަރަށް އަވަހަށް އެކަން ހާސިލްކުރަން މި ކުރަނީ މަސައްކަތް، ރާއްޖެ އަށް ވެސް އޮތީ ކުރިއަރަން ބޭނުންނަމަ މަސައްކަތް ކުރުން، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ދަމުން ވެސް އެއްޗެއް ހާސިލްކުރެވިދާނެ،" ޗައިނާ ސުޕަ ލީގުގައި ކުޅުމުގެ އިތުރުން ޗައިނާ ގައުމީ ޓީމުގެ ކޯޗަކަށް ވެސް ހުރި ކަނަވާރޯ ބުންޏެވެ.

"އެންމެން ވެސް މި މަސައްކަތް ކުރަނީ ޔޫރަޕްގެ ފުޓްބޯޅަ ބަލައިގެން ކުރިއެރުން ހޯދަން،"

ކަނަވާރޯގެ އިތުރުން ސްޕޯޓްސް އެވޯޑްސް އަށް އަންނަ މެހެމާނުންނަށް ބަލާއިރު، އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ، ޕަނީއަލް ބްލޫމް، ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ ޖެވެލިން އުކުންތެރިޔާ، ޕާކިސްތާންގެ އަރުޝަދު ނަދީމް އަދި ނައިޖީރިއާގެ ސްޕޯޓްސް މިނިސްޓަރު ސަންޑޭ އަކިންޑާރޭ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭގެ އިތުރުން އެވޯޑަށް ދެން އަންނަ މެހެމާނުންނަށް ބަލާއިރު، ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް، މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން ހިމެނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އޮންނާނީ މާދަމާރޭ 20:30 ގައި ކުޅިވަރު އެކުވެނި ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox