"ޖޭޕީ-ފިކުރެއްގެ ދިރުން"؛ މަޖިލީހުގެ ތެރެއިން ރައީސް ސޯލިހަށް އިތުރު ބޮލުރިހުމެއް؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ދެ ބޭފުޅުންގެ ޖޮއިންޓް ޕީޖީ އެއް އެކުލަވާލަން ވަނީ މަޝްވަރާ ކުރަން ނިންމާފައި-- ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ދެ ބޭފުޅުންގެ ޖޮއިންޓް ޕީޖީ އެއް އެކުލަވާލަން ވަނީ މަޝްވަރާ ކުރަން ނިންމާފައި-- ފޮޓޯ: މަޖިލިސް

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ނުހަދައި، ވަކިން ވާދަ ކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ނިންމި ނިންމުމާ ވިދިގެން އައި ލޮޅުންގަނޑު ވަނީ އެމްޑީޕީގެ އެތެރެ ރަނގަޅަށް ގުޑުވާލައިފަ އެވެ.

އެ ނިންމުމުގެ ހޫނުކަން ރަނގަޅަށް ނުކެނޑި އުޅެނިކޮށް، މި ދައުރު ހަމަޖެހިލައިގެން ނިންމައިލުމަށް ވެސް ރައީސް ސޯލިހަށް ބޮޑު ބޮލުރިހުމަކަށް ވެދާނެ ކަމުގެ މަލަމަތި ވަނީ ފެންނަން ފަށައިފަ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއި ޖޭޕީއާ އެކު މަޖިލީހުގެ ތެރެއިން ޖޮއިންޓު ޕާލިމަންޓަރީ ގުރޫޕެއް ހެދުމަށް ހުށަހަޅައި މަޝްވަރާތައް ފަށަން ތައްޔާރުވެފަ އެވެ.

ގާސިމްގެ ޖޭޕީ ސެޕްޓެމްބަރު 9 ގައި އިންތިހާބަށް ނުކުންނާނީ އެމްޑީޕީން ޒާތަކަށް ވަކިވެގަނެގެން އުޅޭ ނަޝީދުގެ ފެކްޝަންގެ ތާއީދާ އެކު ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، އިންތިހާބުގެ ކުރިން ޖޮއިންޓު ޕީޖީ ގުރޫޕެއް ހަދައިގެން މަޖިލީހުގެ ތެރެއިން ދެ ބައި މީހުން އެކުގައި މަސައްކަތް ކުރަން ނިންމުމަކީ ވަރަށް ގާތް ކަމެކެވެ.

އެ ގޮތަށް އެކަން ނިންމައިފިނަމަ، މަޖިލީހުގެ ތެރެއިން ރައީސް ސޯލިހުގެ ފަޅިއަށް ކުރިމަތިވާނެ ގޮންޖެހުންތައް ވަޒަންކޮށްލަން މެމްބަރުންގެ ނަންބަރުތަކަށް ބަލައިލަން މުހިންމުވެ އެވެ.

އެމްޑީޕީގެ ދެ ފެކްޝަން

ނަވާރަވަނަ މަޖިލިސް ފެށީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮވެގެނެވެ. އޭރު މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުން ނިސްބަތްވީ އެމްޑީޕީއަށެވެ.

އެކަމަކު ދެ ރައީސުންގެ ކޯޅުމާ އެކު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ މެމްބަރުންގެ މިހާރު ވަނީ އިދިކޮޅުގެ ސިފަ ޖެހިފަ އެވެ.

ކޮންމެ ދުވަހަކު ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ބުނެ މަޖިލީހަށް އެކި ގަރާރުތައް ހުށަހަޅަމުން ގެންދާއިރު، އެ ގަރާރުތައް ބޭރުކުރަން ވޯޓު ދިނުމަށް ސަރުކާރު ފަޅީގެ މެމްބަރުންގެ މަސައްކަތް މިހާރު ވަނީ ތިރިވެފަ އެވެ.

ޖޭޕީއާ އެކު ޖޮއިންޓު ޕީޖީ ގުރޫޕެއް ހެދުމަށް ހުށަހެޅުމުގެ ކުރިން، "ފިކުރެއްގެ ދިރުން" އިން ރޭ ވަނީ އެ ފެކްޝަންގެ އަމިއްލަ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ މޭޒު ކައިރީގައި ނަޝީދަށް ތާއީދު ކުރައްވައިގެން ޖުމްލަ 10 މެމްބަރުން ތިއްބެވި އެވެ. އެއީ, ނަޝީދާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ނުހިމަނަ އެވެ.

އެހެންކަމުން، ނަޝީދު ލައިގެން އެ ފެކްޝަނުގައި މި ވަގުތަށް ނަމަވެސް، 12 މެމްބަރުން ތިބި ކަމަށް ބުނެވޭނެ އެވެ.

އެއާ އެކު މަޖިލީހުގައި މިވަގުތު ޖޭޕީ ތަމްސީލު ކުރާ ތިން މެމްބަރުން "ފިކުރެއްގެ ދިރުން" އާ ގުޅިއްޖެނަމަ، އެ އަދަދު 15 އަށް އަރާނެ އެވެ.

އިދިކޮޅު ކޯލިޝަން

"ފިކުރެއްގެ ދިރުން" އާއި ޖޭޕީގެ ޖޮއިންޓު ޕާލިމަންޓަރީ ގުރޫޕުން ސަރުކާރާ ދެކޮޅަށް ކުރާ ގިނަ ކަންކަމާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައިއަތު ހިފާނެ ކަމަށް ޔަގީނާ ގާތަށް ބުނަން އެނގެ އެވެ. އިދިކޮޅުގެ އަދަދުތަކަށް ބަލާއިރު، ޕީޕީއެމްގެ ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނާ އެކު، ޖުމްލަ ނުވަ މެމްބަރުން އެ ކޯލިޝަނުގައި އެބަތިއްބެވެ.

މި ނަންބަރުތައް އެއްކޮށްލަން ފެށުމުން، މަޖިލީހުގެ ތެރެއިން ރައީސް ސޯލިހަށް ކުރިމަތިވާނެ އުނދަގޫތައް އިތުރުވާން ފަށަ އެވެ.

ސަރުކާރަށް ސީދާ ތާއީދުނުކޮށް މަޖިލީހުގައި ދެން ތިބީ މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތިން މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ހަތަރު މެމްބަރުންނެވެ.

މީގެ ތެރެއިން، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ އެމްއެންޕީ ވެސް ސަރުކާރާ ދެކޮޅަށް ގިނަ ކަންކަމުގައި ތެދުވުމަކީ ދުރު ކަމެއް ނޫނެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ދިފާއުގައި އެންމެ ގިނައިން ވާހަކަ ދައްކަވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

މެޖޯރިޓީ ނުގެއްލޭނެ އެކަމަކު ގޮންޖެހުން ބޮޑު

މި އީކުއޭޝަނުން މެމްބަރުން ކަނޑައި ގެއްލާ ނިމޭއިރު، ސަރުކާރު ފަޅީގައި ބާކީ ތިބޭނީ ކިތައް މެމްބަރުން ކަން ސާފުވާން ފަށަ އެވެ.

ސަރުކާރަށް ތާއީދުކޮށްގެން ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގައި ތިއްބެވި ދެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުންގެ ތެރެއިން "ފިކުރެއްގެ ދިރުން" ފެކްޝަން އުނިކުރުމުން، ރައީސް ސޯލިހަށް މިވަގުތަށް ބަރޯސާވެވޭނެ ކަމަށް ބެލެވެނީ 56 މެމްބަރުންނަށެވެ. އޭގެ ތެރޭގައި ޖާބިރު ހިމަނައިފިނަމަ، އެ އަދަދަކީ 57 ކަމަށް ބުނެވިދާނެ އެވެ.

ސަރުކާރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ކުރަން 30 މެމްބަރުން ތިބޭނެ ކަމަށް ބެލި ނަމަވެސް، ރައީސް ސޯލިހުގެ އެމްޑީޕީއަށް މެޖޯރިޓީ އަދި ގެއްލިގެން ނުދާ ކަން ސާފެވެ.

އެކަމަކު ސެޕްޓެމްބަރު 9 ވަނަ ދުވަހާ ހަމައަށް، މަޖިލީހުގެ ތެރެއިން ރައީސް ސޯލިހަށާއި ސަރުކާރަށް "ޖެއްސުންކުރުން" އެތައް ގުނައެއް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސަރުކާރާ ދެކޮޅަށް ފުލުފުލުގައި ހުށަހަޅާނެ ކަމަށް ބެލެވޭ ގަރާރުތަކާއި ކުއްލި މައްސަލަތައް ބޭރުކުރުވައި، ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަން 57 މެމްބަރުންގެ ބޮޑު މެޖޯރިޓީއެއް ކޮންމެ ދުވަހަކު ވެސް މަޖިލީހަށް ހާޒިރުކުރުވަން މަޖުބޫރުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox